ތަޢުލީމާއި ތަރުބިޔަތު

Print

ލާމަސީލު އުސްތާޛު

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު

ކައުޘަރު އަޙްމަދު ލަޠީފް

އާދަމް ޒާހިރު 2017 ވަނަ އަހަރު ޖަމާޢަތުގެ ޚަބަރުގައި ލިޔުއްވާފައިވާ ގޮތުގައި މުދައްރިސުންންގެ ވާޖިބާއި މަސައްކަތަކީ އަގުނުކުރެވޭ ގައުމީ މަސައްކަތެކެވެ. މުދައްރިސުންނަކީ ގައުމެއްގެ ދިރުމާއި އެގައުމުގެ ދަރިން ހެދި ފޯދުމުގެ މޭސްތިރިންނެވެ. ކިހާބޮޑު ތެދުފުޅެއް ތޯއެވެ. ތަޢުލީމީ ދާއިރާ ނުވަތަ އުނގަންނައިދިނުމާއި ތަރުބިއްޔަތު ކުރުމުގެ ދާއިރާގައި މަސައްކަތްކުރުމަކީ ހަމަ ހަގީގަތުގައި ވެސް ބުރަ ޒިންމާދާރު އަބުރުވެރި ކަމެކެވެ. ސަބަބުތައް ގިނަގުނައެވެ. އަޅުގަނޑަށް ވެސް އުނގަންނައިދިނުމުގައި ގާތްގަނޑަކަށް ހައެއްކަ އަހަރު ހޭދަކުރުމުގެ ފުރުސަތު ލިބިފައިވެއެވެ. އެހެން ނަމަވެސް ދަންނަވަންތޯއެވެ. މިދާއިރާގައި މަސައްކަތްކުރާ ކޮންމެ މީހަކީ އަދި ކާމިޔާބު މީހަކަށް ނުވެދާނެއެވެ. ކޮންމެ ކަމެއްގެ ވެސް ކާމިޔާބު ފެށޭ ހިސާބު ކަމަށް އަޅުގަނޑު ގަބޫލުކުރާ ހިސާބަކީ، ކުރަން އުޅޭ ކަމަކާމެދު ހިތުގައި ވަރުގަދަ ލޯތްބެއް އުފެދޭ ހިސާބެވެ. ދައްކާން މިއުޅޭ ވާހަކައަކީ އަޅުގަނޑަށް އުނގަންނަވައިދެއްވި އަޅުގަނޑުގެ ލާމަސީލު އުސްތާޛެއްގެ ވާހަކައެވެ. 

Print

ހިތްހަމަޖެހިގެން ދަރީން ތަރުބިއްޔަތުކުރާން ބޭނުން ނަމަ....... (1)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު

ކައުޘަރު އަޙްމަދު ލަޠީފް

ﷲ ސުބުޙަނަހޫ ވަތަޢާލާ ބައެއް މީހުންނަށް އަންހެން ދަރީން ދެއްވައެވެ. އަނެއްބައި މީހުންނަށް ފިރިހެން ދަރީން ދެއްވައެވެ. އަނެއްބައި މީހުންނަށް އަންހެން ދަރީންނާއި ފިރިހެން ދަރީން ދެއްވައެވެ. އަދި އަނެއް ބަޔަކު ދަރީން ލިބުމުން މަޙުރޫމުކުރައްވައި އިމްތިހާންކުރައްވައެވެ. ކޮންމެއަކަސް ގަބޫލުކުރާންޖެހޭ ހިތި ހަގީގަތަކީ، ދަރީންނަކީ ބޭނުން ބަޔަކު ބޭނުން ވަގުތަކު ބޭނުންވީމާ ބޭނުން ތާކުން ހޯދޭ އެއްޗެއް ނޫން ކަމެވެ. އެއީ ﷲ ތަޢާލާ ދެއްވާ ނިޢުމަތެއް ކަމެވެ. ވަރަށް ބޮޑު އަމާނާތެއް ކަމެވެ. 

Print

"ޢާލަމީ ވަބާ"ގެ މި ޙާލަތު، ތަރުބިއްޔަތަށް ފަހި ފުރުޞަތަކަށް ހެދިދާނެ.

