އަދުގެ ޚާއްސަ

ތަޢުލީމާއި ތަރުބިޔަތު

Print

ޢިލްމީ ދިރާސާއަކީ ކޮބައިހެއްޔެވެ؟

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު، ލ. މާވަށް

މައުޟޫޢު ބިނާވެފައިވަނީ މުހިއްމު ސުވާލެއްގެ މައްޗަށެވެ. ޢިލްމީ ދިރާސާ އަކީ ކޮބައިހެއްޔެވެ؟ ޢިލްމީ ދިރާސާއަކީ ކޮބައިތޯ ބަލައިލުމުގެ ކުރިން ދިރާސާއަކީ ނުވަތަ ދިރާސާކުރުމަކީ ކޮބައިތޯ ބަލައިލާނަމެވެ. ދިރާސާއަކީ ޢަރަބި ބަހުން އައިސްފައިވާ ލަފުޒެއް ނަމަވެސް އަޅުގަނޑު މި މަޒުމޫނުގައި މި ބަލައިލަނީ ދިވެހި މާނައިގެ މައްޗަށްކަން ހަނދުމަފުޅު ބެހެއްޓުމަށް ދަންނަވަމެވެ. އެއީ، ޢަރަބި ބަހުގައި މި ލަފުޒުގެ މާނަ ތަފާތުވެދާނެތީ އެ ބަހުސްގެ ތެރެއިން ސަލާމަތްވުމަށް ޓަކައެވެ.

ދިވެހިބަސްފޮތް2006 ގައި، "ދިރާސާކުރުން" ކަމަށް ބަޔާންކޮށްފައިވަނީ [އެއީ]
Print

ކޮންމެ މުދައްރިސަކަށްވެސް ތަފާތު ދައްކުވައި ދެވިދާނެއެވެ.

ޝާޢިއުކުރީ އާދަމްޝަރީފު މުޙައްމަދު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


އާދަމް ޝަރީފް،ރޯޒީ  ށ.ފުނަދޫ

ފިރުނބައިދޫ މީހުން ފުނަދޫއަށް ބަދަލުވުމުގެ ވާހަކައާއި އެކު މުޅިރަށް ހަލަބޮލިވެގެން ދިޔައެވެ. އެއްބަޔަކު އަނެއްބަޔަކާ ދިމާކުރުމާ ޒުވާބު ކުރުމާ މުދަލަށް ގެއްލުނަ ދިނުންފަދަ އެތައްކަމެއް ހިނގަމުން ދިޔައެވެ. ކަންދިމާކުރިގޮތުން އެއަހަރަކީ ( 1995 ) އަޅުގަނޑު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ވަޒީފާއަށް ރަށަށް އައި އަހަރެވެ. ކިޔެވުމަށްޓަކައި އުމުރުން 6 އަހަރުގައި ރަށުން ބޭރުކޮށްލިގޮތަށް ، އެކިތަންތަނުގައި އުޅުމަށްފަހު އެނބުރި  އާދެވުނު އަހަރެވެ.
Print

އާ އަހަރުގެ ފުރަތަމަ ކިލާސް ... ހަދާނީ ކިހިނެއް؟

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު

ދިގު ޗުއްޓީއަކަށް ފަހު އަނެއްކާވެސް ދަރިވަރުންނާ ކުރިމަތިލާން ޖެހުނީ އެވެ. ފާއިތުވެ ދިޔަ އަހަރުގެ ތަޖުރިބާއަށް ބަލައި، މުދައްރިސުން މި އަހަރު އަލަށް ކުރަން ރާވާފައިވާ ކިތަންމެ ކަމެއް ހުންނާނެކަން ޔަޤީނެވެ. ކިޔަވައިދިނުމުގައި ގެންގުޅޭނެ އުކުޅުތަކާއި، ކާމިޔާބުކަމާއެކު ފިލާވަޅުތައް ކުރިއަށް ގެންދިއުމުގައި ބޭނުންކުރާނެ އާ ހުނަރުތަކެވެ.
Print

ޙަޔާތުން ފިލާވަޅެއް

ޝާޢިއުކުރީ އާދަމްޝަރީފު މުޙައްމަދު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


''މި އަދު ގެއަށް ގޮސް މަންމަގެ ދެ އަތްތިލަ ބަލައިލާތި!''


