އަދުގެ ޚާއްސަ

ދުނިޔެ

Print

އެޕްރީލް ފޫލް: މިއީ ދޮގެއް ނޫން(2)

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ދުނިޔެ


އަޙްމަދު ޢަބްދުﷲ ސަޢީދު

ތުއްތުކުދިން މަސަލަސްކުރުމަށް ދޮގުހެދުން:

ދޮގު ހެދުމުގެ ނިޔަތުގައި ނޫން ނަމަވެސް، ބައެއް ފަހަރު ކުޑަކުދިން މަސަލަސްކުރުމުގެ ގޮތުން ވެސް ބައެއް މީހުން ދޮގުހަދައެވެ. ދަރިފުޅު ރޯން ފެށީމާ، އެކަން ހުއްޓުވުމަށްޓަކައި، އެވެނި ކަމެއްކޮށްދޭނަމޭ، މިވެނި އެއްޗެއް ދޭނަމޭ ބުނަ ކުދިން މަސަލަސްކުރެއެވެ. އަދި ކުޑަކުއްޖަކު ދުރުގައި ހުއްޓާ ތިމާ ކައިރިއަށް އެ ކުއްޖާ ގެނައުމަށްޓަކައި މިއޮތީ އެވެނި މިވެނި އެއްޗެކޭ، އަންނާށޭ ވެސް ބުނެވެއެވެ.

ކޮންމެ މަގްސަދެއްގައި ކުރިކަމުގައި ވިޔަސް، އެފަދައިން ބުނުމަށް ފަހު، އެ ބުނާ ކަމެއް ނުކޮށްދީފި ނަމަ، ނުވަތަ އެ ބުނި އެއްޗެއް ގަނެނުދީފި ނަމަ، އެވާނީ ދޮގަކަށެވެ.
Print

އެޕްރީލް ފޫލް: މިއީ ދޮގެއް ނޫން(1)

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ދުނިޔެ


އަޙްމަދު ޢަބްދުﷲ ސަޢީދު

މިއަދަކީ އެޕްރީލް މަހުގެ ފުރަތަމަ ދުވަހެވެ. މިއަދު ދޮގެއް ހަދާނީ ހެއްޔެވެ؟ ނޫނީ ޙައްޤު ތެދު ބަހެއް ބުނާނީ ހެއްޔެވެ؟ ހަމަ ޔަޤީނުން ވެސް މަޖަލަކަށް ދޮގެއް ހެދުމަކީ އެންމެ ރަނގަޅު ކަމެކޭ ބުނެފިއްޔާ، އެވާނީ ދޮގަކަށެވެ. ވީމާ ބުނަންޖެހެނީ އެޕްރީލް ފޫލް ހައްދާށޭ ހިތައި ވެސް ދޮގެއް ހެދުން ހުއްދައެއް ނުވާނެ އެވެ. އިސްލާމް ދީން އެ ކަމަކަށް ޖާގައެއް ނުދެ އެވެ.
Print

އިސްލާމީ އުންމަތާއި އިޒުރޭލުގެ މައްސަލަ - ތާރީޚުގެ ތެރެއަށް ނަޒަރެއް (15)

ޝާޢިއުކުރީ އަޙްމަދު މާޖިދު . ހިމެނޭބަޔަކީ ދުނިޔެ


19 މާރޗް (ހުކުރު ) އާ ގުޅޭ....

