އަދުގެ ޚާއްސަ

ދިރާސާ

Print

ކުޑަކުދީންނާއި ޒުވާނުންގެ ތަރްބިޔަތާއި ނަބަވީ ސީރަތު (1)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ފާރޫޤު ޙަސަން

ކުޑަކުދީންނަކީ މާތް اللّه ގެ ދީލަތިވަންތަކަމުގެ ވަރަށް ފުރިހަމަ ހެއްކެކެވެ. ދަލީލެކެވެ. އަޖާބުވާފަދަ ފުރިހަމަ ތަޞްވީރެކެވެ. އެކަލާނގެ އުފެއްދެވުމުގެ ކުޅަދުންވަންތަކަމުގެ ޙައިރާންވެ އަންތަރީސްވާފަދަ ރީތި ނަމޫނާއެކެވެ. އެކުދީންގެ ލޯބިލޯބި މަޢުޞޫމް ސޫރަ، މީހުންގެ ހިތްތައް ދަމައިގަންނަނީ އިޚްތިޔާރުން ބޭރުގައެވެ. އެކުދީންގެ ލޯބިލޯބި އަދާތަކާއި ހިތްގައިމު ހިނިތުންވުމާއި، ތުއްތުތުއްތު ބަހުރުވައާއި، މަޖާކަމާއި، ލާނެތްކަމާއި މިއިން ކޮންމެ ކަމަކާމެދު ވިސްނައިލިޔަސް މިއިންކޮންމެ ކަމަކީވެސް ހިތުންފިލުވައިލުންދަތި ހިތްގައިމު ސުބަ ކަންތައްތަކެކެވެ.
Print

މި ޒަމާނުގެ ޢަސްކަރީ އަޚްލާޤިއްޔާތާއި ނަބަވީ ސީރަތު (4)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ދިރާސާ

21 އޯގަސްޓު (އާދީއްތަ) އާ ގުޅޭ..

ޢަބްދުﷲ ފާރޫޤު ޙަސަން

އިސްލާމީ ތާރީޚުގައި އެންމެ ފުރަތަމަ ޖަލު އުފެދިފައިވަނީ ފާރޫޤީ ދައުރުގައެވެ. أميرالمؤمنين عمر بن الخطّاب رضى اللّه عنه މައްކާގައިހުރި صفوان بن أميّة ގެ ގެއެއް ބައްލަވައިގެންފައި އެ ގެ ޖަލަކަށް ހެއްދެވިއެވެ. އެއަށްފަހު މަދީނާއާއި ބަސަރާއާއި ކޫފާއާއި ދިމިޝްޤާއި، އެނޫންވެސް ތަންތާނގައި ޖަލު ބިނާކުރެއްވިއެވެ. ކުށްވެރީންނާއި ކުށުގެ ތުހުމަތުގައިވާ މީހުނާމެދު ތަފާތުކުރުމެއްނެތި އެއްގޮތަކަށް މުޢާމަލާކުރުން އިސްލާމްދީނުގައި ވަނީ މަނާކުރެވިފައެވެ.
Print

މި ޒަމާނުގެ ޢަސްކަރީ އަޚްލާޤިއްޔާތާއި ނަބަވީ ސީރަތު (3)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ

19 އޯގަސްޓު (ހުކުރު) އާ ގުޅޭ..