އާދަމްޝަރީފް މުޙައްމަދު، ރޯޒީ/ށ.ފުނަދޫ


ތަޢުލީމީގޮތުން މަތީ ފާސްތަކެއް ޙާޞިލްކޮށްގެން ހުރި ޒުވާނަކު ކުންފުންޏެއްގެ މެނޭޖަރު ފެންވަރުގެ ވަޒިފާއަކަށް އެދި ހުށަހެޅި އެވެ. ފުރަތަމަ ބަސްދީ ގަތުމުން އޭނާ ފާސްވި އެވެ. އެހެން ކަމުން ވަޒިފާ ދިނުމާބެހޭ އެންމެ ފަހު ނިންމުން ނިންމުމަށްޓަކައި ކުންފުނީގެ ޑައިރެކްޓަރު އޭނާއާ ބައްދަލު ކުރެއްވި އެވެ. ޒުވާނާގެ ތަޢުލީމީ ފާސްތައް ރަނގަޅުކަމުން އެކަން ފާހަގަ ކުރެއްވުމަށްފަހު ސުވާލު ކުރެއްވި އެވެ.
Print

ވިސްނާލުން ރަނގަޅު ކަމެއް

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


ޢަބްދުﷲ ނަޢީމު އިބްރާހީމް

ދަރިން ތަރުބިއްޔަތު ކުރުމުގެ މައްސަލަ އަކީ އެއްވެސް ދުވަސްވަރެއްގައި ފަސޭހަ ކަމަކަށް ވެފައި އޮތް ކަމެއް ނޫނެވެ. ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމުގެ މަގަށް އެކި ދުވަސްވަރު އެޅިފައި އޮންނަނީ އެކި ހުރަހެވެ. އަދި އެންމެންނަށް ކުރިމަތި ލާން ޖެހޭ މައްސަލަ މުޅީން އެއް ގޮތެއްވެސް ނޫނެވެ.

ތުއްތު ކުދިންގެ ވިސްނުން ތަރައްޤީ ކުރުމަށާއި، އެ ކުދިން އަލަށް ހޭލައިގަންނަ މާޙަވްލު ދަސްކޮށް ދޭން ބޭނުން ކުރަން ޖެހެނީ ހަމައެކަނި ވާހަކައެއް ނޫނެވެ.
Print

އަހަންނަށް އިނގިރޭސި ދަސްވާނީ.....

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


''އަހަންނަށް އިނގިރޭސި ދަސްވާނީ ކިހިނެއް ހަދައިގެން ހެއްޔެވެ؟'


ޙުސައިން ޝަރީފް

އަޅުގަނޑުމެންގެ ތެރެއިން  ވަރަށް ގިނަ ޒުވާނުން އިނގިރޭސި (އިނގިރޭސި ބަސް) ދަސްކުރުމަށް ޝައުޤުވެރި ވެއެވެ. އިނގިރޭސިން ބަސްމޮށެ އުޅުމަކީ ފަޚްރަކަށްވުރެ ބޮޑަށް ލިބޭ ކުރިއެރުމަކަށް ދެކިގެނެވެ. އެގޮތަކީ ހަމަ ކޮންމެ ވަޒީފާއެއް އަދާކުރުމުގައިވެސް އިނގިރޭސި މިހާރު މިވަނީ މުހިއްމު ބަހާއަކަށް  ވެފައެވެ. މިގޮތުން ގިނަ ޒުވާނުން ކުރާ ސުވާލެއް އެބައޮތެވެ.
Print

