އަދުގެ ޚާއްސަ

ތަޢުލީމާއި ތަރުބިޔަތު

Print

ފުރިފައިވާ އެއްޗެއް ގުޑުގުޑެއް ނާޅާނެއެވެ.

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


އަލްއުސްތާޛު އިބްރާހީމު ރަޝީދު މޫސާ


ޚަބަރުފަތުރާ ވަސިލަތްތަކުން އެއްޗެއް މާބޮޑަށް އިޝްތިހާރުކުރާނަމަ އެއީ ރަނގަޅުއެއްޗެއްނޫނެވެ. ރޭލެއް ދަތުރުކޮށްފައި ދާއިރު އޭގެ ބުރިއެއް ތެޅޭނަމަ އެއީ ހުސްބުރިއެއްކަން ކަށަވަރެވެ. މި ބީދައިން ބަލާއިރު ހަރުކަމެއް ނެތް ހުސް އިންސާނާގެ އަޑުގަދަވާނެއެވެ. ހަޅޭއްލެވުން ގިނަވާނެއެވެ. އެކަމަކު، ކެތްތެރިކަމާއެކު، ސާބިތުކަންމަތީ މަސައްކަތްކުރާމީހާ ހަމަހަހިމޭންވާނެއެވެ. ހިތްތިރިވާނެއެވެ. ސަބަބަކީ އޭނާއަކީ ބިނާކުރުމުގައި އަވަދިނެތި އުޅޭމީހެކެވެ. އޭނާއަކީ ކާމިޔާބުގެ އޮނިގަނޑު ފަރުމާކުރުމުގައި މުނިފޫހިކަމެއްނެތި ކުރިއަށްދާން ބޭނުންވާ މީހެކެވެ.

އޮށްޓަރުއަރާ ފުރިފައިވާ  ގޮދަންކޯޅިއެއް އަތްއަތަކަށް ނުލެބޭނެއެވެ. އެކަމަކު އޮށްޓަރުފުއްތައް މަދު ކޯޅިތައް ވަޔާއެކު އަތްއަތަށް އަބަދުވެސް ހެލިފެލި ވާނެއެވެ. އިންސާނުންގެ ތެރޭގައިވެސް، ކަމެއްނުކޮށް، ދުވާލު ހަތަރުދަމު ވައިއަނގަ ތަޅަންތިބޭމީހުން އުޅެއެވެ. އެމީހުންނަކީ ޙަޔާތުގެ މަދްރަސާއިން ފޭލްވެފައިވާ ސުންތަކެކެވެ. އެމީހުން ވަނީ އުގެނުމުގެ ދާއިރާގައި، އުފެއްދުންތެރިކަމުގެ މައިދާނުގައި، އީޖާދުކުރުމުގެ ވެށީގައި ނާކާމިޔާބު ވެފައެވެ.
Print

ތަރުބިއްޔަތު 2050 ގެ ވާހަކަ

ޝާޢިއުކުރީ ތަސްނީމް ރަޝީދު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


ތަސްނީމް ރަޝީދު– މަލަސް/ ށ.ފުނަދޫ

ތަނަކީ ކުރިއަރާ ތަރައްޤީވެފައިވާ ތަނެކެވެ. ނެތް އެއްޗެއް ނެތެވެ. ޤުދުރަތީ ވަޞީލަތްތަކާއި ޒަމަނީ ހުރިހާ ފަސޭހަތަކެވެ. ޒަމާނުއްސުރެ އަހަރެމެންގެ ކާބަފައިން ދެކެމުން އައި ހުވަފެންތައް މިއަދު މިވަނީ ހަޤީޤަތަކަށް ވެފައެވެ. އެ ކުލަނެތް ތަޞްވީރު ތަކުގައި އާޖީލު ތަކުގެ ޒުވާނުން ވަނީ ކުލަ ޖައްސައިދީފައެވެ. ނަމަވެސް މިއައި ކުރިއެރުމާއެކު އެތަައްކަމެއް ބަދަލުވެގެން ހިނގައްޖެއެވެ.
Print

ރަނގަޅު ބައްޕަޔަކަށް ވުމަށްޓަކައި ކުރެވިދާނެ 10 ކަމެއް!

