އަދުގެ ޚާއްސަ

ދިރާސާ

Print

އެތެރެ ހާވިޔާވުން

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ދިރާސާ


ލިޔުއްވީ: د. عبد الكريم بكار
ތަރުޖަމާ: ޝިފްޒާން އަޙްމަދު

މާތްﷲ ދުނިޔެ އުފައްދަވައި އެދުނިޔެއަކީ ޚިޔާރުކުރުމާއި، އިމްތިޙާނުކުރެވުމުގެ މައިދާން ކަމުގައި ކަނޑައެޅުއްވިއެވެ. އަދި އެދުނިޔޭގައި އިމްތިޙާނަކަށް ބޭނުންވާނެ ހުރިހާ ސިފަތަކެއް ފުރިހަމައަށް ލެއްވިއެވެ. މިސަބަބަށްޓަކައި އަޅުގަނޑުމެންނަށް އަބަދުމެ، ދަތިތަކާއި ބުރަތަކުގެ ތެރޭގައި އުޅެންޖެހެއެވެ. ފެށުމުގެ ގޮތުން އަޅުގަނޑުމެންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ދަތިތައް މައިގަނޑު ދެބަޔަކަށް ބަހައިލެވިދާނެއެވެ.
Print

"ތަރައްޤީ" ގެ މަފްހޫމް

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ދިރާސާ


އިސްލާމީ ތަރައްޤީ އާއި ހުޅަނގުގެ ތަރައްޤީ އަޅައި ބަލައިލުމެއް


އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު

މީގެ އެތައްޒަމާނެއް ކުރިއްސުރެ މިއަދާހަމައަށްވެސް އެއްބަޔަކު އަނެއްބަޔަކާ ނުވަތަ އެއްޤައުމެއް އަނެއްޤައުމަކާ އެކަމަކާމެދު ވާދަކުރާ އެއްކަމަކީ ތަރައްޤީ އާއި ކުރިއެރުން ހޯދުމެވެ. ކޮންމެ ބަޔަކުވެސް ބޭނުންވަނީ ތިމާމެންނަކީ ތަރައްޤީގެ މައިދާނުގައި އެންމެ ކުރީގައި ތިބި މީހުންކަމުގައި ވުމަށެވެ. އަދި މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި ދޭދޭ މީހުންގެ މެދުގައި ގުޅުންތައް ޤާއިމު ކުރެވެމުންދާއިރު،
Print

މޫސާގެފާނުގެ އަސާކޮޅު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ދިރާސާ


އަޙްމަދު ޢަބްދުﷲ ސަޢީދު

"އަހަރެންގެ އަތުގައި މޫސާގެފާނުގެ އަސާކޮޅެއް ނޯވެއެވެ." މިއީ، އެ މީހަކަށް ނުކުޅަދާނަ ކަމެއް ކުރުމަށް އަނެކުން ބާރު އެޅުމުން، ނުވަތަ އެފަދަ ކަމެއް ނުކުރެވިގެން މީހުން އެއްޗެހި ކިޔައި ފާޑުކިޔަން ފެށުމުން ބައެއް މީހުން ބުނެއުޅޭ ބަހެކެވެ. ސަބަބަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ، މޫސާގެފާނަށް ދެއްވި ޢަޞާކޮޅުން، އެ ކަލޭގެފާނު އަމިއްލަ ޒާތުފުޅަށް ކުރެއްވުން ނުކުޅަދާނަ ކިތަންމެ ކަމެއް ކުރެއްވޭތީ އެވެ.
Print

ނިރުބަވެރިކަމުގެ އިލްޒާމާމެދު .....

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ

4 މާރިޗު، ހުކުރުދުވަހާ  ގުޅޭ..

މުސްލިމުންގެ ބޮލުގައި އެޅުވިފައިވާ ނިރުބަވެރިކަމުގެ އިލްޒާމާމެދު

ނަބަވީ ސީރަތުގެ އަލީގައި ބަލައިލުމެއް


ޢަބްދުاللّه ފާރޫޤު ޙަސަން

[ފަހެ، ކަލޭގެފާނު ކެތްކުރައްވާށެވެ! ހަމަކަށަވަރުން اللّه ގެ ވަޢުދުފުޅަކީ ޙައްޤު ތެދެވެ. އަދި ކަލޭގެފާނުގެ ފާފަފުއްސެވުމަށް އެދިވަޑައިގަންނަވާށެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް، ހަވީރާއި، ހެނދުނު ޙަމްދާއެކު ތަސްބީޙު ވިދާޅުވާށެވެ.] (ޣާފިރު: 55)
Print

"އޭ ދުލާއެވެ! ހެޔޮ ބަސް ބުނާށެވެ! އެހެންނޫނީ ހަނު އޮންނާށެވެ!"

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ދިރާސާ



އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު

ދިރިއުޅުމުގެ އެންމެހައި ކަންކަމަށް ފުރިހަމައަށް މަގު ދައްކައިދޭ ގޮތުގައި الله ބާވައިލެއްވި އިސްލާމްދީނުގައި ޚާއްޞަކަމެއް ދެއްވާފައިވާ، އެއް ކަމަކީ ދޫރައްކާތެރިކުރުމެވެ. ފަހެ، ތިމާގެ ދުލުން ތިމާގެ އަމިއްލަ ނަފުސަށާއި އެހެން މީހުންނަށް ގެއްލުންދީ، ފާފަވެރި ޢަމަލުތައް ކުރުމުގައި ޢުމުރު ހޭދަކުރާ މީހާއީ، ހަމަކަށަވަރުން ދެދުނިޔޭގެ ބާއްޖަވެރިކަމުން މަޙުރޫމުވެއްޖެ މީހެކެވެ. އެހެނީ އެފަދަ މީހާ ހިމެނެނީ އޭނާގެ ދުލުގެ ސީދާކަން ގެއްލުމުގެ ސަބަބުން، އޭނާގެ އީމާންކަމުގެ ސީދާކަން ވެސް ގެއްލިފައިވާ މީހެއްކަމުގައެވެ.
Print

ނިރުބަވެރިކަމުގެ އިލްޒާމާމެދު ...

