އަދުގެ ޚާއްސަ

ދިރާސާ

Print

ހިނިތުންވެލާށެ.....

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ ދިރާސާ


ކޮމަންޑޫ ޢަލީ އިބުރާހީމް


ހިނިތުންވުމުގެ ސިފައަކީ މާތް ﷲ އިންސާނާއަށް ދެއްވި ސިފަތަކުގެ ތެރެއިން މާތް ސިފައެކެވެ. ހިތްހެޔޮކަމުގެ ޢަލާމާތެކެވެ. އޯގާވެރިކަމާއި އަޅާލުން ދައްކުވައިދޭ ކަމެކެވެ. އަނެއް އިންސާނާގެ ނަފުސާނީ ދުޅަހެޔޮކަމަށް ތިމާއަށް ދެވޭ ފަރުވާއެއްވެސްމެއެވެ.އެހެން ޢިބާރާތަކުން ދަންނަވާނަމަ އެއީ ބުރަ މަސައްކަތެއް ނުވަތަ ބޮޑު ހޭދައެއް ނުކޮށް އަނެކާއަށްދެވޭ އަގު ނުކުރެވޭފަދަ އަގު މާތްވި ހަދިޔާއެކެވެ. ވީއިރު، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް އަގަކާ ނުލައި ލިބިލައްވާފައިވާ މިހަދިޔާ އެންމެ ފައިދާހުރި ގޮތުގައި

Print

ހަމަގޮތުގައި ބޭނުން ކުރުން

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ނަޢީމު އިބްރާހީމް

ޖޫން 1984 ގައި އަމްރިތްސަރްގެ ސަވްރަން މަންދިރާ (ފައްޅިއެއް) ޚިލާފަށް ސިފައިންގެ ކޯޓްގައި ޝަރީޢަތެއް ފެށުނެވެ. އިންޑިއާގެ ސިފައިން ހިންގި މި ތަޙުޤީޤު ގެނަމަކަށް ކިޔާފައިވަނީ އޮޕަރޭޝަން ބްލޫސްޓަރ އެވެ. ސަވްރަން މަންދިރަކީ ސިކުންގެ ވަރަށް މުޤައްދަސް ތަނެކެވެ. މި ޙާދިސާގެ ސަބަބުން ސިކުންގެ ތެރޭގައި "ޝަހީދު" ވުމުގެ ފޯރި އުތުރު އަރައިގެންފިއެވެ. އެންމެ ފަހުން ގޮސް 31 އޮކްޓޯބަރ 1984 ގައި އިންޑިއާގެ އޭރުގެ ބޮޑުވަޒީރު އިންދިރާ ގާނދީގެ ގައިކޮޅަށް ބަޑިޖަހާ އަވަހާރަކޮށްލައިފިއެވެ. މިކަމެއް ކުރީ އެކަމަނާގެ ބޮޑީގާޑަކަށް ހުރި ސިކުންގެ މީހެކެވެ.
Print

އިމްތިޙާން

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ނަޢީމު އިބްރާހީމް

އިންސާނާގެ ލޮލަކީ ޢަޖާއިބެއް ކަހަލަ އެއްޗެކެވެ. ލޯ މަރާލީމާ އެއްވެސް އެއްޗެއް ނުފެނެއެވެ. އަނދިރިކަން ފެތުރިދެއެވެ. ދުނިޔެ ހަމަ އޮތް ގޮތަށް އޮވެއެވެ. އެކަމަކު ލޯ މަރާލައިގެން ހުންނަ މީހާއަކަށް އެ ދުނިޔެ އެއް ނުފެނެއެވެ. ކައިރީގައި ހުރި ހުރިހާ އެއްޗެއް ހުރެއެވެ. އެކަމަކު ނުފެންނާތީ ހުންނަކަން ނޭނގެނީއެވެ.
Print

މުސްލިމުންގެ މަޢީޝީ ތަރައްޤީއާއި، ނަބަވީ ސީރަތު (1)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ފާރޫޤު ޙަސަން