ދަރިންނަށް ގަދަރު ކުރުމާއި ގަދަރު ލިބިގަތުން

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


ޢަބްދުﷲ ނަޢީމު އިބްރާހީމް

ޙައްވާ މަނިކެ ކުދިން ނިދާ ކޮޓަރި ތެރެ ހޯދާ ބަލައިފި އެވެ. އޭނާ އެ އުޅެނީ ފަހަން ގެންގުޅޭ ކަތުރު ނުފެނިގެންނެވެ. އޭނާގެ ދަރިންގެ ތެރެއިން ކޮންމެވެސް ކުއްޖަކު ގެންގޮސްފައި އަނބުރާ ނުގެންނަނީ ކަން އޭނާ އަށް ކަށަވަރު ވެއެވެ. "ދުވަހަކުވެސް ހޯދަން އުޅޭ އެއްޗެއް ނުފެންނާނެ އެވެ. އަހަރެން ގެންގުޅޭ އެއްޗެތި ތަން ތަނަށް ލަނީ ކަލެއެވެ. ދުވަހަކުވެސް އެއްޗެއް ނަގާފައި އެ އެއްޗެއް އޮންނަ ތާނގައި ނުބާއްވާނެ އެވެ. އަހަރެން މި އުޅެނީ ކަތުރު ނުފެނިގެންނެވެ. އަހަރެންގެ އެއްޗެއްގައި މީގެ ފަހުން އަތް ލައިގެން ނުވާނެ އެވެ." ކުދިން ދެކޮޅު ހަދަމުން ދާ އިރުވެސް ޙައްވާ މަނިކެ ދިޔައީ ހަޅޭއް ލަވަމުންނެވެ. ކުދިންގެ ވާހަކަ އެއް ގަބޫލެއް ނުކުރެއެވެ. ދުވަސް ކޮޅެއް ފަހުން ޙައްވާ މަނިކެ އަށް ކަތުރު ފެނުނީ
Print

ނޫސްވެރިންނަށް ދިމާވާ ބައެއް މައްސަލަ

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


ޢަބްދުﷲ ނަޢީމު އިބްރާހީމް

ތިންވަނަ ދުނިޔޭގެ ނޫސްވެރިންނަށް ދިމާވާ މައްސަލަތަކަކީ ފުރާވަރަށް އަޅައިގަންނަ ކުއްޖަކަށް ދިމާވާފަދަ މައްސަލަތަކެކެވެ. ތިންވަނަ ދުނިޔޭގެ ގިނަ ޤައުމުތަކަކީ އިސްތިޢުމާރުގެ ނުފޫޒުން ސަލާމަތްވެގެން އަމިއްލަ ފައިމައްޗަށް ތެދުވަން މަސައްކަތްކުރާ ޤައުމުތަކެކެވެ. ފުރާވަރަށް އަޅައިގަންނަ ކުދިންނަކީ މައިންބަފައިންގެ އިމުން ބޭރަށް ނުކުމެ އަމިއްލަ ދިރިއުޅުމާ ދިމާއަށް އަލަށް ފިޔަވަޅުއަޅާ ކުދިންނެވެ. ބޮޑެތި މީހުންނަށް ވުމުގެ ފުރަތަމަ މަރުޙަލާ ކަޑައްތުކުރާ މީހުންނެވެ.

އެއްވެސް ދެ ޤައުމެއްގެ ރަނގަޅު ކަންތައްތައް އެއްގޮތް ނުވާ ފަދައިން މައްސަލަތައްވެސް ހުންނާނީ މުޅިން ތަފާތު ގޮތަކަށެވެ. މައިގަނޑު އެއްގޮތް ކަމުގައި ވިޔަސް މައްސަލަ
Print

ރިފްލެކްޓިވް ޖާނަލް

ޝާޢިއުކުރީ އާދަމްޝަރީފު މުޙައްމަދު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


