އަދުގެ ޚާއްސަ

ތަޢުލީމާއި ތަރުބިޔަތު

Print

ކިޔުމުގެ ހުނަރު

ޝާޢިއުކުރީ އަޙްމަދު ރަޝީދު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު

ކިޔުމުގެ ހުނަރު އިތުރުކުރުވުމާއި އެއްވަރަށް އެހެނިހެން ހުނަރުތަކަށްވެސް


ސަމާލުކަންދޭން ޖެހެއެވެ.


އަޙްމަދު ރަޝީދު  އެސްޖެހިގެ، ލ. ފޮނަދޫ


އެމެރިކާގައި އެންމެފަހުން ދައުރު ހަމަކުރައްވާ ރައީސްކަމާއި ވަކިވެވަޑައިގެންނެވި ރައީސް ބުޝް ވެރިކަމާއި ޙަވާލުވެވަޑައިގެން، ވެވަޑައިގެންނެވި ވަޢްދުތަކުގެތެރޭގައި އެމެރިކާގެ ސްކޫލްތަކުގެ ގްރޭޑް 3 ނިންމާ ދަރިވަރުންނަށް ލިޔަންކިޔަން އެނގޭވަރު ހެއްދެވުމަށް ބާރުއަޅުއްވާނެ ކަމަށް ވިދާޅުވިއެވެ. އޭގެފަހުން މިހާރު ސްކޫލްތަކުގެ ދަރިވަރުން އެންމެ ބޮޑަށް ސަމާލުކަން ދެމުން އަންނަކަމަކީ ފޮތް ކިޔުމެވެ. ކިޔަން ދަސްކޮށް ފަރިތަކުރުމެވެ. މިކަމުގައި ސްކޫލްތައް ކުށްވެރިކުރެވޭނެ ޖާގައެއްނެތެވެ. އެހެނީ އެކުދިންނަށް ކިޔަން ދަސްކޮށްދިނުމުގެ ޒިންމާއެޅިފައިވާ ފަރާތަކީވެސް ސްކޫލްތަކެވެ.
Print

ޝަޚުޞިއްޔަތު ބިނާކުރުމުގައި ވެށި އަދާކުރާ ދައުރު ބޮޑެވެ.

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


ޢަބްދުލްމުޢީދު ޙަސަން

މީހެއްގެ ޝަޚުޞިއްޔަތު ބިނާވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ދެކަމެއް ވެއެވެ. އެ ދެކަމަކީ މަންމައާއި ބައްޕަގެ ކިބައިން ސިފަތައް ވާރުތަވުމާއި ތިމާވެށިން އަސަރުކުރުމެވެ. މަންމައާއި ބައްޕަގެ ކިބައިން ވާރުތަވާ ސިފަތައް ތަރައްގީ ކުރުމުގައި ތިމާވެށި އަދާކުރާ ދައުރު ވަރަށް ބޮޑެވެ. ވާރުތަވާ ސިފަތަކަކީ އިޖުތިމާޢީ ވެށްޓާ ވަކިކުރެވޭނެ އެއްޗެއް ނޫނެވެ. އެހެންކަމުން ކިތަންމެ ރަނގަޅު މަންމައަކާއި ބައްޕައަކަށް ވެސް ވިޔާނުދާ ދަރިޔަކު ލިބުމަކީ ވެދާނެ ކަމެކެވެ.

ދަރިފުޅު ގެންގުޅޭ ވެށިންނާއި އޭނާއާއެކުގައި އުޅޭ އެކުވެރިންނާއި އަދި އޭނާއަށް ފެންނަ ކަންތައްތައް، އޭނާގެ އުޅުމާއި ގުޅުން ބައްޓަންކުރުމުގައި މައިންބަފައިންގެ ކިބައިން ވާރުތަވެފައިވާ ސިފަތަކަށްވުރެ ބޮޑު ދައުރެއް އަދާކުރެއެވެ. މީހެއްގެ ސުލޫކާއި އަޚުލާޤު އަދި ސިފައާއި ޝަޚުޞިއްޔަތު ބިނާވަނީ، ހަމައެކަނި އޭނާގެ މަންމައާއި ބައްޕަގެ ކިބައިން ވާރުތަވާ ސިފަތަކުން ކަމަށް އިހުޒަމާނުގެ ފިލޯސަފަރުން ހީކުރެއްވިއެވެ. ނަމަވެސް އެއީ ކުށް ހީއެއް ކަން، މިޒަމާނުގެ ޢިލްމީ ހޯދުންތަކުން ވަނީ އެނގި ކަށަވަރުވެފައެވެ.
Print