އިސްލާމީ އުންމަތުގެ ވަރަށް ގިނަބަޔަކު ދިރިއުޅެމުން ގެންދަނީ، ފަޤީރުކަމާއި އަތްމަތި ދަތިކަމުގެ ނިހާޔަތުގައެވެ. ޒުވާނުންކުރެ އެތައްބަޔަކުވަނީ ފޯރުންތެރިކަން ކުޑަވުމާއި، ވަޒީފާނުލިބުމުގެ ސަބަބުން ގޮތްހުސްވެފައެވެ. އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ ފަޤީރުކަމުގައި އެންމެ ކަންބޮޑުވާންޖެހޭ އެއްމަސްއަލައަކީ ދުޅަހެއިކަމާއި ޒުވާންކަމުގެ ނިޢުމަތްދެއްވައިފައިވާ އެތައްބަޔަކުވެސް އާމްދަނީ ހޯދުމުގެ ވަސީލަތަކަށް ސަލާންޖެހުން ޚިޔާރުކޮށްފައިވާ ކަމެވެ.

Print

ޙައްޖު: އަލުން އުފަންވުމެއް

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ ދިރާސާ


އިބްރާހީމް ރަޝީދު މޫސާ

މިއީ ޙައްޖު މޫސުމުގެ ދުވަސްވަރެވެ. ޙައްޖަކީ ބަދަނީ އަދި މާލީ އަޅުކަމެކެވެ. އެއީ ރޫޙުތައް މަތިވެރިވެ، ނަފްސުތައް އުޖާލާވާ މޫސުމެކެވެ. ޙައްޖުވެރިން ﷲގެ ޙަޟްރަތާ ކުއްތަންވެފައިވާ މިންވަރުގެ ސަބަބުންނެވެ. ﷲގެ ރިޙާބުގެ ތެރޭގައި، އަލްމަސްޖިދުލް ޙަރާމުގެ ޙަރަމުފުޅުގެ ތެރޭގައި އެމީހުން ތިބޭތީއެވެ. ޙައްޖުވެރިންނަކީ ﷲގެ ވަފްދެވެ. ﷲގެ ޙަޟްރަތަށް ޒިޔާރަތްކުރާ ބަޔަކަށް ﷲ ކަމޭ ހިއްތަވާނެއެވެ. ދީލަތިވެ ވޮޑިގަންނަވާނެއެވެ. އެމީހުން ކަމަކަށް އެދި ދަންނަވައިފިނަމަ އެކަމެއް ފުއްދަވާ ދެއްވަވާނެއެވެ. އެމީހުން ފާފަ ފުއްސަވާ ދެއްވުމަށް ދަންނަވައިފިނަމަ އެމީހުންގެ ފާފަތައް ފުއްސަވާ ދެއްވާނެއެވެ.
Print

ކުރިޔަށް އޮތް ޕެރެގްރާފް

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ދިރާސާ



ޢަބްދުﷲ ނަޢީމު އިބްރާހީމް

ވާހަކަ ލިޔާ މީހަކު ވަރަށް ދިގު ވާހަކައެއް ލިޔުނެވެ. މިވާހަކަ ފެނިފައި އޭނާގެ ރަޙުމަތްތެރިޔަކު ބުނެލިއެވެ. "އަސްތާ- ހާދަހާ ދިގު ވާހަކައެކޭ-! މި ވާހަކަ ލިޔަމުންގޮސް ފޫހިވާ ގޮތެއް ނުވޭތަ-؟"
ލިޔުންތެރިޔާ އެއްވެސް ޖެހިލުމެއްނެތި ޖަވާބު ދިނެވެ. "އެއްގޮތަކަށްވެސް ނުވޭ– އަހަރެންގެ ވިސްނުމުގައި އަބަދުވެސް އޮންނަނީ ކުރިއަށް އޮތް ޕެރެގްރާފް-"

އިންސާނާގެ ޙަޔާތަކީވެސް ދިގު ވާހަކައެކެވެ. ކާމިޔާބީއާއި، ނާކާމިޔާބީގެ ޙާދިޘާ ތަކުން ފުރިފައިވާ ވަރުގަދަ ދާސްތާނެކެވެ. މިވާހަކަޔާ ގަޔާވެގެން ފޫހިނުވެ ކުރިޔަށް ދެވޭނޭ އޮންނާނީ އެންމެ ގޮތެކެވެ. އެއީ އަބަދުވެސް ކުރިއަށް އޮތް ޕެރެގްރާފާމެދު ވިސްނުމެވެ.
Print

ﷲ ގެ ރުއްސެވުން

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ނަޢީމު އިބްރާހީމް


މިދުނިޔޭގައި މީސްތަކުން އުޅެން ފެނިފައި އޮންނަނީ ދެ ގޮތެކެވެ. އެއްގޮތަކީ އަމިއްލަ ނަފުސު ރުއްސަން  (Self oriented)މަސައްކަތް ކުރުމެވެ. ނުވަތަ އަމިއްލަ އެދުންތައް ފުއްދަން މަސައްކަތް ކުރުމެވެ. ދެވަނަ ގޮތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރުއްސެވުން  (God oriented)ހޯދަން އުޅުމެވެ.