8 ވަނަ ބާބު – އިންތިފާޟާއާއި އޭގެ ނަތީޖާތައް (ހ)

އަޙްމަދު މާޖިދު - ރިހިވިލާގެ، ޏ. ފުވައްމުލައް

1982 ވަނަ އަހަރު އިޒްރޭލު ސިފައިން ލުބްނާނުގެ ވެރިރަށް ބެއިރޫތަށް އަރައި އެ ޝަހަރުގައި ޤާއިމުކުރެވިފައި ހުރި ޕެލަސްޓައިން ލިބަރޭޝަން އޯރގަނައިޒޭޝަންގެ މަރުކަޒުތައް ހަލާކުކޮށް ޕީއެލްއޯގެ ވެރީންނާއި ފިދާއީން އެ ޝަހަރުން ބޭރުކޮށްލިއެވެ. މި ހާދިސާއަށްފަހު ޕީއެލްއޯގެ ވެރީންގެ މެދުގައި ބޮޑެތި ޚިލާފުތަކެއް އުފެދިގެން ދިޔައެވެ. ބައެއް ލީޑަރުން ތުހުމަތު ކުރެއްވި ގޮތުގައި އިޒްރޭލުގެ ލަޝްކަރުގެ ކުރިމަތީގައި ފިދާއީން ބަލިވެ ބެއިރޫތު ދޫކޮށްލަން ޖެހުނީ ޢަރަފާތުގެ ސިޔާސަތުގެ ސަބަބުންނެވެ. ވީހާވެސް ހަރުކަށިކޮށް އިޒްރޭލާ ދެކޮޅަށް ގެރިއްލާ ހަމަލާތައް ދިނުމުގެ ބަދަލުގައި ޑިޕްލޮމެޓިކް ވަސީލަތްތައް ބޭނުންކުރުމަށް ޢަރަފާތު އިސްކަންދެއްވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.
Print

އިސްލާމީ އުންމަތާއި އިޒުރޭލުގެ މައްސަލަ - ތާރީޚުގެ ތެރެއަށް ނަޒަރެއް (14)

ޝާޢިއުކުރީ އަޙްމަދު މާޖިދު . ހިމެނޭބަޔަކީ ދުނިޔެ


23 ފެބްރުވަރީ (އަންގާރަ) އާ ގުޅޭ....

 7ވަނަ ބާބު - ޞުލްޙަ އާއި، ޤަތުލު އާންމު (ށ)


އަޙްމަދު މާޖިދު - ރިހިވިލާގެ، ޏ. ފުވައްމުލައް

1970 އިގެ އަހަރުތަކާ ހަމަޔަށް އައިއިރު ބައިނަލް އަޤުވާމީ މަސްރަޙަށް އައިސްފައިވާ އެންމެ ބޮޑު ބަދަލަކީ އދ. ގެ މެމްބަރުންގެ ދަފްތަރަށް ތިންވަނަ ދުނިޔޭގެ ޢަރަބި އަދި މުސްލިމުން ގިނަ އެތައް ޤައުމެއް އިތުރުވެފައި އޮތުމެވެ. އެހެންކަމުން މި ދުވަސްވަރު އދ. ގެ ޢާއްމު މަޖިލީހުގައި ފަލަސްޠީނުގެ ޤައުމިއްޔަތުގެ ޙަރަކާތަށް އޮތް ތާއީދުގެ އަޑުވެސް ބާރުވެގެން ދިޔައެވެ. 1974 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު ޢާއްމު މަޖިލީހުގައި ތަޤުރީރު ކުރެއްވުމުގެ ފުރުސަތު ޕީއެލްއޯގެ ޒައީމް ޔާސިރު އަރަފާތަށް ލިބިވަޑައިގަތީވެސް މި ތާއީދުގެ ސަބަބުންނެވެ.
Print

ޤަޠަރު ޚަތިމު ނުވަތަ ޤަޠަރު މުޞްޙަފު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ދުނިޔެ