އާދަމް ޝަރީފު މުޙައްމަދު، ރޯޒީ/ށ.ފުނަދޫ

ތަޢާރުފު


މި ޖާނަލަކީ ކިޔަވައި ދިނުމުގެ ތަޖުރިބާގައި ރާއްޖޭގެ އެންމެ މަޝްހޫރު އެއް ސުކޫލުގައި ހޭދަކުރި ދުވަސްވަރު އޮބްޒާވްކުރި ފިލާވަޅުތަކުގެ މައްޗަށާއި ސުކޫލުން ފެނުނު ކިޔަވައިދިނުމާއި ގުޅުންހުރި ކަންތައްތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ޖާނަލެކެވެ. މި މަސައްކަތުގައި މުދައްރިސުން ކިޔަވައިދެއްވި ފިލާވަޅުތައް އޮބްޒާވްކޮށް  އެ ފިލާވަޅުތަކުގައި ކިޔަވައިދިނުމަށް ބޭނުންކުރި ތަފާތު ގޮތްތަކާއި މެދު މަޝްވަރާކޮށްފައި ވާނެ އެވެ. އޭގެ އިތުރުން
Print

ފޮތެއްގެ ތަޢާރުފު: ޢާއިލީ ގުޅުން..

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


ޙަސަން ޒަހީން

ޢާއިލީ ގުޅުން މި ފޮތަކީ ކުޑަކުދިންނަށް ޚާއްޞަ ކޮށްގެން ތައްޔާރުކޮށްފައިވާ ފޮތެކެވެ. އިބުރަތްތެރި ތިންވާހަކައާއެކު ދޭހައިގެ މަސައްކަތް ދެވިފައިވާ މިފޮތުގައި ތަސްވީރު ވާހަކައެއް ހިމެނޭނެ އެވެ. އަދި ތަސްވިރު ވާހަކަ ލިޔުމަށް ދެވިފައިވާ މަސައްކަތްތައްވެސް ހިމެނޭނެއެވެ. މީގެ ބޭނުމަކީ ކުދިން ވާހަކައެއް ކިޔާލުމަށްފަހު އެކުދިންގެ މުޤައްރަރާ ގުޅޭގޮތުން ދިވެހި މަސައްކަތެއް ކޮށްލުމުގެ ފުރުސަތު ދިނުމެވެ.
Print

ތަޤްރީރެއް ދޭން ޖެހިއްޖެނަމަ...

ޝާޢިއުކުރީ މުޙަންމަދު ވަޙީދު - މަޑުލު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


މުޙައްމަދު ވަޙީދު މަޑުލު –

ތަނެއްގައި ތަޤްރީރެއް ދޭންޖެހިއްޖެ ނަމަ، ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އެއްބަސް ވެވިއްޖެނަމަ، ހާސްވެ ކަންބޮޑުވުމުގެ ބޭނުމެއް ނެތެވެ. ހަމަޖެހިލައިގެން ތައްޔާރުވެލާށެވެ. އެކަމަށްޓަކައި ބޭނުންވާ ބައެއްކަންތައްތައް ތިރީގައި ނޯޓްކުރަމެވެ.

އަޑުއަހަން ތިބޭނެ މީހުންނަކީ ކޮބައިކަން ވިސްނައިގެން މައިގަނޑު ނަމެއް ކަނޑައަޅާށެވެ.
އެތަނަށް ޙާޟިރުވަނީ ކޮންބައެއްތޯ ވިސްނާލާށެވެ. އެމީހުން ޝައުޤުވެރިކަން ދޭނެ ރޮނގުތަކަކީ ކޮބައިތޯވެސް ވިސްނާލާށެވެ.
Print

ސެމިނާރ ކަރުދާހެއް ތައްޔާރު ކުރުން

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


މުޙަންމަދު ވަޙީދު - މަޑުލު

ސެމިނާރަކީ ކަމަކާމެދު ޙައްލެއް ހޯދުމަށް އަޅަންވީ ފިޔަވަޅުތަކާ މެދު މަޝްވަރާކޮށް ނިންމުންތަކެއް ނިންމުމަށް ބާއްވާ މަޝްވަރާ ބައްދަލުވުމެކެވެ.

