އަދުގެ ޚާއްސަ

ދުނިޔެ

Print

ފިކުރުގެ ބާޒާރު

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ ދުނިޔެ


 އަލްއުސްތާޛު އިބްރާހީމު ރަޝީދު މޫސާ       

މި ޒަމާނަކީ   ފިކުރުތަކުގެ ޒަމާނެވެ. އުފައްދާ އެއްޗެއްސަށް ވުރެ އުފައްދާ ފިކުރުތައް މާގިނަ އެވެ. އަދި މުދާ ބޭރުކުރާގޮތަށް ފިކުރުތައް ވެސް ތަފާތު މަރުކާތައް ޖަހައިގެން، ތަފާތު ލޭބަލްތައް ތަތްކޮށްގެން ޤައުމުތަކަށް އެތެރެ ވެސް ކުރުވަ އެވެ. މުދާ ބަދަލުވާގޮތަށް ފިކުރާއި ވިސްނުން ވެސް ބަދަލުކުރަންޖެހޭނެކަމަށް ގޮވާއަޑުތައް އިތުރުވަމުންދާތަން ވެސް ފެނެ އެވެ. ބޭރުން އަންނައެއްޗެއްސަށް ރޭރުވާގޮތަށް ބޭރުން އެތެރެވާ ފިކުރުތަކުގައި އާވާރާވާތަން ވެސް ފެނެ އެވެ.
Print

ޘަޤާފީ ތަރައްޤީއާއި އަޅުގަނޑުމެންގެ މުސްތަޤުބަލު

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ ދުނިޔެ


އިބްރާހީމް ރަޝީދު މޫސާ (1989)

އެކުވެރި ދައުލަތްތަކުގެ، ތަޢުލީމާއި ސައިންސާއި ޘަޤާފަތާއިބެހޭ ޖަމްޢިއަޔާ (ޔުނެސްކޯ) އިން ހަމަޖައްސާފައިވާ ގޮތުގައި މިހިނގާ ދިހައަހަރު ( އާދެ 1988 – 1997) ޘަޤާފީ ތަރައްޤީގެ ބައިނަލްއަޤްވާމީ ދިހައަހަރު ކަމުގައި ފާހަގަ ކުރެވުނެވެ. މިގޮތަށް މިދިހަ އަހަރު ފާހަގަ ކުރެވުނީ ހަތަރު ލަނޑުދަނޑިއަކަށް ވާޞިލުވުމަށް ޓަކައެވެ. އެއީ:
Print

ފަސޭހަ ގޮނޑިއެއްގައި އިނދެވޭނީ ކިހިނެއް؟

ޝާޢިއުކުރީ އާދަމްޝަރީފު މުޙައްމަދު . ހިމެނޭބަޔަކީ ދުނިޔެ


ތަރުޖަމާ: އާދަމް ޝަރީފް

ފުރަތަމަ ބޮޑު ހަނގުރާމައަށްފަހު ޖަރުމަނުގެ ހުރިހާ ހިސާބަކުން ވެސް ފެންނަމުންދިޔައީ ޤައުމު މަރާމާތު ކުރަމުންދިޔަ މަންޒަރެވެ. މިޔުނިކުގައި ހުރި އަހަރެންގެ ޒަމާންވީ ރަހުމަތްތެރި ޕްރޮފެސަރެއްގެ ކޮލެޖަކަށް އަހަރެން ޒިޔާރަތް ކުރީމެވެ. އޭރު އެތަން ވަނީ ބޮން އެޅުމުގެ ސަބަބުން ހަލާކު ވެފަ އެވެ. އޭނާ ގެއަށް ވެސް ނުގޮސް ކޮލެޖުގައި މަސައްކަތް ކުރާތާ އެތައް ދުވަހެއް ވެއްޖެއެވެ.
Print