ޝާޢިއުކުރީ އަޙްމަދު ރަޝީދު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


ލިޔުނީ: އަޙްމަދު ރަޝީދު   އެސްޖެހިގެ

ދިވެހި މުޖުތަމަޢުގައި ދަރިންބަލައިބޮޑުކުރުމުގެ މަރުޙަލާގައި މަންމައިން ކުރައްވާ މަސައްކަތާއި އަޅާބަލާއިރު، ބައްޕައިންގެ ދައުރު ވަރަށް ކުޑައެވެ. ގިނަ ބަފައިން އެމީހުންގެ މައިގަނޑު ޒިންމާ އަކީ ދިރިއުޅުން ކަޑައްތުކުރުމަށް ފައިސާ ހޯދުންކަމުގައި ދެކޭތަންވެސް ފެންނަނީ މަދުންނެއް ނޫނެވެ. ދަރިންނާއި އެކު ވަގުތު ހޭދަކޮށް އަނބި މީހާއަށް އަޅައިލައި އެކުގައި ވަގުތު ހޭދަކުރުމަކީ ދިވެހި ބައެއް ބަފައިން ދަންނަ ކަންކަމެއް ނޫނެވެ. އަދި ކިއެއްތަ، އެފަދަ ބަފައިންދެކެނީ މިހިރަމިހިރަ ކަންކަމީ އަނބިދަށުވުން ކަމުގައެވެ.
Print

ތަމްރީނަށް ބޭނުންވާ ކަންތައްތައް ދެނެގަތުން - 04

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


20 އޮގަސްޓު (ބުރާސްފަތި) އާ ގުޅޭ...

            TNA ގެ ސުވާލު ނަންބަރު 1 - ޕާރފޯމަންސް ޑިސްކްރިޕަންސީ


      ނުވަތަ ޕީޑީ އަކީ ކޮބާ؟


 ބިންމާ އިބްރާހީމް ވަޙީދު
  
ޕީޑީ އުފެދުމުގައި ވަރަށް ގިނަ ސަބަބުތައް ހުރެދާނެ އެވެ. ޓީއެންއޭގެ މައިގަނޑު މަގުސަދަކީ، އެ ޕީޑީ އުފެދުމުގެ އަސްލު ހޯދުމެވެ. އެ މަޢުލޫމާތު ލިބުމުން، ޓްރެއިނަރގެ އަސާސީ ސުވާލަކަށް ވާންޖެހެނީ، ތަމްރީނު ޕްރޮގްރާމެއް ހިންގައިގެން އެކަން ޙައްލު ކުރެވޭނެތޯ ނުވަތަ ނޫންތޯ އެވެ؟ އަދި، އެހެންވެއްޖިއްޔާ، އެ ޕީޑީ ނައްތާލުމަށް އޮތް އެންމެ ފަސޭހަ، އެންމެ އެދެވޭ ވަސީލަތަކީ ހަމައެކަނި ޓްރޭނިންތޯ އެވެ؟
Print

ބޭރުގަނޑު

ޝާޢިއުކުރީ މުފީދު ތިންމީމު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


 
ތިންމީމު

ކަރުދާހަކީ މުވާސަލާތު ކުރުމަށް ބޭނުންކުރާ އެއްޗެކެވެ. މަޢުލޫމާތު ފަތުރައިދިނުމަށް ބޭނުންކުރާ އެއްޗެކެވެ. ލިޔެކިޔުމަށް ބޭނުންކުރާ އެއްޗެކެވެ. ވަކިވަކިން ހުންނަ ކަރުދާސްތަކެއް އެއްކޮށްފައި ހީރަސްޖެހުމުން ކިޔާއުޅެނީ ފޮތެކެވެ. ކަރުދާސްތަކެއްގެ އެއްފަރާތުގައި ތެރަސްލައި ތަތްކުރުމުންވެސް ކިޔާއުޅެނީ ފޮތެކެވެ. ކަރުދާސްތަކެއް ބައިންޑަރަށް އަމުނާލުމުންވެސް ކިޔާއުޅެނީ ފޮތެކެވެ. ފޮތަކީ ގަދީމީ ޒަމާނުއްސުރެން ފެށިގެން ބޭނުންކުރަމުން އަންނަ އެއްޗެކެވެ. އެކި ސިފަސިފައިގައި އެކިގޮތަށެވެ. ކަރުދާހުން ފޮތް ހަދަން ފެށުމުގެ ކުރިން ޖަނަވާރުގެ ހަމުންވެސް ފޮތް ހަދައި އުޅުނެވެ. ތަފާތު ގޮތްގޮތަށް ފޮތް ހެދިކަމުގައިވިޔަސް ފޮތެއް ފޮތަކަށް ވަނީ ވަރަށް ޚާއްޞަ ބައިތަކަކާއެކުގައެވެ. ވަރަށް ޚާއްޞަ ސިފަތަކަކާއެކުގައެވެ.
  