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

އެއްޗަކަށް ރަނގަޅު ގޮތާއި ފައިދާވާނޭ ގޮތާއި ހަލާކުނުވެ ގިނަ ދުވަހު އެއެއްޗެއް ދެމިހުންނާނޭ ގޮތް އެނގޭނީ އެ އެއްޗެއް އުފެއްދި ކުންފުންޏަކަށް ކަމީ އަޅުގަނޑުމެން އެންމެން ވެސް ގަބޫލުކުރާ ހަގީގަތެކެވެ. ކޮންމެ އުފެއްދުމަކާ އެކު އެއެއްޗެއް ގެންގުޅެ ޢަމަލުކުރާނޭ ގޮތުގެ އަތްމަތީ ފޮތެއް (މެނުއަލެއް) އޮންނަނީ އެހެންވެގެންނެވެ. ޓީވީއަކަސް، ދޮންނަ މެސެނަކަސް، ސައިކަލަކަސް އަތު ފޯނަކަސް މި ކަން އޮންނަނީ މިހެންނެވެ. އަތްމަތީފޮތުގައި ދީފައި ހުންނަ އިރުޝާދާ ޚިލާފަށް ޢަމަލުކޮށްފި ނަމަ، އެއެއްޗަކަށް ލިބޭނީ ގެއްލުމެވެ. ވަރަށް އަވަހަށް ކަންފަތިވެ ހަލާކުވެދާނެއެވެ.

Print

ކިތަންމެވަރަކަށް ކިޔެވިއަސް ފައިދާއެއް ނެތް!!

ޝާޢިއުކުރީ މޫސާ އަހުސަން ޝަރީފް / ސަމަންދަރު ގދ.ހޯނޑެއްދޫ . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު

ގައުމުގައި ކިޔަވައިގެން ތިބި ނޫކަށިފުރައިގެ ޒުވާނުނާއި ބޮޑުން އިތުރުވެއްޖެއެވެ. ކިޔަވާ ކުދިން ކިޔަވަމުންދަނީ ވަކިވަރެއް ބަލާފައެއް ނޫނެވެ. އެގާރަ ބާރަ ހަދަނީއެވެ. ޑިޕްލޮމާއާއި ޑިގްރީވެސް ހަދަނީއެވެ. ނޫންނަމަ އެއަށްވުރެވެސް މައްޗަށް ނުކިޔަވާ މީހަކު މިހާރު ދަނީ މަދުވަމުންނެވެ. އުސްތާޒުންނާއި ޑޮކްޓަރުން މިވަނީ އިންތިހާއަށް އިތުރުވާން ފަށާފައެވެ. ނަމަވެސް ކުރަނީ ކޮންފައިދާއެއް ހެއްޔެވެ. ކިޔެވުމުގެ ދާއިރާތަށް ނުހަނު ގިނައެވެ. ކިޔަވަނީ ހުރިހާކަމެއް ހިމނޭ ވަށައިޖެހޭ ތައުލީމެއްގެތެރެއިންނެވެ.

ތެދެކެވެ. ކިޔަވައިގެން ކުރަނީ ކޮންފައިދާއެއްހެއްޔޭ ބުނުމުން ވަރަށްގިނަ ބައެއްގެ ދެބުމަ ގޮށްޖެހިދާނެވެ. އެހެންނަމަވެސް ތެދު ހަގީގަތް ލިއުމަކުން ހާމަކުރަމާތޯއެވެ. އެއްވެސް ހާލެއްގައި މިދަނަނަވަނީ ހުރިހާ ބޭފުޅުންގެ ވާހަކައެއް ނޫނެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ކިޔަވައިގެންތިބި ގިނަބައެއްގެ ވާހަކައެވެ. ގިނަ ބައެއްގެ އަމަލުތައް ހުރިގޮތުގެ ވާހަކައެވެ. އެންމެ ތުއްތުއިރު ނާސަރީގައި '' ކުދި ކުދި ކަރުދާސް، ކުދިކުދި ކަރުދާސް '' ހޮވާނެގީމެވެ. ރަނގަޅު ކަންތައްތަކެއް ދަސްކުރީމެވެ. އެންމެ ސާފުތާހިރު ކުލާސް ރޫމު ކަމުގެ ވަނަ ހޯދުމަށްވެސް އެތައް ބައިވަރު މަސައްކަތެއް ކުރީމެވެ. އަޅުގަނޑުމެނެވެ. މިދަންނަވާ ހުރިހާ ބޭފުޅުންވެސް މެއެވެ.