ޢަބްދުﷲ ފާރޫޤު ޙަސަން

މައްކާ ފަތަޙަކުރެއްވި ދުވަހު ޤުރައިޝުންނަށް ޙަރަމުފުޅުގެ ތެރެއަށް އެއްވާން އެންގެވިއެވެ. އެމީހުންނަކީ އިތުރު ސާހިބާއަށާއި މުސްލިމުންނަށް އެއްވެސް ހިތެއް ފިތެއްނެތި އަނިޔާކުރި މީހުންނެވެ. އިތުރު ސާހިބާގެ މާތް މޫނުފުޅުން ލޭއޮހޮރުވައިލި މީހުންނެވެ. އިތުރު ސާހިބާއާއި ޞަޙާބީން މައްކާއިން ބޭރުވެވަޑައިގަތުމަށް މަޖްބޫރުކުރި މީހުންނެވެ. ޤުރައިޝުން ޖަމާވުމުން ސުވާލު ކުރެއްވިއެވެ.
Print

މި ޒަމާނުގެ ޢަސްކަރީ އަޚްލާޤިއްޔާތާއި ނަބަވީ ސީރަތު (2)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ

16 އޯގަސްޓު (އަންގާރަ) އާ ގުޅޭ..

ޢަބްދުﷲ ފާރޫޤު ޙަސަން

އިތުރު ސާހިބާ صلّى اللّه عليه وسلّم އުޙުދު ހަނގުރާމައިގައި އެކަލޭގެފާނުގެ ކަނޑިކޮޅު މުސްލިމުންގެ އަބްޠާލުންނަށް ދައްކަވައިލައްވައިފައި ޙަދީޘުކުރެއްވިއެވެ. މި ކަނޑީގެ ޙައްޤު އަދާކުރުމުގެ މައްޗަށް މި ކަނޑި ލިބިގަންނާނީ ކާކުހެއްޔެވެ؟ މުސްލިމުންގެ އެތައް ބަޠަލުންނެއް އެކަމަށް ކުރިމަތިލެއްވިއެވެ. ނަމަވެސް، ކައުސާހިބާ صلّى اللّه عليه وسلّم އެ ކަނޑިކޮޅު ދެއްވީ  أبود جانه رضى اللّه عنه އަށެވެ. أبود جانه އެ ކަނޑިކޮޅުން
Print

މި ޒަމާނުގެ ޢަސްކަރީ އަޚްލާޤިއްޔާތާއި ނަބަވީ ސީރަތު (1)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


 ޢަބްދުﷲ ފާރޫޤު ޙަސަން

އިންސާނީ އަޚްލާޤިއްޔާތު ރީތި ނަމޫނާއަކަށް ފެއްތުމަށްޓަކައި ބޭނުންވާ އެއްކަމަކީ، މަޢާފުކުރުމާއި، ހިތްހެޔޮކުރުމާއި، ރުޅިމަތަކުރުން ފަދަ ސިފަތަކަށް އެ މައިދާންތަކަކަށް ވާޞިލުވުން އުނދަގޫ މައިދާންތައްވެސް އިޞްލާޙު ކުރުމެވެ. މިފަދަ މައިދާންތަކުގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ އެއް މައިދާނަކީ، ހަނގުރާމައިގެ މައިދާނެވެ. ހަނގުރާމައިގެ އަސީރުންނާމެދު ކުރެވޭ މުޢާމަލާތަކުގެ ދާއިރާއެވެ.
Print

ނުކުޅެދޭ މީހުންގެ މަސްއަލައާއި ނަބަވީ ސީރަތު (2)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ

9 އޯގަސްޓު (އަންގާރަ) އާ ގުޅޭ..

ނުކުޅެދޭ މީހުނަށް ޒިޔާރަތް ކުރެއްވުން


ޢަބްދުﷲ ފާރޫޤު ޙަސަން

މާތް ﷲ ރުއްސުން ލެއްވި ޖާބިރުގެފާނު ރިވާކުރައްވައިފައިވެއެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއްދުވަހަކު ބަނީވާޤިފުގެ މީހަކަށް ޒިޔާރަތްކުރައްވަން އެކަލޭގެފާނުގެ އަރިހުގައިދިޔުމަށް އަހަރެންގެގާތުގައި ޙަދީޘުކުރެއްވިއެވެ. އެމީހަކީ ލޯފަންމީހެކެވެ.
Print