Print

އިންޓަވިއުއިން ފާސްވާނީ ކިހިނެއް؟

ޝާޢިއުކުރީ މުޙަންމަދު ޝާރިފު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު




މުޙައްމަދު ޝާރިފް/ ޅ.ނައިފަރު (2009)

ކޮންމެ ޤައުމެއްގައި ވެސް ވަޒީފާގެ ބާޒާރަކީ ބާރުވެ ތޮއްޖެހިފައި އޮންނަ ބާޒާރެކެވެ. އެތައްހާސް ބަޔަކު ކޮންމެ ދުވަހަކު ވެސް ވަޒީފާއެއް ހޯދުމަށް އެ ބާޒާރަށް ވަދެ، ނުކުމެ ހަދައެވެ. ނަމަވެސް ވަޒީފާއެއް ލިބެނީ މަދުބަޔަކަށެވެ. ގިނަމީހުން އެނބުރިގެޔަށް އަންނަންޖެހެނީ ހުސްއަތާއެވެ. ދިވެހި ރާއްޖޭގައިވެސް މިހާރު މި ކަންއޮތީ މިގޮތަށެވެ. ލިބެން ހުރި ވަސީލަތްތަކާ އަޅާބަލާއިރު ނިސްބަތުން މީހުންގެ އަދަދުވެސް ގިނައެވެ. ބަލާނެ އަނބި ދަރިންވެސް ގިނައެވެ.  އެކަމަކު ވަޒީފާތައް ދާދިމަދެވެ.
Print

ތަމްރީނަށް ބޭނުންވާ ކަންތައްތައް ދެނެގަތުން - 03

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


19 ޖުލައި (އާދީއްތަ)އާ ގުޅޭ....

ތަމްރީނު ޕްރޮގްރާމަކަށް، ބޭނުންވާ ކަންތައްތައް ބަލައިހޯދާނެ ގޮތް


ބިންމާ އިބްރާހީމް ވަޙީދު


ތަމްރީނު ޕްރޮގްރާމަކަށް ބޭނުންވާނެ ކަންތައްތައް ބަލާހޯދުމަކީ، ކަނޑައެޅިފައިވާ ވަކި އުސޫލެއެއްގެ މަތިން، ހިއުމަން ރިސޯސް ޑިވެލޮޕްމަންޓު ޕްރޮގްރާމެއް ރޭވުމެވެ. މި އުކުޅު ބޭނުންކޮށްގެން، އޮގަނައިޒޭޝަނެއްގެ މުސްތަޤުބަލަށް އޭގެ އަސަރު ކުރާނެ، ތަފާތު އެތަކެއް ސަބަބުތަކެއް ދެނެގަނެވޭނެ އެވެ. މި ބޭނުންކުރެވޭނީ، އޮގަނައިޒޭޝަނުން ހާސިލު ކުރަން ބޭނުން ލަނޑުދަނޑިތަކާއި، ހާސިލުވަމުން އަންނަ ލަނޑުދަނޑިތަކުގެ ތަފާތު ދިރާސާ ކުރުމަށެވެ. އޮޅުމެއް ނެތް ގޮތުގައި، އޮގަނައިޒޭޝަން އަކީ، ވަކިވަކި ފަރުދުންތަކެއްގެ މައްޗަށް އެކުލެވިފައިވާ ޓީމެކެވެ. އެހެންކަމުން، އޮގަނައިޒޭޝަނެއްގެ ޕާރފޯމަންސްގެ ވާހަކަ ދައްކާއިރު، މީގެ މާނަ އަކީ، އެ އޮގަނައިޒޭޝަނެއްގައި ޚަރަކާތްތެރިވާ ވަކިވަކި ހުރިހާ ފަރުދުންގެ ޕާރފޯމަންސް އެވެ. ތަނަށް އަސްލު ބޭނުންވާ ގޮތާއި، ކަންހިނގަމުން އަންނަ ގޮތުގެ ތަފާތު ރަނގަޅަށް ދަނެގަނެވުމުން، އެ ތަފާތު ކުޑަ ކުރާނެ ތަމްރީނު ޕްރޮގްރާމެއް ހިންގާނެ ގޮތުގެ ތަސައްވުރެއް އޮންނާނީ ލިބިފަ އެވެ.
Print