Print

ފޮތް ކިޔުމުގެ ރީތި އާދަ އުވިގެން ނުދަނީސް ސަލާމަތް ކުރަމާތޯއެވެ.

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


އަޙްމަދު ސަމީރު ޢަލީ

އެމެރިކާގެ ކެލިފޯނިޔާގެ ޡާނަވީ މަދަރުސާއެއްގައި ކިޔަވައިދެއްވާ (Kelly Gallagher) ކެލީ ގެލެހަރ އަކީ 25 އަހަރުގެ ތަޖުރިބާ ހުރި މުދައްރިސެކެވެ. (ފަސް ފޮތާއި ތަޢުލީމީ ދާއިރާއާ ގުޅުންހުރި އެތައް ސީޑީއެއް ނެރުއްވާފައިވެއެވެ.) ކިޔަވައިދެއްވަނީ އިނގިރޭސިބަސް، އެބަހުގެ އަދަބިއްޔާތައި ލިޔުންތެރިކަމުގެ ހުނަރެވެ. ނަމުގެ ބާވަތުން މިނަމުގެ ވެރިޔަކީ އަންހެނެއްތޯ ނުވަތަ ފިރިހެނެއްތޯ ދެނެގަތުން ފަސޭހަ ނުވާތީ، އެއީ މިސްޓަރ ކެލީ ގެލެހަރ ކަމުގައި ހަނދުމަފުޅުކޮށް އަރުވަމެވެ.
Print

މަންމައެއްގެ ތަރުބިއްޔަތު

ޝާޢިއުކުރީ މުޚްތާރު ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު



މުޚްތާރު އަބްދުއްރަޙްމާން، ނޫރާނީގެ ށ. މިލަންދޫ

ދުނިޔޭގެ ވަރަށް މަޝްހޫރު ކޮލެޖެއްގައި ވަރަށް ގިނަ ދަރިވަރުން ކިޔަވަމުން ގެންދެއެވެ. ތަފާތު އެކި ދަރަޖަދަރަޖައިގެ ކުދިންނެވެ. ދުނިޔޭގެ އެކިއެކި ގައުމުތަކުން އައިސް އުޅޭ ކުދިންތަކެވެ. މުއްސަނދިކަމުގެ އަހުލުވެރިންނާއި ފަޤީރުކަމުގެ އަހުލުވެރިންނެވެ. މިހެންވުން އެކި ކުދިންގެ އެދުންތަށް ނިޔާކުރާގޮތުން، އެކި ކުދިންގެ އަޚުލާޤާއި ސުލޫކު ވެސް ތަފާތެވެ. މި ހުރިހާ ކުދިންގެ ތެރެއިން ވެސް ފާހަގަކޮށްލެވޭ ކުއްޖަކު އުޅެއެވެ.

އޭނާގެ މަންމަ އަކީ ރަނގަޅު ތަޢުލީމާއި، ތަރުބިއްޔަތުން މަޙްރޫމުވެފައިވާ އަޚުލާޤެއް ނެތް މީހެކެވެ. އޭނާއަށް އެއްޗެއްސަކީ ލޮލަށް ފެންނަ އެއްޗެއްސެވެ. އެ އެއްޗެއް ދުނިޔޭގެ ދިރިއުޅުމަށް ބޭނުންހިފޭ ކޮންމެ އެއްޗެކެވެ.
Print

ޅަ ޒުވާން ދަރިފުޅުގެ އަޚްލާޤް ގޯސްވަނީ ކީއްވެ؟

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު



ޢަބްދުﷲ ޢިމްރާން، އދ. ހަންޏާމީދޫ



1. ފެށުން:

ފުރާވަރަކީ ކުޑަކުއްޖެއްގެ އުމުރުފުރާއިން ނެއްޓި ބޮޑު މީހެއްގެ އުމުރުފުރާއަށް ބަދަލުވަމުންދާ ދުވަސްވަރެވެ. އާދެ! 10 އަހަރާއި 19އަހަރާއި ދެމެދުގެ ދުވަސްވަރެވެ. މި އުމުރުފުރާ އަކީ ބޮޑުވަމުން އަންނަ ދަރިފުޅުގެ ހަޔާތަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދުވަސްވަރެކެވެ. މި އުމުރުފުރާ ކަޑައްތު ކުރާއިރު ކޮންމެ ކުއްޖެއްގެ ވެސް ޖިސްމާއި ނަފްސަށް އަންނަ ބަދަލުތަކާ ގުޅިގެން ކުއްޖާގެ ވިސްނުމާއި އިހްސާސްތަކަށް ބޮޑެތި ބަދަލުތަކެއް ގެނުވައެވެ.
Print

ތުއްތު ދަރިފުޅު ކުދިންނާ ތޮޅޭނަމަ އެކަން ހުއްޓުވާނީ ކިހިނެއް؟

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު



އާދަމްޝަރީފް، ރޯޒީ، ށ.ފުނަދޫ

ކުޑަކުދިން، ޚާއްޞަކޮށް ޢުމުރުން 1 އަހަރާ 4 އަހަރާ ދެމެދުގެ ކުދިންނަށް އެ ކުދިންގެ ހިތުގައި އުފެދޭ އިޙުޞާސްތަކާއި ޝުޢޫރުތައް ފާޅުކުރުމުގައި ދަތިތަކަކާއި ކުރިމަތިލާން ޖެހެއެވެ. އޭގެ ސަބަބުން ރުއިމާއި، ތަކެތި އުކުމާއި، އެހެން ކުދިންނާ ތޮޅުންފަދަ ކަންތައްތައް އިސްކުރެއެވެ. ތުއްތު ކުދިން އެހެން ކުދިންނާ ތޮޅޭނަމަ އެކަން ހުއްޓުވުމަށްޓަކައި ކެތްތެރިކަން ވަރަށްބޮޑަށް ބޭނުންވެއެވެ. ތޮޅުމަކީ ޤަބޫލުކުރެވޭ ކަމެއް ނޫންކަމާއި އެހެން ކުދިންނާ ނުތޮޅެ ދަރިފުޅުގެ ޝުޢޫރުތައް ފާޅުކުރަން ދަސްކޮށްދޭން ޖެހެއެވެ.

- ދަރިފުޅު އެހެން ކުއްޖަކާ ތޮޅޭނަމަ އޭނާގެ އަތް ހިފަހައްޓާށެވެ. ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު އެހެން ކުދިންނާ ތޮޅުމަކީ ރަނގަޅުކަމެއް ނޫން ކަމުގެ އިޙުސާސް މި ކަމުގެ ސަބަބުން އުފެދޭނެ އެވެ.
Print

ޓިޝޫ ކަރުދާހުގެ ކުކުޅު

ޝާޢިއުކުރީ އަޙްމަދު ރަޝީދު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު



އަޙުމަދު ރަޝީދު

ޢީދު ދުވަހާ ދިމާކޮށް ތިޔަ ކުދިންގެ ތެރެއިން ކޮންމެ ކުއްޖެއްގެ ގޭގައި ވެސް ކުކުޅުން ކޮންމެވެސް އެއްޗެއް ހަދާނެއެވެ. މިހާރަކަށް އައިސް،  އައިސް ކުކުޅު ކައްކަމުން އަންނަ ނަމަވެސް ކުރިން ކައްކައި އުޅެނީ ދިވެހި ކުކުޅެވެ. ޢީދު ނަމާދުން ފައިބައިގެން ޢީދު ޞަލަވާތް ކިޔަވައި ސައިބޮއި ނިންމުމަށްފަހު ދެން ކުރަންފަށާ ކަމަކީ ކުކުޅު ހިފުމެވެ. މި ޒަމާނަށް އައިއިރު ގިނަ ކުދިންނަށް ދިވެހި ކުކުޅެއް ފެނުމުގެ ނަސީބު ލިބޭނީ ވެސް ވަރަށް މަދުންކަމަށް ބުނުން ދޮގަކަށް ނުވާނެއެވެ.
Print

