އަދުގެ ޚާއްސަ

ދުނިޔެ

Print

ޠާލިބާނު މީހުންނަކީ ޔަހޫދީންތޯ އެވެ؟

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ދުނިޔެ


ޢަބްދުލްމުޢީދު ޙަސަން


ޠާލިބާނު މީހުންގެ ތެރޭގައި ޔަހޫދީންގެ ދަރިކޮޅަކަށް ނިސްބަތްވާ މީހުން ވަރަށް ގިނަ ކަމަށް ޔަހޫދީން ދެކެ އެވެ. މިކަން ސާބިތުކުރުމަށްޓަކައި ދިރާސާތަކެއް ކުރެވެމުން ދަނީ އިންޑިއާގަ އެވެ. މި ދިރާސާއަށް ޚަރަދުކުރަނީ، ސީދާ އިސްރާއީލުންނެވެ. އިންޑިއާގައި މި ދިރާސާތައް ކުރަން ހަމަޖެއްސީ، ޕާކިސްތާނާއި އަފުޣާނިސްތާނުގައި މިފަދަ ދިރާސާއެއް ނުކުރެވޭނެތީ އެވެ. އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން މިކަން ކުރަން ނިންމީ، އަފުޣާނިސްތާނުގެ ޕުޝްތޫ ޤަބީލާތަކުގެ މީހުންނަކީ، ގެއްލިފައިވާ ޔަހޫދީންގެ ދިހަ ޤަބީލާގެ ތެރެއިން ޤަބީލާއެއްކަން ކަށަވަރުކުރުމުގެ ބޭނުމުގަ އެވެ. ޠާލިބާނު މީހުންގެ މެޖޯރިޓީއަކީ، ޕުޝްތޫ މީހުންނެވެ.
Print

ވައިޓުހައުސްގެ ކުރިމަތީގައި ހިމޭން ޖިހާދުކުރާ މުޖާހިދު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ދުނިޔެ


ޢަބްދުލްމުޢީދު ޙަސަން


އޭނާއަކީ، ނޫސްވެރިއެކެވެ. މުޞްލިޙެކެވެ. މުރުޝިދެކެވެ. މުސްކުޅިއެކެވެ. މުސްލިމެކެވެ. މުފައްކިރެކެވެ. މުޖާހިދެކެވެ. މީމުން ފެށޭ، މާނަ ރިވެތި އެތައް ލަޤަބެއް އޭނާއަށް ޙައްޤުވެގެންވެ އެވެ. އެކަމަކު އެންމެ ބޮޑަށް ފާހަގަކޮށްލަން ޖެހެނީ، އޭނާއަކީ އާދަޔާ ޚިލާފު މުޖާހިދެއް ކަމެވެ. އޭނާ ޖިހާދުކުރާ މައިދާން އޮތީ، އެމެރިކާގެ ވައިޓުހައުސްގެ ކުރިމަތީގަ އެވެ. އޭނާގެ އަތުގައި ކަނޑިއެއް، ބަޑިއެއް ނެތެވެ. ކީއްތޯ އެވެ. މީހަކާ ހަނގުރާމަކުރަން ބޭނުންކުރާނެ އެއްވެސް ހަތިޔާރެއް އޭނާގެ އަތަކު ނެތެވެ. ހަނގުރާމަ ކުރާނެ ހަތިޔާރެއް އޭނާގެ އަތުގައި ނެތި ޖިހާދުކުރާއިރު، އޭނާ އަޑުގަދަކޮށް ހަލޭކެއް ވެސް ނުލަވަ އެވެ. އަޑުގަދަކުރާނަމަ، އޭނާއަކީ، މުޒާހަރާކުރާ މީހަކަށް ވެދާނެ އެވެ. މުޒާހަރާ ނުކުރާ ފަދައިން އޭނާއަކީ، ވަކި ފަރާތަކާ ދޮޅުވެރިވެ، ވަކިފަރާތަކަށް ތާއީދުކުރާ މީހެއް ވެސް ނޫނެވެ. މިކަންތައްތައް މިމަގަށް ހުރި ނަމަވެސް އޭނާއަކީ، ހިތްވަރުގަދަ މުޖާހިދެކެވެ.
Print

ވޫޑޫއާއި ޒޮމްބީ އަދި ބިޔަ ހަރުފަ ކަލާނގެ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ދުނިޔެ


ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


ސުވާލު:

ހެއިޓީގެ ރައްޔިތުންނާ ކުރިމަތިވި ހިތާމަވެރި ކާރިސާގެ ޚަބަރުތައް ޓީވީން ބަލަމުން ދަނިކޮށް، މަރުވެފައިވާ މީހުން ވަޅުލާތަން ދުށީމެވެ. މަރުވެފައިވާ މީހުންގެ ޢަދަދު ގިނަކަމާއި، އެއް ކަށްވަޅެއްގައި އެތައް ބަޔަކު ވަޅުލިތަން ފެނިފައި، އަޅުގަނޑުގެ ހިތަށް ވަރަށް ބޮޑަށް އަސަރުކުރި އެވެ. ޚާއްޞަކޮށް، މަރުވެފައިވާ ކުޑަކުދިންނާއި މުސްކުޅިންނާއި އަންހެނުންނާއި ނިކަމެތިން ފެނުމުންނެވެ. އެއް ކަށްވަޅެއްގައި އެތައް ބަޔަކު ވަޅުލުމާމެދު ވޫޑޫ ޢަޤީދާގެ ދީނީ މީހުން ދެކޮޅުހަދާ ކަމަށް ޚަބަރުގައި ބުންޏެވެ. އެކަމަށް، އަޅުގަނޑުގެ ސަމާލުކަން ހުއްޓުނެވެ. އެކަމާ ދެކޮޅުހަދައި، އެބައިމީހުން ވަނީ، ހެއިޓީގެ ރައީސަށް އިޙުތިޖާޖެއް ވެސް ހުށަހަޅާފަ އެވެ. އަޅުގަނޑުގެ ސުވާލަކީ، ވޫޑޫ އަކީ ކޮބައިތޯ އެވެ؟ އެއީ ސަމާވީ ދީނެއްތޯ އެވެ؟ ޒޮމްބީ އަކީ ކޮން އެއްޗެއްތޯ އެވެ؟ އެއް ކަށްވަޅެއްގައި އެތައް ބަޔަކު ވަޅުލުމާމެދު އެބައިމީހުން ދެކޮޅު ހަދަނީ ކީއްވެގެންތޯއެވެ؟
Print

މިޞްރުގެ ތާރީޚު، ވަރަށް ކުރުކޮށް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ދުނިޔެ


ޢަބްދުލްމުޢީދު ޙަސަން


މީލާދުގެ 250000 (ދުއިސައްތަ ފަންސާސް ހާސް) އަހަރު ކުރިން، މިޞްރުގައި މީހުން ދިރިއުޅެފައިވާކަން އެނގެ އެވެ. މީލާދުގެ 35000 (ތިރީސް ފަސް ހާސް) އަހަރު ކުރިއްސުރެ، މިޞްރު އޮންނަ ސަރަޙައްދަށް ވާރޭވެހުން ހުއްޓި، އެ ސަރަޙައްދު ހަނަފަސް ޞަޙަރާއަކަށް ބަދަލުވާން ފެށި އެވެ.

އިންސާނީ ތާރީޚުގައި، ތާރީޚު އެނގެން އޮތް އެންމެ ދިގު ޢުމުރެއް ލިބިފައިވާ އެއް ޤައުމަކީ މިޞްރެވެ. މިޞްރުގެ އެނގެން އޮތް ތާރީޚުގެ ޢުމުރު ފެށިފައިވަނީ، މީގެ 7000 (ހަތް ހާސް) އަހަރު ކުރިންނެވެ. ތިރީގައި މިވަނީ، އެހިސާބުން ފެށިގެން މިއަދާ ހަމައަށް، މިޞްރުގެ ތާރީޚުގެ ވަރަށް ކުރު ކުރު ޚުލާޞާއެކެވެ.
Print

ހެއިޓީއަށް އައި ވަރުގަދަ ބިންހެލުން

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ދުނިޔެ


މިހާރު ވާނީ ބިންހެލުމުން ލިބުނު ގެއްލުންތައް ދައްކުވާދޭ ބައެއް ފޮޓޯތައް އިތުރުކުރެވިފަ އެވެ.