އިސްލާމްދީނާއި، ދުނިޔެވީ ދިރިއުޅުން

ޝާޢިއުކުރީ މުޙަންމަދު ވަޙީދު - މަޑުލު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


މަޑުލު މުޙަންމަދު ވަޙީދު

އިންސާނާ ދުވެހެއް ދުވަހަކަށް ދަނީ ތަރައްޤީވަމުންނެވެ. ހަމަ އެކަނި  މާއްދީ ކަންތައްތަކުގެ ގޮތުން އެކަންޏެއް ނޫނެވެ. އޭނާގެ ސިކުނޑި ވެސް ދަނީ ޢިލްމުގެއަލީގައި ތަރައްޤީވަމުންނެވެ.  އޭނާގެ ޚިޔާލުތައް ދަތުރުކުރަނީ އެނގެން ބޭނުންވެފައިވާ ކަންތައްތައް ހޯދައިގަތުމަށެވެ. ވަކި މީހަކު ބުނީތީ ޤަބޫލުކުރި  ކަންތައްތަކުގެ ސިއްރު ހޯދުމަށް އޭނާ މަސައްކަތްފަށައިފި އެވެ. ކަންކަމުގެ ހަމައާއި ނަހަމައާއި ތެދާއި ދޮގު، ދެނެގަތުމަށް އޭނާ ބޭނުންވާންފަށައިފި އެވެ. މި އަދުގެ ޒުވާން ސިކުނޑިއަކީ، އެދުރުބޭބެ ބުނިހާ އެއްޗެއް ގަބޫލުކޮށްލައިގެން ހިތްހަމަޖައްސާލެވޭފަދަ ގޮތަކަށްވުރެ ބޮޑަށް އޮޅުންބޮޅުން ތަކުންގެ ތެރެއިން މިނިވަންވާން މަސައްކަތް ކުރާ ސިކުނޑިއަކަށްވެއްޖެ އެވެ.
Print

އަޑުއެހުން

ޝާޢިއުކުރީ މުޙަންމަދު ވަޙީދު - މަޑުލު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


މުޙަންމަދު ވަޙީދު މަޑުލު  (2009)

އަޑުއެހުމަކީ، އަނެކުންނާ މުޢާމަލާތުކުރުމުގެ އެއްބައެވެ. އެއީ މާތް އަޚުލާޤީ ސިފައެއް ވެސް މެއެވެ. އެހެން މީހުން ދެނެގަނެވޭނީ އެހެން މީހުން ދައްކާ ވާހަކަ އަޑު އަހައިގެންނެވެ.  ތިމާއާމެދު އަބަދު ނުވިސްނައި އެހެންމީހުންނާމެދު ވިސްނުމުގެ ފުރުޞަތު އޮންނާނީ ވެސް އެހެން މީހުން ދައްކާ ވާހަކަ އަޑު އަހައިގެންނެވެ.
Print

ބަސްދީގަތުން

ޝާޢިއުކުރީ މުޙަންމަދު ވަޙީދު - މަޑުލު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު



މުޙައްމަދު ވަޙީދު މަޑުލު

ބަސްދީގަތުމަކީ މީހަކާއި ސުވާލުކޮށްގެން މަޢުލޫމާތު ހޯދުމެވެ. މިކަން ކުރެވޭނީ މިކަމަށް ތައްޔާރުވެގެންނެވެ. ބަސްދީގަތުމަކަށް ތައްޔާރުވުމުގައި ކުރަންޖެހޭނެ ކަންތައްތަކަކީ:  
Print

ހެދޭ ގޯސްތަކުން އުނގެނި ދަސްކުރާށެވެ.