މަޝްވަރާ ކުރުމަށް ތަފާތު ވައްތަރު ވައްތަރުގެ ބައްދަލުވުންތައް ބޭއްވޭއިރު ސެމިނާރ އެއްގެ އެންމެ ބޮޑު ތަފާތަކީ، ވާހަކަ ދެއްކުމެވެ. މައިގަނޑު ނަމުގެ މައްޗަށް ބަލައިލައި ކަރުދާސްތަކެއް ހުށަހެޅޭކަމެވެ.
Print

އިސްލާމްދީނާއި ދުނިޔަވީ ދިރިއުޅުން

ޝާޢިއުކުރީ މުޙަންމަދު ވަޙީދު - މަޑުލު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


މުޙަންމަދު ވަޙީދު –މަޑުލު (1407)–

އިންސާނާ ދުވަހެއް ދުވަހަކަށް ދަނީ ތަރައްޤީވަމުންނެވެ. ހަމަ އެކަނި މާއްދީ ކަންތައްތަކުގެ ގޮތުން އެކަންޏެއް ނޫނެވެ. އޭނާގެ ސިކުނޑި ވެސް ދަނީ ޢިލްމުގެ އަލީގައި ތަރައްޤީވަމުންނެވެ. އޭނާގެ ޚިޔާލުތައް ދަތުރު ކުރަނީ އެނގެން ބޭނުންވެފައިވާ ކަންތައްތައް ހޯދައިގަތުމަށެވެ. ވަކި މީހަކު ބުނީތީ ގަބޫލުކުރި ކަންތައްތަކުގެ ސިއްރު ހޯދުމަށް އޭނާ މަސައްކަތް ފަށައިފި އެވެ. ކަންކަމުގެ ހަމަޔާއި ނަހަމަ އާއި، ތެދާއި ދޮގު، ދެނެގަތުމަށް އޭނާ ބޭނުންވާން ފަށައިފި އެވެ.  މި އަދުގެ ޒުވާން ސިކުނޑިއަކީއެދުރުބޭ ބުނިހާ އެއްޗެއް ގަބޫލުކޮށްލައިގެން ހިތް
Print

ބަރާބަރު ޕްރީ ސްކޫލެއްގެ 10 ސިފަ

ޝާޢިއުކުރީ އަޙްމަދު ރަޝީދު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


އަޙްމަދު ރަޝީދު އެސްޖެހިގެ ލ. ފޮނަދޫ
 
މަޢުލޫމާތު ނެގީ: އެމެރިކާގެ ނޭޝަނަލް އެސޯސިއޭޝަން ފޯރ ދި އެޑިއުކޭޝަން އޮފް ޔަންގް ޗިލްޑްރަން
ޒަމާނީ ތަޢުލީމުގެ އޮނިގަނޑު ބިނާވެފައި އޮންނަގޮތުން ކުރިއާއި ޚިލާފަށް އަޅުގަނޑުމެންގެ ދަރިންގެ ޢުމުރުން 3 އަހަރުން ނުވަތަ 4 އަހަރުން އުނގެނުމުގެ މަރުޙަލާ ފަށައެވެ. މިދެންނެވީ ޕްރީސްކޫލަކަށް ނުވަތަ އެފަދަ ކޮންމެވެސް ތަނަކަށް ގޮސްގެން އުނގެނެން ފަށާ ވާހަކައެވެ. މިގޮތުން އިޚްތިޔާރުކުރާ ޕްރީ ސްކޫލަކީ ފެންވަރު ރަނގަޅު ތަނެއްކަމުގައި ވުމަކީ ކުއްޖާގެ ތަޢުލީމީ ޙަޔާތުގެ ކުރިމަގު އުޖާލާކުރުމަށް އަޅައިދެވޭ އެންމެ މުހިންމު، ފުރަތަމަ ފިޔަވަޅު ކަމުގައި ތަޖްރިބާކާރުން ވިދާޅުވެއެވެ.
Print