ޢަބްދުލްމުޢީދު ޙަސަން


ހެއިޓީއަށް އައި ވަރުގަދަ ބިންހެލުމަކީ، މީގެ 200 އަހަރު ކުރިއްސުރެ، އެ ޤައުމަށް އައި އެންމެ ބޮޑު ބިންހެލުމެވެ. ތިރީގައި މިވަނީ، އެ ބިންހެލުމާ އަދި ހެއިޓީއާ ބެހޭ ބައެއް މަޢުލޫމާތެވެ.


ބިންހެލުމާ ބެހޭ މަޢުލޫމާތުކޮޅެއް

ބިންހެލުން އައި ތާރީޚު: 12 ޖެނުއަރީ 2010
ބިންހެލުން އައި ގަޑި: ހަވީރު 16.53 ހެއިޓީ ގަޑިން (21.53 ޖީއެމްޓީ)
Print

އިސްލާމީ އުންމަތާއި އިޒުރޭލުގެ މައްސަލަ - ތާރީޚުގެ ތެރެއަށް ނަޒަރެއް (11)

ޝާޢިއުކުރީ އަޙްމަދު މާޖިދު . ހިމެނޭބަޔަކީ ދުނިޔެ


އަޙްމަދު މާޖިދު - ރިހިވިލާގެ، ޏ. ފުވައްމުލައް

6 ވަނަ ބާބު – ޢަރަބި އިޒްރޭލުގެ ހަނގުރާމަތަކާއި ކުރިމަތިލުންތައް (ހ)


ޢަރަބީންނާ އިޒްރޭލާ ދެމެދުގައި ބޮޑެތި ހަނގުރާމަތައް ކަމުގައި ބެލެވޭ ތިން ހަނގުރާމަ ހިނގާފައި ވެއެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ހަނގުރާމައަކީ 1948 ވަނަ އަހަރުގެ ހަނގުރާމައެވެ. ކުރީ ބާބުގައި ދެންނެވިފައި ވާނޭ ފަދައިން މި ހަނގުރާމަ ފެށުނީ އެ އަހަރުގެ މޭ މަހުގެ 15 ވަނަ ދުވަހު ޢަރަބި ފަސް ޤައުމަކުން އިޒްރޭލާ ދެކޮޅަށް ހަނގުރާމަ އިޢުލާން ކުރުމާ ވިދިގެންނެވެ. 1949 ވަނަ އަހަރުގެ ކުރީކޮޅާ ހަމަޔަށް ދެމިގެން ދިޔަ މި ހަނގުރާމައަކީ އިޒްރޭލް ޤަބޫލުކުރާ ގޮތުގައި އެ ޤައުމުގެ "މިނިވަންކަމުގެ ހަނގުރާމަ" އެވެ. އެއީ މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި އިޒްރޭލް ވުޖޫދުގައި ދެމިއޮތީ އެ ހަނގުރާމައިގައި ލިބުނު ކާމިޔާބުގެ ސަބަބުން ކަމުގައި ވާތީއެވެ.
Print

އިސްލާމީ އުންމަތާއި އިޒުރޭލުގެ މައްސަލަ - ތާރީޚުގެ ތެރެއަށް ނަޒަރެއް (10)

ޝާޢިއުކުރީ އަޙްމަދު މާޖިދު . ހިމެނޭބަޔަކީ ދުނިޔެ

 
އަޙްމަދު މާޖިދު - ރިހިވިލާގެ، ޏ. ފުވައްމުލައް

ޔަހޫދީ ދައުލަތް އިޢުލާންކުރުމާއި އޭގެ ނަތީޖާތައް (ށ)

22 ޑިސެމްބަރ 2009 (އަންގާރަ ) އާ ގުޅޭ....

ޢެރެބް ލިބަރޭޝަން އާރމީ ނުވަތަ އޭއެލްއޭ އަކީ 1947 ވަނަ އަހަރުގެ ފަހުކޮޅު ސީރިޔާގައި އުފެދުނު ޖަމާޢަތެކެވެ. މި ޖަމާޢަތުގެ ހަނގުރާމަވެރީންގެ ތެރޭގައި ގިނައިން ތިބީ އިނގިރޭސީންނާއެކު ނާޒީ ޖަރުމަނާ ދެކޮޅަށް ހަނގުރާމަކުރި ޢަރަބި ފައުޖުގައި އުޅެފައިވާ މީހުންނެވެ. އޭގެ ތެރޭގައި މުޅީން ކަހަލަ ގޮތަކަށް ތިބީ ސީރިޔާއާއި ލުބްނާނާއި ޢިރާޤުގެ މީހުންނެވެ. 1948 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މި ޖަމާޢަތުގެ ހަނގުރާމަވެރީން ފަލަސްޠީނަށް ވަންނަން ފެށިއެވެ. އެ އަހަރުގެ މާރޗު މަސް ފެށުނު އިރު އެބައިމީހުންގެ ހަތަރު ހާހަށް ވުރެ ގިނަ މެމްބަރުން ވަނީ ފަލަސްޠީނަށް ވަދެފައެވެ.
Print