މަޒުމޫނު ލިޔުން

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


މަޒުމޫނު ލިޔުމުގައި ވިސްނަންޖެހޭ މައިގަނޑު ނުކުތާތައް

                                
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

މަޒުމޫނަކީ ކޮބައިތޯއެވެ؟ މަޒުމޫނުގެ މާނައަކީ ކޮބައިތޯއެވެ؟ "މަޒުމޫނު" މި ލަފުޒުގެ މާނައަކީ "މައިގަނޑުނަމެއްގެ މައްޗަށް ލިޔެފައިވާ ބަޔާން" ކަމަށް ދިވެހިބަސްފޮތް (2006) ބަޔާން ކުރެއެވެ. ގިނަ ލިޔުންތެރިން އެއްބަސްވާ ގޮތުގައި މަޒުމޫނަކީ ވަކި މައިގަނޑުނަމެއްގެ މައްޗަށް ބިނާކޮށްގެން އެއްކުރެވިފައިވާ ނުވަތަ އެއްކުރާ ޕެރެގްރާފުތަކެކެވެ. ޕެރެގުރާފަކީ ވަކި މައިގަނޑުނަމެއްގެ މައްޗަށް ލިޔާ، (2 އަށްވުރެ) ގިނަ ޖުމުލަތަކެވެ. ޖުމުލައަކީ މާނައެއް ދޭހަވާގޮތަށް އަތުރައިލެވިފައިވާ ލަފުޒުތަކެކެވެ. އެހެންވީމާ ރަނގަޅު މަޒުމޫނަކީ ރީތި ފެށުމާއި އަޮއްޓަރު ހުރި ބަދަހި މައިގަނޑަކާާއި ޚުލާޞާކޮށްދެނިވި ނިންމުމެއް ގެނެސްފައިވާގޮތަށް
Print

މުއާޞަލާތުކުރުމާއި މުޢާމަލާތުކުރުން: ތަފާތު ދެކަމެއް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު



އިންސާނީ މުޢާމަލާތުގައި މުއާޞަލާތުކުރުމުގެ ތަފާތު އެތައް ގޮތްތަކެއް ވެއެވެ.


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އަރަބި ބަހުގެ އަޞްލުން އައިސް ދިވެހިބަހަށް ވަދެ ދިވެހިވެފައިވާ ދެ ލަފުޒެވެ. "މުއާޞަލާތު" ކުރުމެވެ. "މުޢާމަލާތު" ކުރުމެވެ. މިހާރު ދިވެހި ދެ ލަފުޒެވެ. ދިވެހިބަހުގެ ރަދީފުގައި ހިމެނޭ ދިވެހި ދެ ލަފުޒެވެ. އެހެންކަމުން އެ ލަފުޒު ދިވެހި ބަހަށް އައި ގޮތަކާއި އައި ތަނެއް ބެލުމަކީ އަޅުގަނޑުގެ މިއަދުގެ މައުޟޫއެއް ނޫނެވެ. އަޅުގަނޑު މިއަދު ބަލައިލާނީ މި ދެ ލަފުޒުގެ މާނައާއި ދިވެހިބަހުގައި މި ދެލަފުޒު ބޭނުންކުރާ ގޮތުގެ މައްޗަށެވެ.