ޝާޢިއުކުރީ އަޙްމަދު ރަޝީދު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު



އަޙްމަދު ރަޝީދު  އެސްޖެހިގެ، ލ. ފޮނަދޫ


         
ދުނިޔޭގައި އުފެދު އެއްމެމޮޅު ސައިންސްވެރިންގެ ތެރެއިން ފާހަގަކޮށްލެވޭ އެއްބޭފުޅަކީ ތޯމަސް އެޑިސަނެވެ. ތޯމަސް އެޑިސަނަކީ މިއަދު އަޅުގަނޑުމެންނަށް އެއެއްޗަކާއިނުލައި ދިރިއުޅުމަށް ނުކުޅެދޭނެ އެއްޗެއްކަމުގައިވާ ބޮކި އުފެއްދި ސައިންސްވެރިޔާއެވެ.
        
 
Print

ތަޢުލީމުގެ ރޫޙު މުރާޖަޢާ ކުރުން

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު



މުޙަންމަދު ޢަބްދުއްޞަމަދު –
 
ދިވެހި ރާއްޖޭގެ ތަޢުލީމުގެ ރޫޙުވަނީ މުރާޖަޢާ ކުރަންޖެހިފަ އެވެ. ބަދަލުކުރަންޖެހިފަ އެވެ.  ތަޢުލީމީ ނިޒާމެއްގެ ބޭނުމަކީ މުޖުތަމަޢަށް ފައިދާ ހުރި، މަސްއޫލިއްޔަތު އުފުލާނެ ރައްޔިތުންނާއި ވެރިން ތަރުބިއްޔަތު ކުރުމެވެ. އިސްލާމީ މުޖުތަމަޢެއްނަމަ، މިފަދަ މުޖުތަމަޢަކާ ގުޅޭ  ރައްޔިތުންނާއި ވެރިން އުފެއްދުމެވެ. އެއީ އަޅުގަނޑުމެން ދިރި އުޅޭ މުޖުތަމައަކީ ޞުލްޙަވެރި ޞާލިޙު ފަރުދުންތަކެއް އުޅޭތަނަކަށް ހެދުމަށެވެ.
Print

ކާމިޔާބު ފިލާވަޅު

ޝާޢިއުކުރީ އަޙްމަދު ރަޝީދު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


ރަނގަޅަށް ރާވާލެވިފައިވާ ފިލާވަޅެއްގައި ހިމެނޭނެ މައިގަނޑު 8 ނުކުތާ


އަޙްމަދު ރަޝީދު  އެސްޖެހިގެ  ލ.ފޮނަދޫ

އުނގަންނައިދިނުމުގެ މަރުޙަލާގައި ފިލާވަޅު ރާވައި ތައްޔާރު ކުރުމަކީ ކޮންމެ މުދައްެރިސަކުވެސް ކުރަން ޖެހޭ މަސައްކަތެކެވެ. ކުރަމުން އަންނަ މަސައްކަތެކެވެ. މުދައްރިސުން ފިލާވަޅު ރޭއްވެވުމުގައި ތަފާތު ގޮތްތައް ބޭނުންކޮށް އުޅެއެވެ. މިގޮތުން ރާވާ ފިލާވަޅު ތަކުގައި ތަފާތު ޚާއްޞަ ސިފަތަކެއް ހުންނަން ޖެހެއެވެ. ތަފާތު ބައިތަކެއް ހިމަނަން ޖެހެއެވެ.



Print

ފިލާވަޅުގެ ދޭހަ ފަސޭހަވުން

ޝާޢިއުކުރީ އަޙްމަދު ރަޝީދު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


ޕާރކެއް ނުވަތަ ހިތްފަސޭހަ މާހައުލެއްގައި ހިނގާލުމުން


 ދޭހަކުރުމަށް ފަސޭހަވެއެވެ.