ޢަބްދުލްމުޢީދު ޙަސަން


9 މާރޗް 2010 ވާ އަންގާރަ ދުވަސް ވެގެންދާނީ، ޤަޠަރުގެ ތާރީޚުގައި ރަންއަކުރުން ލިޔެވޭނެ ތާރީޚީ ދުވަހެއް ކަމުގަ އެވެ. އެހެނީ، އެއީ ޤަޠަރު ޚަތިމު ނުވަތަ "މުޞްޙަފު ޤަޠަރު" ރަސްމީކޮށް ބޭނުންކުރަން ފަށާނެ ދުވަހެވެ. އެކަމަށްޓަކައި ޤަޠަރުގެ ވެރިރަށް ދައުޙާގައި ވަރަށް ބޮޑު އިޙުތިފާލެއް ބޭއްވުމުގެ ތައްޔާރީތައް ހީވާގިކަމާއެކު ކުރެވެމުން އެބަދެ އެވެ. ޤަޠަރު މުޞްޙަފަކީ، އިސްލާމީ ދުނިޔޭގައި އެންމެ ފަހުން ނެރެވޭ މުޞްޙަފެވެ. އަދި އެއީ ފަންނީ ގޮތުން އެންމެ ރީތި  މުޞްޙަފު ކަމުގައި ވާނެ ކަމަށް ވެސް ބެލެވެ އެވެ.
Print

އިސްލާމީ އުންމަތާއި އިޒުރޭލުގެ މައްސަލަ - ތާރީޚުގެ ތެރެއަށް ނަޒަރެއް (13)

ޝާޢިއުކުރީ އަޙްމަދު މާޖިދު . ހިމެނޭބަޔަކީ ދުނިޔެ


އަޙްމަދު މާޖިދު - ރިހިވިލާގެ، ޏ. ފުވައްމުލައް

06 ފެބްރުވަރީ (ހޮނިހިރު ) އާގުޅޭ....

 7 ވަނަ ބާބު – ސުލްހައާއި ގަތުލުއާއްމު(ހ)


ޢަރަބީންނާ އިޒްރޭލާ ދެމެދުގައި 1973 ވަނަ އަހަރު ހިނގި ހަނގުރާމައަށް ފަހު މެދުއިރުމަތީގެ މަސްރަޙަށް އައި އެންމެ ބޮޑު ބަދަލަކީ ޢަރަބީންގެ ތެރޭގައި ނަގާކިޔަމުން އައި މިޞުރުގެ ސިޔާސަތަށް އައި ބަދަލެވެ. ކުރީން ރޫސީ ވިލާތާ އެކުގައި ގާތް ގުޅުމެއް ބާއްވަމުން އައި މިޞުރުގެ ސަރުކާރުން ހަނގުރާމަޔަށް ފަހު ރޫސީންނާ ދުރުހެލިވެ އެމެރިކާއާ ގުޅުން ބަދަހިކުރަން ފެށިއެވެ. ހަނގުރާމަޔަށް ފަހު މިޞުރުގެ ރައީސް އަންވަރުއް ސާދާތު އޭނާގެ އާ ސިޔާސަތުގެ ދަށުން މިޞުރުގައި ތިބި އެތައް ހާސް ރޫސީ އެޑްވައިޒަރުންނެއް ޤައުމުން ބޭރުކޮށްލެއްވިއެވެ.
Print

ޅަ އަންހެންކުދިންނާއި މުސްކުޅިންގެ ކާވެނި

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ދުނިޔެ


ޢަބްދުލްމުޢީދު ޙަސަން


"ބައްޕައަށް ހެޔޮކޮށް ހިތުމަށްޓަކައި އަޅުގަނޑު މި ކާވެނި ޤަބޫލުކޮށްފިން." މިހެން ބުނެ އެ އަންހެން ކުއްޖާ ކާވެނި ފަސްޚުކުރުމާ ދެކޮޅުހެދި އެވެ. އެ އަންހެންކުއްޖާގެ ޢުމުރަކީ، 12 އަހަރެވެ. އޭނާގެ ފިރިމީހާއަކީ ޢުމުރުން 80 ގެ އަހަރުތައް ގުނަމުންދާ މުސްކުޅިއެކެވެ. އެ އަންހެންކުއްޖާ ބުނާ ގޮތުގައި ކާވެނިކުރެވުނީ އޭނާގެ ރުހުމާއި ޤަބޫލުގަ އެވެ. ކާވެނި ކުރުމުގެ ކުރިން، މި ކާވެނިކުރުމާމެދު އޭނާ ޤަބޫލުތޯ، ކާވެނި ކޮށްދިން މައުޛޫނު ވަނީ އޭނާގެ ގާތުން އަހާފަ އެވެ.