ނެޕީ ނުވަތަ ޑައިޕަރސް ބޭނުންކޮށްގެން ސައެންސް ތަހްލީލެއް ކުރެވިދާނެގޮތް

ޝާޢިއުކުރީ އަޙްމަދު ރަޝީދު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


އަޙްމަދު ރަޝީދު  އެސްޖެހިގެ   ލ.ފޮނަދޫ

މިއީ ޘާނަވީ ތަޢުލީމުގެ ސައިންސް ސްޓްރީމް ހަދާ ދަރިވަރުންނަށް އަމާޒުކުރެވިފައިވާ އަލްކީމިޔާ ނުވަތަ ކެމިސްޓްރީގެ ފިލާވަޅެއް ކަމުގައިވާ ޕޮލިމަރ ކެމިސްޓްރީ ތަޢާރަފް ކޮށްދިނުމަށް ގެންދެވިދާނެ އެކްސްޕެރިމެންޓެކެވެ. ސުރުޚީ ކިޔާލުމުން ހައިރާންކަމެއް ލިބުން އެކަށީގެންވެއެވެ. މި އެކްސްޕެރިމެންޓްގައި ބޭނުންކުރާނީ ތުއްތުކުދިން ޖައްސަން ގެންގުޅޭ ނެޕީ ނުވަތަ ޑައިޕަރގެ އެތެރޭގައި ހުންނަ ކުނޑިތަކެވެ. އަދި މިއީ ގޭތެރެއިން ލިބެންހުންނަ ސާމާނު ބޭނުންކޮށްގެން ހަމަކޮންމެ މީހަކަށްވެސް ހަދާލެވޭނެ އެކްސްޕެރިމެންޓެކެވެ.
Print

ވާހަކަ ބޯޅަ

ޝާޢިއުކުރީ އަޙްމަދު ރަޝީދު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


ކިޔުމުގެ ދޭހަ އަށަގެންނެވުމަށްޓަކައި ކުޅުވިދާނެ ކުޅިވަރެއް


އަޙްމަދު ރަޝީދު  އެސްޖެހިގެ   ލ.ފޮނަދޫ

މި ކުޅިވަރަކީ ފަށާ ތަޢުލީމުގެ ކިލާސްތަކުގައި އުނގެނެމުންއަންނަ ދަރިވަރުންނަށް އަމާޒުކުރުން ރަނގަޅުވާނެ ކުޅިވަރެކެވެ. ޚާއްޞަކޮށް ފުރަތަމަ ގްރޭޑާއި ދެވަނަ  ގްރޭޑްގެ ދަރިވަރުންނަށް ވަރަށް އެކަށީގެންވާނެ، ފައިދާ ކުރުވަނިވި ކުޅިވަރެކެވެ. މި ކުޅިވަރު ކުޅުމަށްޓަކައި މާގިނަ ސާމާނުތަކެއް ނުވަތަ އާލާތްތަކެއް ބޭނުމެއްނުވާނެއެވެ.
Print

ތަމްރީނަށް ބޭނުންވާ ކަންތައްތައް ދެނެގަތުން - 7

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


4 މާޗުު (ބުރާސްފަތި) އާ ގުޅޭ..


ތަމްރީނު ޕްރޮގްރާމަކަށް ބޭނުންވާނެ ކަންތައްތައް ބަލާހޯދާއިރު


ވިސްނަން ޖެހޭ އިތުރު ކަންތައް

 
ބިންމާ އިބްރާހީމް ވަޙީދު
 
ޕީޑީ ސާބިތުވެއްޖިއްޔާ، ތަމްރީނު ޕްރޮގްރާމަކަށް ބޭނުންވާނެ ކަންތައްތައް ބަލާހޯދުން ނުވަތަ ޓީއެންއޭގެ އެންމެ ފަހު މަރުޙަލާއަކީ، އަޅަންވީ ފިޔަވަޅުތަކަކަށް ލަފާދިނުމެވެ. ޓީއެންއޭ ހަދާފައި ދޭ ލަފައަކީ، އޮގަނައިޒޭޝަންގެ ޙަޤީޤީ ބޭނުންތަކާއި، ވަކިވަކި ސްޓާފުންގެ އަމިއްލަ ޤާބިލުކަން ވެސް ހިމާޔަތްކޮށްދޭ އެއްޗަކަށް ހެދުމަށް ސަމާލުކަން ދޭންޖެހޭނެ އެވެ.
Print

ތަމްރީނަށް ބޭނުންވާ ކަންތައްތައް ދެނެގަތުން - 6

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


12ޖަނަވަރީ (އަންގާރަ)އާ ގުޅޭ.. 