ސަމުސަލުން ކާންދިނުން

ޝާޢިއުކުރީ އަޙްމަދު ރަޝީދު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


ސަމުސަލުން ކާންދިނުން ނުވަތަ އަނގައިން އަގަޔަށް އަޅައިދިނުމަކީ ކޮންކަހަލަ


ކަމެއްބާ؟

އަޙްމަދު ރަޝީދު


ތުއްތުކުދިންނާއި ކުޑަކުދިންނަކީ މައިންބަފައިނާއި ބޮޑެތިމީހުންގެ އަޅާލުމާއި އެހީތެރިކަން ކޮންމެ ކަމެއްގައިވެސް ބޭނުންވާ ބައެކެވެ. ކެއުމާއި ބުއިމުގައެވެ. ފެންވެރުމާއި އަންނައުނުލައި އުޅުމުގައެވެ. މިހެންގޮސް ހުރިހައި ޒަރޫރީ ބޭނުންތަކަކާއި މުހުތާދުތަކެއް ފުރިހަމަވަނީ މިދެންނެވި ފަރާތްތަކުގެ އެހީތެރިކަމާއި އެކުގައެވެ.
Print

ލާރި އެއްކުރާ ދަޅު

ޝާޢިއުކުރީ އަޙްމަދު ރަޝީދު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު

ލާރި އެއްކުރާ ދަޅުގެ އިތުރުން – ފައިސާގެންގުޅެ ބަލަހައްޓާނެގޮތް ކުދިންނަށް


އޮޅުންފިލުވައިދިނުން



ލިޔުނީ: ކެރޮލީން ކާސްލްބެރީ

ތަރުޖަމާ: އަޙްމަދު ރަޝީދު

ފައިސާގެންގުޅުމާއި ފައިސާއާއިބެހޭ ކަންކަމުގެ ވާހަކަ އެކުދިންނަށް އޮޅުންފިލުވައިދޭންވީ ކޮންއިރަކުތޯ އަޅުގަނޑު ކުރެން ވަރަށްގިނަ ބެލެނެވެރިން ސުވާލުކުރައްވައެެވެ. މިސުވާލުގެ ޖަވާބު އަޅުގަނޑުދޭނީ އެންްމެބަހަކުންނެވެ. ތިޔަ ސުވާލުކުރައްވާ ކަންތައްތައް ދަސްކޮށްދެއްވަންވީ ''އިއްޔެ'' އެވެ.


Print

ދަރިވަރުން މަދަރުސާގައި ހިންގާ ޙަރަކާތްތަކުގައި ތިޔަ ބެލެނިވެރިންވެސް ބައިވެރިވެ ވަޑައިގަންނަވާށެވެ!

ޝާޢިއުކުރީ އަޙްމަދު ރަޝީދު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


އަޙްމަދު ރަޝީދު  އެސްޖެހިގެ، ލ. ފޮނަދޫ
  

 
ދަރިވަރުންގެ މަދަރުސީ ޙަޔާތުގައި ބެލެނިވެރިންގެ ނުހަނުބޮޑު ޙިއްޞާއެއް ވެއެވެ. މިދެންނެވީ މަދަރުސާގެ ކަންކަމުގައި ބައިވެރިވެލައްވަން ޖެހިވަޑައިގަންނަވާނެ ވާހަކައެވެ. މިފަދަ ކަންކަމުގައި ބައިވެރިވުމަކީ ބުރަ އަދި ވަގުތުތަކެއް ހޭދަކުރަން ޖެހޭ ކަންކަމެވެ. އެހެނަސް އެއިގެ ސަބަބުން ކުރާނެ ފައިދާތައް ޢަދަދުނުކުރެވޭހާ ގިނަގުނައެވެ. އެމެރިކާގެ ޤައުމީ ބެލެނެވެރިންނާއި މުދައްރިސުންގެ ޖަމްޢިއްޔާއިން ހާމަކުރާގޮތުގައި ދިރާސާތަކުން ދައްކާގޮތުން ބެލެނެވެރިން މަދަރުސާގެ ޙަރަކާތްތަކުގައި ބައިވެރިވުމުން ދަރިވަރުން:
Print

ކިހިނެއް ހަދާނީ...؟

ޝާޢިއުކުރީ ޝާފިޢާ މުޙައްމަދު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު



"އަހަރެންގެ ދަރިފުޅު އެއްގޮތަކަށްވެސް ފޮތް ކިޔާ ހިތެއްނުވޭ" ކިހިނެއް ހަދާނީ...؟




އާމިނަތު ޝާފިޔާ އާދަމް



މިއީ ވަރަށް ޢާއްމުކޮށް ދޭދޭ މީހުންގެ މެދުގައި އެމީހުންގެ ދަރިންގެ ކިޔެވުމުގެ ވާހަކަ ދައްކާއިރު އިވޭ އަޑުތަކެކެވެ. މައިންބަފައިންގެ ޝަކުވާއެކެވެ. ދަރިން ފޮތްކިޔާހިތް ނުވާ ވާހަކައެވެ. ބެލެނިވެރިންގެ ބައްދަލުވުމަކަށް ދިޔަސް މުދައްރިސް ބުނުއްވަނީ ދަރިފުޅު ލައްވާ ގިނައިން ފޮތް ކިއުއްވާށޭއެވެ. އެހެން އެކަން ކުރާނެ ގޮތެއް ވަރަށް ގިނަފަހަރު އޮންނަނީ ނުހޯދިފައެވެ. ފޮތް ކިއުއްވާނީ ކިހިނެއް ހެއްޔެވެ؟ "ފޮތް ގަދަ ކަމުން ނުކިއުއްވޭނެ ނޫންހޭ" ބައެއް މީހުން ބުނާނެނެއެވެ. އަނެއްބައަކު ހާދަ ފޮތެއް ގަނެވެސް ދެމޭ ބުނާނެއެވެ. މިނޫން މީހުން ބުނަނީ ކިހާ ވަރަކަށް ހޭ ފޮތް ކިޔާށޭ ބުނަނީ މިފަދަ ވާހަކަ ތަކެވެ. ތެދެކެވެ. ކުދިންލައްވާ ގަދަކަމުން ފޮތް ނުކިއުއްވޭނެއެވެ. ފޮތް ކިއުއްވޭނީ ފޮތް ކިއުމަށް ހިތް ޖައްސުވައިގެންނެވެ.
Print

ޕޭރެންޓް ޓީޗަރ އެސޯސިއޭޝަން (ޕީ.ޓީ.އޭ)

ޝާޢިއުކުރީ އަޙްމަދު ރަޝީދު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


އަޙްމަދު ރަޝީދު  އެސްޖެހިގެ، ލ. ފޮނަދޫ


ބެލެނެވެރިންނާއި މުދައްރިސުންގެ ޖަމްޢިއްޔާ ނުވަތަ ޕީ.ޓީ.އޭ އާއިމެދު ތިޔަބޭފޫޅުންގެ ތަޞައްވުރަކީ ކޮބައިހެއްޔެވެ؟
ހުޅުވާލެވިފައި މިވަނީ ނުހަނު ހާމަކަންބޮޑު ސުވާލެކެވެ. ޖަވާބެއްދިނުމުގައި ތަފްޞީލެއް ބޭނުންވާ ސުވާލެއްވެސް މެއެވެ. "ބެލެނެވެރިންގެ ތެރެއިން ދަރިވަރުންގެ މަންމައިން'' ޕީ.ޓީ.އޭ ބައްދަލުވުމެއްގައި އިށީނދެތިބެ މަޝްވަރާތަކެއްކުރުމަށްފަހު ބެލެނިވެރިންގެ މަސައްކަތު ދުވަހެއް ފާހަގަކޮށްލުމަށް ނިންމުން ނުވަތަ، އޭތިމީތި ސޭލެއް ބޭއްވުމަށް ނިންމުންފަދަ ކަންކަންކުރުން މިވެސް ތަޞައްވުރަކަށްވެދާނެއެވެ. އެހެންނަމަވެސް މިކަމުގައި އަޅުގަނޑުގެ ތަޞައްވުރު ތިޔަބޭފުޅުންގެ ތަޞައްވުރާ ތަފާތު ވެދާނެއެވެ.
Print

ދަރިންނާއި މެދު ވިސްނުން

ޝާޢިއުކުރީ މުޙަންމަދު ވަޙީދު - މަޑުލު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު



މުޙަންމަދު ވަޙީދު- މަޑުލު

ދަރިންނާއިމެދު ވިސްނުން.... މިއީ ބުނެދޭންޖެހޭ ވާހަކައެއް ކަމަށް މަދުމީހަކުނޫނީ ޤަބޫލެއްނުކުރާނެއެވެ. ސަބަބަކީ އެކުއްޖެއްގެ މައިންބަފައިންނަށް ވުރެބޮޑަށް އެކުއްޖަކާމެދު ވިސްނާނެ އެހެން ފަރާތެއް ނުހުންނާނެތީއެވެ. ކަންއޮތީ މިހެންކަމަށް ވީނަމަވެސް އިންސާނުންގެ ކަންތައްތައް ހުންނަގޮތްބަލައި ޢިލްމެއްގެ ގޮތުގައި އެގޮތްތައް ރަގަނޅުކުރުމަށް ކަންތައްތައް ކުރާނެގޮތް ބަޔާންކުރާ ޢިލްމުވެރީންގެ ވާހަކަ ކިޔައި އަޑުއަހައި މީހާރަށްވުރެ ރަގަނޅަށް ދަރިންނާމެދު ކަންތައްތައް ކުރެވޭތޯބެލުމަކީ ނެތްކަމެއް ނޫނެވެ.
Print

ކޮންމެ ކުއްޖަކީވެސް ޚާއްޞަ ކުއްޖެކެވެ.

ޝާޢިއުކުރީ އަޙްމަދު ރަޝީދު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


ލިޔުނީ: އަޙްމަދު ރަޝީދު    އެސްޖެހިގެ ލ. ފޮނަދޫ
 
މީގެ އެއް އަހަރުކުރިން ނިކުތް ބޮލީވުޑްގެ ސުޕަރހިޓް ފިލްމް 'ތާރޭ ޒަމީން ޕަރް' ބެއްލެވީ ތިޔައިގެ ތެރެއިން ކިތައް ބޭފުޅުން ހެއްޔެވެ؟ މި ފިލްމަކީ ކޮންމެ ބެލެނެވެރިޔަކު، ކޮންމެ މުދައްރިސަކު، ކޮންމެ ދަރިވަރަކު ބަލާލަން ވަރަށް އެކަށީގެންވާ ޢިބްރަތްތެރި މޮޅު ފިލްމެކެވެ. އަޅުގަނޑުގެ ޤަލަމުގެ މިޞްރާބު ހުރީ މިފިލްމް އިޝްތިހާރުކުރުމަށް ކަމުގައި ހީވެލެއްވިޔަސް، އަޅުގަނޑު މަޤްޞަދު މުޅިން ތަފާތެވެ. އަޅުގަނޑު މި މަޒްމޫނުގައި ބަލާލާނީ މި ފިލްގެ ސިންޕްސިސް ނުވަތަ ޚްލާޞާއަށާއި ފިލްމްގެ ކޮންސެޕްޓް ނުވަތަ މަޢްޟޫޢް ގައިވާ ޚާއްޞަ މައްސަލައަށެވެ.
Print

މުދައްރިސުންނަކީ....

ޝާޢިއުކުރީ މުޙަންމަދު ވަޙީދު - މަޑުލު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


މުޙަންމަދު ވަޙީދު- މަޑުލު

އާދޭހެވެ! މުދައްރިސަކީ ކުޑަކުއްޖާ މަދަރުސާއަށް ވަންނަ ފުރަތަމަ ދުވަހުން ފެށިގެން އެކުއްޖާގެ ޢިލްމީ ތަރުބިއްޔަތާއި ޙަވާލުވާ މީހާއެވެ. ސާރ ނުވަތަ މިސް ނުވަތަ މެޑަމްގެ ނަމުން ނިސްބަތްކުރާ އެދުރުމީހާއެވެ. ކުއްޖާއަށް މުދައްރިސް ފެންނަނީ ވަކި މާއްދާއެއް ކިޔަވައިދޭ މުދައްރިސަކަށް ވީނަމަވެސް ހުރިހާ އެއްޗެއްއެގޭ ކޮންމެ ސުވާލަކަށްވެސް ޖަވާބުދެވޭ ވަރަށް އާދަޔާ ޚިލާފް މޮޅު މީހެއްގެ ގޮތުގައެވެ. ބައެއްފަހަރަށް އެންމެ މަޤްބޫލް ޓީޗަރުގެ ގޮތްތައް ބައެއްކުދިން ކޮޕީކުރޭވެސްމެއެވެ. މުދައްރިސް ހެދުންއަޅާގޮތަށް ހެދުން އެޅުމާއި ބޯ އޮމާންކޮށްފައި ހުންނަ ގޮތަށް ބޯ އޮމާންކުރުމާއި މިފަދަ އެތައްކަމެއް ކޮޕީކުރެއެވެ.
Print