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ

މުސްލިމުންގެ ބޮލުގައި އެޅުވިފައިވާ ނިރުބަވެރިކަމުގެ އިލްޒާމާމެދު

ނަބަވީ ސީރަތުގެ އަލީގައި ބަލައިލުމެއް


ޢަބްދުاللّه ފާރޫޤު ޙަސަން


މިހާރަކަށްއައިސް ދުނިޔޭގެ ކަންކޮޅުތަކުން ދަނީ ޤާނޫނުތައް ފައިދޮށުލުމާއި، ނިރުބަވެރިކަމުގެ  ހުޅުއަރަމުންނެވެ. ޙަޤީޤަތުގައި މި ނުރައްކާތެރި މަސްއަލައަކީ، ހުޅަނގުގެ ތަހްޒީބާއި އެ ތަހްޒީބުގެ ފިކުރީ އަދި ސިޔާސީ ލީޑަރޝިޕުން އުފައްދައިފައިވާ މަސްއަލައެކެވެ. މި މަސްއަލަ އުފެދުނީ، ދުނިޔޭގައި ނަގާކިޔާންފެށި ބައެއްގެ ސަބަބުންނެވެ. އެބައިމީހުންނަކީ، އިންސާނީވަންތަކަމުގެ ޒަމީރު މަރުވެފައިވާ ބަޔެކެވެ. އަޚްލާޤީ ދާވަނީގައި އެއްވެސް އެއްޗެއްނެތް ބައެކެވެ.
Print

އައިޑެންޓިޓީ ކާޑު

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ނަޢީމު އިބްރާހީމް

ބީރައްޓެހި ފިރިހެންކުއްޖަކު ބޮޑު ރަށަކަށް އަތުވެއްޖެއެވެ. ރަށުތެރޭގެ އެތަން މިތާނގައި ހިނގަމުންގޮސް މި ކުއްޖާއަށް އިސްކޫލަކާ ހަމައަށް އާދެވިއްޖެއެވެ. އެއީ އެ އިސްކޫލުގައި ކޮންމެވެސް ރަސްމިއްޔާތެއް އޮތް ދުވަހެކެވެ. ކުޑަ ދޮރެއްގެ ކައިރީގައި ވަރަށް ގިނަ ކުދިން އެއްވެފައި ތިއްބެވެ. ކައިރިއަށް ގޮސް ބެލި އިރު އެތަނުން މެޓާ ބަހަނީއެވެ. ފަހަރަކު ކުއްޖަކު މެޓާ ހިފައިގެން ނުކުމެގެން ދަނީއެވެ.
Print

އިންސާނާގެ ބައެއް ޙަޤީޤަތް

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ދިރާސާ


އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު

ކީރިތި ޤުރުއާނުގައި އަންގަވާފައިވާ، އިންސާނާގެ ބައެއް ޙަޤީޤަތްތަކުގެތެރެއިން...


ﷲ سبحانه وتعالى އުފައްދަވާފައިވާ އެންމެހައި މަޚްލޫޤުންގެ ތެރެއިން މާތް ކުރައްވައި، އެ އިލާހުގެ ހުސްވުމެއްނުވާ ނިޢުމަތްތަކުން ނިޢުމަތް ދެއްވައި، ސުވަރުގޭގެ އަބަދީ ޙަޔާތުން މި ދުނިޔޭގެ ވަގުތީ ޙަޔާތުގެ ތެރެއަށް ފޮނުއްވައި، އެހެން އެއްވެސް މަޚްލޫޤަކާ ޙަވާލު ނުކުރައްވާ މަސްއޫލިއްޔަތުތަކެއް ޙަވާލު ކުރައްވާފައިވާ "އިންސާނާ" ގެ ޙަޤީޤަތަކީ ކޮބައިކަން އެނގޭނީ ކިހިނެއް ހެއްޔެވެ؟
Print

ޙަލާލު ސިޙުރު

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ ދިރާސާ


އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު

ކިޔާލާށެވެ! އެއަށްފަހު މީގައިވާގޮތަށް ޢަމަލުކުރާށެވެ!


އަހަރެމެން ސިޙުރު ދަސްކުރުމާމެދު ތިބާގެ ޚިޔާލަކީ ކޮބައިހެއްޔެވެ؟ ސިޙުރޭ ބުނުމުން ކުޑަކޮށް ޖެހިލުންވާގޮތެއް ހުއްޓަސް މިއީ އެއްގޮތަކަށްވެސް ނުކޮށް ދޫކޮށްލާވަރުގެ ކަމެއްނޫނެވެ. ދަސްވެސް ކުރަންވީއެވެ. އަދި އެއާ އެއްގޮތަށް ޢަމަލުވެސް ކުރަންވީއެވެ.

ޙަލާލު ސިޙުރު ހެދުމަށްޓަކައި ވަރަށް ފަސޭހައިން ކުރެވިދާނެ ވިހި ކަމެއް، ވަރަށް ކުރުކޮށް ގެނެސްދޭނަމެވެ. ނަތީޖާ ބޭނުންނަމަ އަމިއްލައަށް މި ކަންކަން ކޮށްލާށެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