ދިވެހިބަހުގެ ރަދީފުގައި ވާ ގޮތުން، މުޢާމަލާތުގެ މާނައަކީ ދުނިޔަވީ ކަންތައްތަކުގައި ދެ ފަރާތެއްގެ ދެމެދުގައި ހިންގާ ގުޅުމެވެ. މިސާލަކަށް ވިޔަފާރި ކުރުން ފަދަ ކަންތައްތަކެވެ.
Print

ކިޔަވާ ކުއްޖަކު އުޅޭބާވައެވެ........؟؟؟

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


މުޙައްމަދު ފިރުޒުލް

ބުނާތީ އަޑުއިވެއެވެ. "ކިޔަވާކުދިންނަކީ ޤައުމުގެ މުސްތަޤްބަލެވެ. މާދަމާ ޤައުމު ހިންގަން ތިބި ލީޑަރުންނެވެ. ޤައުމަށްޓަކައި ފިދާވާންތިބި މުވާޠިނުންނެވެ." ނަމަވެސް ޙާލަތު ދައްކަމުންދާ މަންޒަރުތަކުން ހިތަށް ކުރަނީ ފުން އަސަރުތަކެކެވެ. ވެރިވެގެން ދަނީ ބަޔާންކުރަން ދަތި މޮޅިވެރިކަމެކެވެ. މިއަދުގެ މުޖުތަމަޢުން އިސްވެ މި ދެންނެވި މަތިވެރި މަޤާމުތައް ފުރާދެވިދާނެ ކުދިންތަކެއް ނުފެންނާތީ އެވެ. ޤައުމުގެ ޙައްޤުގައި ފިދާވާން ކެރިދާނެ ކުދިބަޔަކު އުޅޭކަމަށް ޤަބޫލުނުކުރެވޭތީ އެވެ. ޤައުމުގެ ދުވެލި ސީދާ މަގުގައި ކުރިއަށް ގެންދާނެ ޒުވާނުންތަކެއް މާދަމާ ފެނިދާނެކަމަށް ހީނުވާތީ އެވެ. ސަބަބުތައް ނިކަން ގިނަވެފައި ސާފެވެ.
Print

ކުދިންގެ އަޚްލާޤް ގޯސްވުމުގައި ޒިންމާވާންޖެހޭ ފަރާތަކީ ހަމަ މައިންބަފައިންނެވެ.

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު



ޙުސައިން ޞަލާޙް

މިއަދު ރާއްޖޭގެ ހަތަރު ބިތަށް ނަޒަރު ހިންގައިލިޔަސް ފެންނަމުންދަނީ އަޚުލާޤީ އެކި ފެންވަރުގެ މައްސަލަތައް ފުނިޖެހެމުންދާ ތަނެވެ. ޚާއްޞަކޮށް މި ފަދަ މައްސަލަތައް ކުޑަކުދިންގެ މެދުގައި ބޮޑުވަމުން އަންނަކަން ފާހަގަކުރެވެއެވެ. ކުޑަކުދިންގެ މެދުގައި މިފަދަ އަޚުލާޤީ، އިޖްތިމާއީ މައްސަލަތައް އަށަގަންނަމުން ދާނަމަ، މާދަމާގެ ޒުވާނުންގެ ގޮތުގައި ޤައުމުގެ ޒިންމާތައް ކޮނޑުގައި އަޅަން އޮތް ޖީލުގެ ޙާލަތާމެދު ކޮންމެހެން ވިސްނައިލާން ޖެހެއެވެ. ފިކުރު ކުރާންޖެހެއެވެ. އެހެންނަމަވެސް ހިތާމަޔަކީ މި ކަންތައްތަކަށް ވިސްނައި ފިކުރުކޮށް ނަޒަރުހިންގައިލުމުން ފެންނަނީ ޤައުމުގެ ޙާލަތު މި ދަނީ
Print

ބަހަވީ ޢިލްމުގެ ތެރެއިން...: ވާހަކަދެއްކުމުގައި އެއްބާރުލުމުގެ އުޞޫލުތައް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


ވާހަކަދެއްކުމުން މުޢާމަލާތުކުރުމަކީ އިޖްތިމާއީ ކަމަށްވާތީ މިކަމުގައި މިންގަނޑުތަކެއް ކަނޑައެޅިފައިވެއެވެ.


ޢަބުދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ވާހަކަދެއްކުމަކީ އިޖްތިމާއީ ކަމަކަށްވާތީ ވާހަކަދެއްކުމަކުން ދެމީހެއްގެ ދެމެދުގައި ނުވަތަ ބައެއްގެ މެދުގައި މުވާޞަލާތުކުރެވޭނީ ވަކި ހަމަތަކާއި އުޞޫލުތަކެއްގައި ހިފަހައްޓައިގެންނެވެ. އެހެންނޫނީ އެ ދައްކާ ވާހަކައަކުން، ނުކުތުމަށް އުއްމީދުކުރާ ނަތީޖާ ނުފެނި ހިނގައިދާނެ އެވެ. އަދި ބޭނުން ނުވާ އެހެން ނަތީޖާއެއް ނުކުތުމަކީ ވެސް އެކަށީގެންވާކަމެކެއެވެ. މަޝްހޫރު ބަސްވާރު އެޑްވެޑް ފިނެގެން (1999) ބަޔާންކުރައްވާ ގޮތުގައި ވާހަކަދެއްކުމުގައި، ވާހަކަދައްކާ ފަރާތާއި ވާހަކަދެކެވޭ ފަރާތުން ހިފަހައްޓަންޖެހޭ ހަމަތަކަކާއި އުޞޫލުތަކެއްވެއެވެ. އަދި މި ހަމަތަކަށް ކިޔަނީ "އެއްބާރުލުމުގެ އުޞޫލުތައް" ކަމަށް ވެސް އޭނާ ވިދާޅުވެއެވެ.
Print

ތަޢުލީމީ ނިޒާމުގެ ތެރެއިން ކިޔަވާ ކުދިންގެ ކިބައިގައި ރަނގަޅު އަޚްލާޤީ ސިފަތައް އަށަގެންނެވުން

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު



މައިމޫނާ ޙުސައިން - ބ. ތުޅާދޫ

ތަޢުލީމީ ނިޒާމު ބައްޓަން ކުރެވިފައިވާ ކޮންމެތަނެއްގެ އެންމެ މުހިއްމު އެއް ވާޖިބަކަށްވާންޖެހޭނީ އެތަނެއްގައި ކިޔަވާކުދިންގެ ކިބައިގައި ރަނގަޅު ތަރުބިއްޔަތެއް އަށަގެންނެވުމެވެ. އަދި މިއީ އެބަޔެއްގެ އެންމެ މުހިއްމު މަޤްޞަދަކަށް ވެސް ވާންޖެހޭނެކަމެކެވެ. އެ ބަޔެއްގެ މާޙައުލުގެ ތެރެއިން ތަރުބިއްޔަތުވެގެން ނިކުންނަ ކޮންމެ ދަރިވަރަކީ މުޖުތަމަޢުގެ ތެރޭގައި ހިނގާ ނުބައި އޮއިވަރުން ސަލާމަތްވުމުގެ މަގު ތަނަވަސްވެ ސިކުޑިއާއި ލޯ ހުޅުވިފައިވާ ހަރުދަނާ ކުދިބަޔަކުކަމުގައި ވާންޖެހޭނެ އެވެ.
Print

ބަހަވީ ޢިލްމުގެ ތެރެއިން...: ސެމެންޓިކްސްއަކީ ކޮބާ؟

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


1- ފެށުން

ބަހަވީ ޢިލްމުގައި ހިމެނޭ "ބަހާއި މުވާޞަލާތު" ގެ ތެރޭައި ސެމެންޓިކްސް އަކީ ވަރަށް މުހިއްމު މާއްދާއެކެވެ. އެހެންކަމުން މި މަޒުމޫނުގައި ބަލައިލެވިފައިވާނީ ބަހަވީ ޢިލްމު (ލިންގުވިސްޓިކްސް) ގެ ތަފާތު ދާއިރާތަކުގެ ތެރެއިން ސެމެންޓިކްސްގެ މައްޗަށެވެ. މި ގޮތުގެ މަތިން ސެމެންޓިކްސްއަކީ ކޮބައިކަމާއި ޖުމުލައިގައި ހިމެނޭ ސިފަ ބަޔާންކޮށްދޭ މާނައާއި އިޖްތިމާޢީ މާނައާއި ޖަޒުބާތީ މާނަ، ތަފާތު މިސާލު ދައްކައިގެން އޮޅުންފިލުވައިދެވިފައިވާނެއެވެ. އަދި މާނައިގެ ގުޅުމުގެ ތެރޭގައި ހިމެނޭ ހައިޕޮނީމީ އާއި އެންޓޮނީމީ އާއި ސިނަނީމީ އާއި ޕާޓްހޯލް(މުޅިއެތީގެ ބައެއް) ގެ ބައިތައް ވެސް
Print