އަޙްމަދު ރަޝީދު  އެސްޖެހިގެ  ލ.ފޮނަދޫ
 
އަތިރިމަތީގެ ދިޔަރެހާއި ހިސާބުގައި ހިނގާލުން، ޕާރކެއް ތެރޭގައި ހަވީރު ފިންޏަށް ހިނގާލުން، ނުވަތަ ރަށުގެ ބޮޑުމަގު މަތީގައި ކަސްރަތަށް ހިނގާލުމުން ތިބާގެ ދަރިފުޅުގެ ފޮތް ކިޔުމުގެ ހުނަރު އިތުރު ވާނެ ހެއްޔެވެ؟ ހައިރާންވެ ނުލައްވާށެވެ. މިކަމަކީ އަޅުގަނޑުމެންނަށް ކުޑަކޮށްވެސް ޝައްކު ކުރެވޭ ކަމެއް ނޫނެވެ. ޤުދުރަތީ މާހައުލުތަކުގައި ކުދިން ވަގުތުތައް ހޭދަކުރުމުން ކުދިންނަށް ކަންކަން ފަހުމްވުން ފަސޭހަވެއެވެ. ދޭހަވާ މިންވަރު އިތުރު ވެއެވެ.
Print

ޕްރިޕޮޒިޝަން އުނގަންނައިދިނުމަކީ ފަސޭހަކަމެކެވެ.

ޝާޢިއުކުރީ އަޙްމަދު ރަޝީދު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު



އަޙްމަދު ރަޝީދު  އެސްޖެހިގެ، ލ. ފޮނަދޫ

އަޅުގަނޑު ޓިއުޝަންދޭ ދެކުއްޖަކަށް މިހަފުތާގައި އިނގިރޭސި މި މާއްދާއިން ދީފައިވާ އެއްފިލާވަޅަކީ ޕްރެޕޮޒިޝަންގެ ފިލާވަޅެކެވެ. ފިލާވަޅުން އެ ކުދިންނަށް ފަހުމްވެފައިހުރި މިންވަރު ވަޒަންކޮށްލުމަށްފަހު ޕްރެޕޮޒިޝަނަކީ ކޮބައިކަމާއި ބޭނުންކުރެވޭ ޙާލަތާއި ގޮތްތައް މުޠާލިޢާކޮށްދިނުމުގެ ގޮތުން ކިޔާދިނީމެވެ. އެއަށްފަހު ޕްރިޕޮޒިޝަން ބޭނުންކުރުމުގައި ޙާލަތާއި ގުޅޭ މަންޒަރެއް ހިތުތެރޭގައި ކުރަހާލަންޖެހޭނެ ކަމުގައި ބުނެ އެކަމުގެ މަފުހޫމު ވެސް އޮޅުން ފިލުވައިދިނީމެވެ. މިހުރިހާ ކަމަކަށްފަހު ތަމްރީނެއްގެ ގޮތުން ޕްރެޕޮޒިޝަން ބޭނުންކޮށްގެން ހުސް ތަންތަން ފުރާނެ ދެތިން ޖުމްލަދިނީމެވެ. ދެކުދިންވެސް ވަރަށް އަވަހަށް  މަސައްކަތް ނިންމާލިއެވެ.
Print

މަސައްކަތުގެ ތަޖްރިބާ

ޝާޢިއުކުރީ އަޙްމަދު ރަޝީދު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު



އަޙްމަދު ރަޝީދު  އެސްޖެހިގެ، ލ. ފޮނަދޫ

މީގެ އަހަރުތަކެއްކުރިން ފެށިގެން ދިވެހިރާއްޖޭގެ ތަޢްލީމާއި ބެހޭ ވުޒާރާއިން ސްކޫލުތަކުގެ ދަރިވަރުން ގްރޭޑް 10 ނިމޭއިރު ކޮންމެވެސް ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ހޯދަންޖެހޭ ކަހަލަ އުޞޫލެއް ގެންގުޅުއްވިއެވެ. އަދި މިކަން ފުދޭވަރަކަށް ރަގަޅަށް ކުރެވި، އެދެވޭ ނަތީޖާތަކެއްވެސް ދައްކާފައިވެއެވެ. އެހެންނަމަވެސް މިހާރު މިކަންމިވަނީ ފަނޑުވަމުން ފަނޑުވަމުން ގޮސް ހުއްޓިފައެވެ.
Print

ވާހަކަ ލިޔުން

ޝާޢިއުކުރީ މުޙަންމަދު ވަޙީދު - މަޑުލު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


އެސް. އެސް. ސީ. އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުންނަށް


މުޙަންމަދު ވަޙީދު މަޑުލު

ވާހަކަ ލިޔުމަކީ، އަދަބިިއްޔާތުގެ ތެރެއިން އުފެއްދުންތެރި ލިޔުމުގެ އެއް ވައްވަތަރެވެ. އަމިއްލައަށް ފިކުރުކޮށްގެން އެފިކުރުތައް ވަކިގޮތަކަށް އަތުރައިލައިގެން، އަމިއްލައަށް އަދަބީ މަސައްކަތެއް ވުޖޫދުގެ ތެރެއަށް ނެރުމެވެ.