އިސްލާމީ އުންމަތާއި އިޒުރޭލުގެ މައްސަލަ - ތާރީޚުގެ ތެރެއަށް ނަޒަރެއް (9)

ޝާޢިއުކުރީ އަޙްމަދު މާޖިދު . ހިމެނޭބަޔަކީ ދުނިޔެ


އަޙްމަދު މާޖިދު - ރިހިވިލާގެ، ޏ. ފުވައްމުލައް


ޔަހޫދީ ދައުލަތް އިޢުލާންކުރުމާއި އޭގެ ނަތީޖާތައް (ހ)


1947 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު އދ. ގެ ޖެނެރަލް އެސެމްބްލީއިން ފާސްކުރި އެ މަޖިލީހުގެ 181 ވަނަ ޤަރާރަކީ ވަރަށް ގިނަ ގޮތްގޮތުން ބަލާއިރު އދ. ގެ ތާރީޚުގައިވެސް އެފަދަ ދެވަނަ ޤަރާރެއް ފާސްކުރެވިފައި ނުވާފަދަ މުހިއްމު ޤަރާރެކެވެ. އެ ޤަރާރުގެ ސަބަބުން ޒައިނިސްޓުންގެ މަޤުޞަދު ޙާސިލުވުމުގެ އެންމެ ފަހު މަރުހަލާ ފެށުނެވެ. ފަލަސްޠީނުގައި ޔަހޫދީ ދައުލަތެއް އުފެއްދުމުގެ މަސައްކަތަށް ދުނިޔޭގައި ނަގާކިޔަމުންގެ ގެންދިޔަ ހުޅަނގުގެ ބާރުތަކުގެ ފުރިހަމަ ތާއީދު އޮތްކަން ރަސްމީގޮތުން އިއުލާން ކުރެވުނެވެ.
Print

އިސްލާމީ އުންމަތާއި އިޒުރޭލުގެ މައްސަލަ - ތާރީޚުގެ ތެރެއަށް ނަޒަރެއް (8)

ޝާޢިއުކުރީ އަޙްމަދު މާޖިދު . ހިމެނޭބަޔަކީ ދުނިޔެ


އަޙްމަދު މާޖިދު - ރިހިވިލާގެ، ޏ. ފުވައްމުލައް

ޒައިނިޒަމްގެ ފިކުރު ހުވަފެނުން ޙަޤީޤަތަކަށް – ޔަހޫދީ ދައުލަތް އުފެދުން (ށ)

07 ޑިސެމްބަރ ( ހޯމަ ) އާ ގުޅޭ...

ދެވަނަ ބޮޑު ހަނގުރާމައިގެ ކުރީން އެމެރިކާ ސަރުކާރުން ފަލަސްޠީނާއި ޔަހޫދީންގެ މައްސަލައަށް މާކަބޮޑު ޝައުގުވެރިކަމެއް ފާޅުކޮށްފައެއް ނެތެވެ. 1917 ވަނަ އަހަރު އިނގިރޭސި ސަރުކާރުން ނެރުނު ބެލްފޯރ ޑެކްލަރޭޝަނަށް އެމެރިކާއިން ތާއީދުކޮށްފައިވަނީވެސް ހަމައެކަނި ޑިޕްލޮމެޓިކް ލެވެލްގައެވެ. އެ ނިންމުމަށް އަމަލީގޮތުން އެއްވެސް ކަހަލަ އެހީއެއް ނުވަތަ އެއްބާރުލުމެއް ދޭނެކަމުގެ އެއްވެސް އިޝާރާތެއް އެމެރިކާއިން ކޮށްފައެއް ނުވެއެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