މުދައްރިސެއްގެ ހަޔާތުން ޢިބުރަތްތެރި ޞަފުޙާއެއް

ޝާޢިއުކުރީ ޝާފިޢާ މުޙައްމަދު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


އާމިނަތު ޝާފިޔާ އާދަމް

ތަސްމީނާގެ ކިޔަވައިދިނުމުގެ ދެވަނައަހަރަށް ފެށިފައިވަނިކޮށް ގުރޭޑް5އަކުން ޝާބިން ކިޔާ ކުއްޖަކާ ދިމާވިއެވެ. އޭރު އޭނާ ހުރީ އެހާ ސާފުކޮށެއްނޫނެވެ. ފަހަތަށް ޖެހެމުން ޖެހުމުން ގޮސް އޭނާ އިށީނީ ކުލާހުގެ އެންމެ ފަހަތުގައެވެ. ކުއްލިއަކަށް އެދުވަސް ތަސްމީނާ ހަދާނަށް އައެވެ. އެހިނދު ތަސްމީނާ އަށް ހިތާ ހިތާ އެކަމާ މެދު ވިސްނަން ފެށުނެވެ.
Print

ކުދީންނަށް ވިސްނުމަށް އެހީތެރިވެ ދަސްކޮށްދޭނީ ކިހިނެއް؟

ޝާޢިއުކުރީ ޝާފިޢާ މުޙައްމަދު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު



އާމިނަތު ޝާފިޔާ އާދަމް

ކަންކަމާ މެދު ވިސްނާ ކަންތައްތައް ދެނެގަތުމުގެ ކުޅަދާނަކަން ކުދިންގެ އެންމެ ޅަފަތުގައިވެސް މާތްﷲ އެމީހުންގެ ކިބައިގައި ލައްވާފައިވެއެވެ. އެންމެ ޅައިރު ކަންތައްތައް ވިސްނާ ގޮތާ ދަސްކުރާގޮތް ތަފާތު ނަމަވެސް ކަންތައްތައް ދެނެގަތުމަކީ އެކުދިންގެ ޒާތުގައި ލައްވާފައިވާ ޣަރީޒާއެކެވެ. ކަންކަމާ  މެދު ވިސްނާގޮތް ކުދިންގެ ޢުމުރުގެ ތަފާތު މަރުހަލާތަކުގައި ބަދަލުވަމުންދެއެވެ.
Print

ހޯމްވާރކް - މުހިއްމު އެއްޗެއްބާ؟

ޝާޢިއުކުރީ ޝާފިޢާ މުޙައްމަދު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު

ހޯމްވާރކް ނުވަތަ ގޭގައި ހެދުމަށް ހަވާލު ކުރާ މަސައްކަތަކީ ކިހާ މުހިއްމު އެއްޗެއްބާ؟

އާމިނަތު ޝާފިޔާ އާދަމް

ފަންވަތުގެ ޚާއްޞަ ނޯޓު:

{އަލްއުސްތާޛާ އާމިނަތު ޝާފިޔާ އަކީ، އަލަށް ފަންވަތާ ގުޅިވަޑައިގެންނެވި ލިޔުންތެރި އެކެވެ. ރާއްޖޭގެ މުދައްރިސުން ބިނާ ކުރާ ފެކަލްޓީއެއްގައި މުދައްރިސުން ބިނާކުރުމުގެ ބުރަ މަސްއޫލިއްޔަތު އަދާ ކުރައްވާ ބޭފުޅެކެވެ. ތަރުބަވީ ދާއިރާއިން މަތީތަޢުލީމު ޙާޞިލްކުރައްވާފައިވާ މުރައްބީ އެކެވެ. އުސްތާޛާ ޝާފިޔާ ފަންވަތާ ގުޅިވަޑައިގަތުމީ ފަންވަތުގެ ހިންގުންތެރިންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. ކިޔުންތެރިންނަށް އިތުރު އުންމީ ދެކެވެ. ތަރުބަވީ ދާއިރާގެ ޢިލްމީ ލިޔުންތައް ލިޔެދެއްވާނެ ކަމަށް ވިދާޅުވެފައިވާތީ އެވެ.

ވީމާ ފަންވަތުގެ ކިޔުންތެރިންނާއި، އެހެނިހެން ލިޔުންތެރިންނާއި  ހިންގުންތެރިންގެ ނަމުގައި އުސްތާޛާ ޝާފިޔާއަށް މަރުޙަބާއާއި ހެޔޮ އެދުންތައް ބަރުތީލަ ކުރަމެވެ.}

ހަމަމިގަލަމުން

އިދާރާ

ވާހަކަ