ސިކުނޑީގެ "އެންޓިވައިރަސް"

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު



ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އަޅުގަނޑުމެންގެ ސިކުނޑިއަކީ ކޮންޕިޔުޓަރުގެ ހާޑްޑިސްކިޓް ފަދަ އެއްޗެކެވެ. ހުސްކޮށް އޮންނަ އެތައް ބިލިޔަން ނުވަތަ ޓްރިލިޔަން ގިގަބައިޓެއްގެ ހާޑެކެވެ. (ޙަޤީޤަތުގައި ކޮމްޕިޔުޓަރ ހާޑް އުފައްދައިފައިވަނީ ސިކުނޑީގެ މިސާލުން ޚިޔާލު ލިބިގެންނެވެ.) ކޮންމެއަކަސް ކަޮންޕިޔުޓަރަށް "މަޢުލޫމާތު އަޅާ" ފަދައިން އިންސާނާގެ ސިކުނޑިއަށް މަޢުލޫމާތު "އަޅަނީ" އެވެ. އޭނާގެ މާޙައުލުން ލިބޭ މަޢުލޫމާތެވެ. އިވޭ އަޑުތަކުންނެވެ. ފެންނަ ފެނުންތަކުންނެވެ. ކުރެވޭ ތަޖުރިބާތަކުންނެވެ.
Print

ބަހަވީ ޢިލްމުގައި ގަސްހޫލައިގެ މުހިއްމުކަން

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު



ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ސިންޓެކްސްގައި "ގަސްހޫލަ":

"ބަހަކީ އޭގެ ޠަބީޢަތުގައި ވެސް ވަރަށް އޮޅުން ބޮޅުން ބޮޑު އެއްޗެކެވެ. ބަހެއް، އާދެ! ހަމަ އެއްވެސް ބަހެއް، އޮޅުންފިލުވައިދިނުމަކީ ފަސޭހަ، ލުއި މަސައްކަތެއް ނޫނެވެ." {ލިންޑާ ތޯމަސް. (1993)، ބިގިނިން ސިންޓެކްސް، (ޞ.1)}. ބަހެއް ތަޢާރަފުކޮށް އެނަލައިޒްކުރުމަށްޓަކައި ތަފާތު ބައިތަކަކަށް ނުވަތަ ތަފާތު ދާއިރާތަކަކަށް ބަސް ބަހައިލުމަކީ ބޭނުންތެރިކަމެއްކަމުގައި، ލިންޑާ ތޯމަސް(1993) ލަފާދެއްވައިފައިވެއެވެ. މި ދެންނެވި ބައިތަކުގައި ހިމެނެނީ ފޮނޮލޮޖީ އާއި މޯރފޮލޮޖީ އާއި ސިންޓެކްސް އާއި ސެމެންޓިކްސް އާއި ޕްރެގްމެޓިކްސް އެވެ.
Print

''މުދައްރިސް! މިހާރު ވަރަށް ބޮޑަށް ރައިވަރު ކިޔަވާ ހިތްވެއްޖެ.''

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


އާދަމް ނަޞީރު އިބްރާހީމް (2011)

ސުރުޚީއެއްގެ ގޮތުގައި މަތީގައި އެވާ، ކޮމާކޯޅި އިބާރާތަކީ، އަޅުގަނޑަށް އަޑު އިވިފައިވާ އިބާރާތެކެވެ. އެއްފަހަރަށް ވުރެ ގިނަ ފަހަރު އެވެ.  އެއް ދަރިވަރަށްވުރެ ގިނަ ދަރިވަރުންގެ ފަރާތުންނެވެ. ކޮން އިރަކުތޯ އެވެ؟  ރައިވަރާ ބެހޭ ފިލާވަޅު ނަގައިދީ ނިމުމުންނެވެ. ހިތަށް އަރަ އެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