މީހަކަށް ވެވޭނީ މިދެގޮތުން އެއްގޮތަކަށެވެ. އަމިއްލަ އެދުންތައް ފުއްދަން އުޅޭމީހާއަކަށް ﷲ ގެ ރުއްސެވުމެއް ނުލިބޭނެއެވެ. އޭނާ ދަތުރުކުރަން ޖެހޭނީ އަމިއްލައަށް
Print

ކްރިސްޓިއަން ކަނޑި (15)

ޝާޢިއުކުރީ އަޙްމަދު މާޖިދު . ހިމެނޭބަޔަކީ ދިރާސާ


ގޮށްމުށުބާރުގެ އެހީގައި ދީން ފެތުރީ ކްރިސްޓިއަނުންނެވެ.

އަލްއުސްތާޛު އަޙްމަދު މާޖިދު

ހުޅަނގު ޔޫރަޕުގެ ބައިމަދު ޖަމާޢަތްތަކާ ދެކޮޅަށް ކުރެވުނު ޞަލީބީ ހަނގުރާމަ


ކުރީގެ ޞަފުޙާއެއްގައި ވެސް ދެންނެވިފައި ވާނޭ ފަދައިން، ޞަލީބީ ހަނގުރާމައަކީ ހަމައެކަނި މުސްލިމުންނާ ދެކޮޅަށް ކުރެވުނު ހަނގުރާމައެއް ނޫނެވެ. އެ ހަނގުރާމައަކީ ކްރިސްޓިއަން ރޯމަން ކެތަލިކް ބޮޑު ފައްޅީގެ ޢަޤީދާތަކާ ޤަބޫލު ނުވި އެތައް ބަޔަކާ ދެކޮޅަށް ކުރެވުނު ސިލްސިލާ ހަނގުރާމައެކެވެ. މީލާދީން 1095 އިން ފެށިގެން 1290 އިގެ ތެރެއާ ހަމަޔަށް މުސްލިމުންނާ ދެކޮޅަށް ފޮނުވުނު ޞަލީބީ ލަޝްކަރުތަކަކީ މީގެ ތެރެއިން އެންމެ ބޮޑު ބައެވެ. އެންމެ މުހިއްމު، އަދި އެންމެ މަޝްހޫރު ބައެވެ. ނަމަވެސް
Print

ރޯދަ ހިފުން؛ ސައިންސުގެ އަލީގައި

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ދިރާސާ


ޕްރޮފެސަރ ޙަސަން ޢުޤައިލް

ރޯދަހިފުމަކީ ދީނީކަމަކަށްވެފައި ދީނީގޮތުން ރަނގަޅު ހެޔޮ ކަންތައްތަކަކާއި ގުޅިފައިވާ ކަމެކެވެ. މިސާލަކަށް، ރަމަޟާންމަހު ދުނިޔޭގެ އެކިކަންކޮޅުތަކަށް ނިސްބަތްވާ ސައްތައިން ސައްތަ މުސްލިމުންގެ 1.79 ބިލިއަން މީހުން ރޯދަ އިގެ މަތިވެރި އަޅުކަމުގައި މަޝްޣޫލުވެ އެއްކައުވަންތަ ކަލާނގެއާ ކުއްތަންވުމަށް ތައްޔާރުވެއެވެ. މުސްލިމުން އެ މަހުގެ ފުރިހަމަ ސަވާބު ލިބިގަތުމުގައި އަވަދިނެތި އުޅެމުންދާއިރު، ރޯދައަށް ހުރުމުން އިންސާނާއަށް ޞިއްޙީގޮތުން ލިބިދޭ އެތަކެއް ފައިދާތަކެއްވާކަން، ފަހުގެ ޞިއްޙީ ހޯދުންތަކުންވަނީ އެނގިފައެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