ނުކުޅެދޭ މީހުންގެ މަސްއަލައާއި ނަބަވީ ސީރަތު (1)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ފާރޫޤު ޙަސަން

ގުނަވަންތަމީހެއްގެގޮތުގައި ދުޅަހެޔޮކަންމަތީގައި ދުނިޔެއަށް ފޮނުއްވުމަކީ އަރަހުށި މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނަކަށްދެއްވާ ވަރަށްބޮޑު ނިޢުމަތެކެވެ. ލޮލާއި، ކަންފަތާއި، ހިތާއި، ސިކުނޑިއާއި، އަތާއި، ފަޔާއި މިއިން ކޮންމެ ގުނަވަނީވެސް އަގުހިމަނައިނުގަނެވޭފަދަބޮޑު ދަރުމައެކެވެ. އިންސާނުންގެ ތެރޭގައި މިދެންނެވި ނިޢުމަތްތަކުގެ ތެރެއިން ކޮންމެވެސް ނިޢުމަތަކުން މަޙްރޫމު ވެފައިވާ މީހުންވެސް އުޅެއެވެ.
Print

ބޭކާރު ޚަރަދުކުރުމާއި ނަބަވީ އިރްޝާދު

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ

މިޒަމާނުގެ މަސްއަލަތަކުގެ ތެރެއިން:

ބޭކާރު ޚަރަދުކުރުމާއި ނަބަވީ އިރްޝާދު

ޢަބްދުﷲ ފާރޫޤު ޙަސަން

މާއްދީ އަގުތަކަށް މާބޮޑަށް ހިތްކިޔުމާއި، މިނަށްވުރެބޮޑަށް މާއްދީ ތަކެއްޗާ ދޯޅުވެވޭގޮތްވުމަކީ ތާރީޚުގެ ކުރީގެ ދައުރުތަކުގައި ވެސް އިންސާނީ މުޖުތަމަޢުތަކުގައި ކޮންމެވެސް މިންވަރަކަށް އޮންނަ ކަމެކެވެ. ނަމަވެސް މިއީ މިހާރަކަށް އައިސް ޙައްދުފަހަނައަޅައިފައި ވާ މަސްއަލަތަކުގެ ތެރޭގައި ހިމެނޭ އެއް މައްސަލައެވެ. މޮޅު ކާރާއި، ރީތި ތައްޔާރީ ހެދުމާއި، އަގުބޮޑު ގަހަނާއާއި، ބޮޑެތި ގޭގެއާއި، މިފަދަ މާއްދީ ވަސީލަތްތައް ލިބިގަތުމަށް
Print

އިސްލާމީ ތަހުޒީބުގެ ނާރެހަކީ މުޙަންމަދީ ރިސާލާތެވެ. (4)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ

ނަޞްރާއި ކާމިޔާބީގެ މަގު

ޢަބްދުﷲ ފާރޫޤު ޙަސަން

އާދޭހެވެ! މިޒަމާނުގެ ތަހްޒީބުގެ ހަނގުރާމައިގައި މުޙައްމަދީ ރިސާލަތަށް ލިބިފައިވާ ހަޤީޤީ ޙައިޘިއްޔަތު އިސްލާމްދީނަށް ލޯބިކުރާ އެންމެންނަށް ފުރިހަމަޔަށް ވަޒަންކުރެވެން ޖެހޭނެއެވެ. އިސްލާމްދީނަށް ނަޞްރާއި ކާމިޔާބީ ލިބުން އެދޭ އެންމެންނަށް އިޙުސާސްވާން ޖެހޭނެއެވެ. ދީނަށް ނަޞްރުހޯދަން މަސައްކަތްކުރާ އެންމެން އެކަމަށް ހޭލުންތެރިވާން ޖެހޭނެއެވެ. މިދެންނެވި ދަނެގަތުމާ އެއްގޮތަށް ތިމާމެންގެ ޙިކުމަތުޢަމަލީއަށާއި

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