TNA ގެ ސުވާލު ނަންބަރު 7 - ސްޓާފުން ވަޒީފާ އަށް ޝަރުޠު ހަމަވޭތަ؟

 
ބިންމާ އިބްރާހީމް ވަޙީދު
  
އެންމެ ފަހު ސުވާލަކީ، މުވައްޒަފު ނުވަތަ މުވައްޒަފުންގެ ކިބައިގައި، ވަޒީފާ އަށް ބޭނުންވާ ޝަރުޠުތައް ހަމަ އަށް އެބަހުރި ހެއްޔެވެ؟ މީހަކަށް ވަޒީފާއެއް އަދާނުކުރެވުމުގައި އެކި ސަބަބުތައް ހުރެދާނެ އެވެ. އެއީ ހަމައެކަނި އެ މީހާގެ ޖިސްމާނީ ނުވަތަ ބުއްދީގެ ކުޅަދާނަކަން ހުރިވަރެއްގެ މައްޗަށް ހިފެހެއްޓިފައި އޮންނަ ކަމެއް ނޫނެވެ. އޭނާގެ ނަފްސާނީ، ޖަޒުބާތީ ނުވަތަ ހަމައެކަނި މިޒާޖުގެ ސަބަބުން ވެސް، ވަޒީފާ އަށް ނުކުޅެދިދާނެ އެވެ. ވަޒީފާގައި ބުނާ ޝަރުޠުތަކަށް ވުރެ އޭނާގެ ފެންވަރު މަތިވާ ކަމަށްވަންޏާ، އޭނާގެ މަޤުޞަދު ތަފާތު ވެދާނެ އެވެ. ވަޒީފާއާ މެދު ހިތްހަމަނުޖެހެންޏާ ވެސް އެ ވަޒީފާ ފުރިހަމަ އަށް އަދާނުކުރެވިދާނެ އެވެ. ޢަޒުމެއް ނެތިއްޖެ ކަމަށްވަންޏާ، ވަޒީފާ އަށް އޮންނަންޖެހޭ ވަފާތެރިކަން ކުޑަވާނެ އެވެ.
 
Print

ތަމްރީނަށް ބޭނުންވާ ކަންތައްތައް ދެނެގަތުން - 05

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


 8އޮކްޓޫބަރު(ބުރާސްފަތި)އާ ގުޅޭ....

 TNAގެ ސުވާލު ނަންބަރު- 4

ކުރިން ހިތްހަމަޖެހޭ ފެންވަރަކަށް މަސައްކަތް ކުރިތަ؟

  ބިންމާ އިބްރާހީމް ވަޙީދު
 
ޙަޤީޤަތުގައި ވެސް ޕީޑީ އުފެދި، އަދި އެއީ މުހިންމުކަން ދޭންޖެހޭ މައްސަލައެއް ކަމަށްވަންޏާ، ވަޒީފާގެ ޙަޤީޤީ ފެންވަރު، އެއްވެސް އިރެއްގައި ހުރީ، ތަމްރީނުދޭން ޚިޔާލުކޮށްފައިވާ ސްޓާފުންނަށް ކުރެވޭ ވަރެއްގައިތޯ، ތަމްރީނު ރާވާ މީހާ ބަލައިހޯދަންވާނެ އެވެ. އާންމުގޮތެއްގައި އޭގެ ޖަވާބު ވަރަށް ސާފުކޮށް ފެންނަން އޮންނާނެ އެވެ. ނޭނގޭ ނަމަ، އަހައި އޮޅުންފިލުވުމަކީ މުހިންމު ކަމެކެވެ. ސަބަބަކީ، އެއްވެސް އިރެއްގައި ހުރި ހުނަރަކާއި، ދުވަހަކު ވެސް ނެތް ހުނަރަކާ ދެމެދު ވަރަށް ބޮޑު ތަފާތެއް ހުންނާނެ އެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