އެސް. އެސް،. ސީ. އިމްތިޙާނުގައި ދެއްވަނީ ކުރުވާހަކައެއް ލިޔާށެވެ. މަޤުޞަދަކީ، ކުދީންގައި ފިކުރު ކުރުމާއި އަމިއްލަ ޚިޔާލުތަކެއް މާނައެއް ދޭހަވާގޮތަށް ލިޔެލަން އެނގޭތޯ ބެއްލެވުމެވެ.
Print

ލިޔުންތެރިކަން ކުރިއެރުވުމަށް ފަރިތަކުރުވުން ބޭނުންވެއެވެ.

ޝާޢިއުކުރީ އަޙްމަދު ރަޝީދު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


އަޙްމަދު ރަޝީދު  އެސްޖެހިގެ، ލ. ފޮނަދޫ

ކިޔަވާކުދިންގެ ތެރެއިން ގިނަ ޢަދަދެއްގެ ކުދިން އުނގެނުމުގެ ހުނަރުތައް ކަމުގައިވާ ކިޔުންތެރިކަމާއި ލިޔުންތެރިކަން ފަށައިގަންނަނީ ޢާއްމުގޮތެއްގައި ގްރޭޑް 1 ގައެވެ. އަދި އެކުދިން އަމިއްލައަށް ކުރާ މަސައްކަތާއި ކުލާހުގައި އުޅޭ އެހެނިހެންކުދިން ކުރާ މަސައްކަތާއި ހުންނަ ފަރަޤު ނުވަތަ ތަފާތު ދެނެގަންނަނީވެސް މި މަރުޙަލާގައެވެ. ބައެއްކުދިން މިފަދަ ހުނަރުތައް އަވަހަށް ދަސްކުރެއެވެ. އަނެއްބައިކުދިން ދަސްކުރުމުގައި ތަންކޮޅެއް ލަސްކަމެއް ހުރެދާނެއެވެ. މިއީކީ އުފެދުމުގައި ހުންނަ އުނިކަމަކުން ދިމާވާ ކަމެއްކަމަކަށް ކަމާގުޅޭ މާހިރުން އެއްބަހެއް ނުވެއެވެ. އެގޮތަށް އެކަންދިމާވަނީ ކުދިންނަށް ލިބޭ ފުރުޞަތުތައް ލިބިގެންދާ މިންވަރު ތަފާތުވާތީވެއެވެ. ވަކި ކަމަކުން ތަންކޮޅެއް ދަށްކޮށް ހުރުމަކީ ޢުމުރަށް ދެމިގެންދާނެ ކަމެއްނޫނެވެ. އެހެންނަމަވެސް ގްރޭޑް 1 ގެ ފެންވަރުގެ ކުދިންނަށް މިފަދަ ކަންތައްތައް ވެގެންދާނީ ވަރަށް ބޮޑުކަމެއްގެ ގޮތުގައެވެ.
Print

ސުޑޫކޯ 1

ޝާޢިއުކުރީ މުސްލިމް މުޚްލިޞް . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


މުޞްލިޙު މުޙައްމަދު އިސްމާޢީލް / ތ. ދިޔަމިގިލި



ސުޑޫކޯ 1
ތިރީގައިވާ ހިސާބު ނަންބަރުތައް ބޭނުންކޮށްގެން ތާވަލުގައިވާ ގޮޅިތައް ފުރާށެވެ. ގޮޅިތައް ފުރާއިރު ހުރަހަށާއި، ދިގަށް އަދި ކަނުންކަން ހުންނަ ޢަދަދުތައް އެއްކުރުމުން ޖުމުލައަށް އަންނަންވާނީ 15 (ފަނަރަ) އެވެ.


ހަމަމިގަލަމުން

އިދާރާ

ވާހަކަ