1 ފެބްރުއަރީ 2010 ވީ ހޯމަދުވަހު، ސުޢޫދީ ޢަރަބިއްޔާގެ ކޯޓަކަށް އެ ކުއްޖާ ހާޒިރުކުރެވުނީ ކާވެނި
Print

ސުވަރުގެއަށް ދިއުމަށް ބައްޕައާއި ބޭބެ ދެއްކި މަގު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ދުނިޔެ


ޢަބްދުލްމުޢީދު ޙަސަން


އެއީ ޕާކިސްތާނު އަންހެންކުއްޖެކެވެ. ނަމަކީ މީނާ އެވެ. ޢުމުރަކީ 13 އަހަރެވެ. އެ އަންހެން ކުއްޖާ ލައްވާ ޖާނުން ފިދާވުމުގެ ހަމަލައެއްދީ އެތައް ބަޔަކު މަރާލުމަށް، އެ އަންހެން ކުއްޖާގެ ބައްޕައާއި ބޭބެ އެތައް ފަހަރަކު މަސައްކަތްކޮށްފައި ވެ އެވެ. އެކަމާ ބެހޭ ގޮތުން އެ އަންހެން ކުއްޖާ ދައްކާ ވާހަކަތަކަކީ، ތެދު ކަމަށް ޕާކިސްތާނުގެ ފުލުހުން ޤަބޫލުކުރެ އެވެ.

ޕާކިސްތާނުގައި ހުންނަ ބިބީސީގެ މުރާސިލަކަށް އެކަމާބެހޭ މަޢުލޫމާތު ދެމުން، މީނާ ބުނެފައި ވެއެވެ.
Print

އިސްލާމީ އުންމަތާއި އިޒުރޭލުގެ މައްސަލަ - ތާރީޚުގެ ތެރެއަށް ނަޒަރެއް (12)

ޝާޢިއުކުރީ އަޙްމަދު މާޖިދު . ހިމެނޭބަޔަކީ ދުނިޔެ

13 ޖެނުއަރީ (ބުރާސްފަތި)އާ ގުޅޭ.......

6 ވަނަ ބާބު – ޢަރަބި އިޒްރޭލުގެ ހަނގުރާމަތަކާއި ކުރިމަތިލުންތައް (ށ)


އަޙްމަދު މާޖިދު - ރިހިވިލާގެ، ޏ. ފުވައްމުލައް


ތިންވަނަ ޙާދިސާއަކީ މަޝްހޫރު ޕީއެލްއޯ ނުވަތަ ޕެލަސްޓައިން ލިބަރޭޝަން އޯރގަނައިޒޭޝަން އުފެދުމެވެ. މި ޖަމްޢިއްޔާ އުފެދުނީ 1964 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ. އެއިރު ޖޯރޑަން ނުވަތަ އުރުދުންގެ ބާރުގެ ދަށުގައި އޮތް އިރުމަތީ ޤުދުސްގައި ބޭއްވުނު ފަލަސްޠީނީ ޢަރަބީންގެ ލީޑަރުންގެ ބައްދަލުވުމެއްގައެވެ. ޕީއެލްއޯގެ ފުރަތަމަ ޗެއަރމަން ކަމުގެ މަޤާމަށް އިންތިޚާބު ކުރެވުނީ ޤާނޫނީ ވަކީލެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން އުޅުއްވާފައިވާ ބޭފުޅެއް ކަމުގައިވާ އަޙުމަދު ޝުޤައިރީ އެވެ.

އިތުރު މަޒުމޫން...

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