އަހަރެމެންނަށް އެހެން ބުނެވިދާނެ ހެއްޔެވެ؟

ޝާޢިއުކުރީ އާދަމްޝަރީފު މުޙައްމަދު . ހިމެނޭބަޔަކީ ދުނިޔެ


އާދަމްޝަރީފު މުޙައްމަދު، ރޯޒީ/ށ.ފުނަދޫ
 
ގަދަކަމުން ރަށުން ބޭރުކޮށްލުމުން ޢާއިލާ އާއި ރަޙުމަތްތެރިން ދޫކޮށް އެހެން ޤައުމެއްގައި އުޅެންޖެހުމުން އިޙުޞާސް ކުރަންޖެހޭނެ ހިތްދަތި އިޙުޞާސްތައް ހިތަށް ގެންނާށެވެ. ފަހަރެއްގައި ތިބާ ދިރިއުޅުނު ގެ މިހާރުވަނީ ހަނގުރާމައިގެ ސަބަބުން ހަލާކުވެފައި ކަމުގައި ވެދާނެ އެވެ. ނޫނީ ތިބާއަކީ ކުރަންއުޅުނު ކައިވެންޏެއްގެ ސަބަބުން ރަށުން ބޭރުކޮށްލެވުން މީހަކަށް ވެސް ވެދާނެ އެވެ. މިފަދަ ކޮންމެ ސަބަބެއް މެދުވެރި ވެގެން ނަމަވެސް
Print

ގިނަ އިސްލާމީ ޤައުމުތަކަށް އީދު ދުވަހަކީ ހުކުރު ދުވަހެވެ.

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ދުނިޔެ


ޢަބްދުލްމުޢީދު ޙަސަން


ގިނަ އިސްލާމީ ޤައުމުތަކަށް މިއަހަރުގެ ފިޠުރު ޢީދު ދުވަހަކީ، ހުކުރު ދުވަހެވެ. މިޞްރާއި ސަޢޫދީ ޢަރަބިއްޔާއާއި ޖޯޑްން އާއި ޔޫއޭއީ އާއި ޤަޠަރާއި ބަޙުރައިން އާއި ސީރިއާއި ޢިރާޤާއި ލުބްނާންގެ ސުންނީން އިޢުލާންކޮށްފައިވަނީ، މިއަހަރުގެ ފިޠުރު ޢީދު ދުވަހަކީ ހުކުރު ދުވަސް ކަމަށެވެ. ނަމަވެސް މިއާ ޚިލާފުވާ
Print

ހިތްހަމަޖެހުން ހޯދުން

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ދުނިޔެ


ޢަބްދުﷲ ނަޢީމު އިބްރާހީމް

ފައިސާވެރިންގެ ވަށައިގެން އެކި ބާވަތްބާވަތުގެ އަގުބޮޑު ތަކެތި ފުނިޖަހާފައި ހުންނަތަން ވަރަށް ގިނައިން ފެނެއެވެ. ބަލާބެލުމަށް ފައިސާވެރިންނަކީ ޢާންމު އިންސާނުންނާ ތަފާތު ފެންވަރެއްގައި އުޅޭ ބައެކެވެ. އެހެން ނަމަވެސް މުއްސަނދި މީހާ އެކަނިވެ، ވިސްނައިލާނޭ ފުރުޞަތު ލިބުނީމާ
Print

އަހަރެންގެ ބަސް އަހައި އެހީތެރިވާނަން ހެއްޔެވެ..؟؟

ޝާޢިއުކުރީ Administrator3 . ހިމެނޭބަޔަކީ ދުނިޔެ


އަބްދުﷲ އިބްރާހިމް.   ނ.މިލަދޫ

އަހަރެންގެ އުމުރުން ވީ ދުވަހެއް ބެލުމުގައި ތިބާއަށް މާ ބޮޑު ފައިދާއެއް އޮތްކަމަކަށް ނުދެކެމެވެ. މުހިއްމު ކަމަކީ އަހަރެންގެ ހަޔާތުގެ ދަތުރުނާމާ އަޑުއަހައި އަހަރެންނާއި ބައިވެރި ވުމެވެ.
އަހަރެން ދުނިޔެއަށް އައިސް މިކުރާ ކަމަކީ މީހުން ސަލާމަތް ކުރުމެވެ. ފަގީރު މަދު އާބާދު ތަކާއި މުއްސަނދި ބޮޑެތި އާބާދު ތަކުގައި އަހަރެން މަސައްކަތް ކޮށް ތަފާތު ތަޖުރިބާތައް ހޯދާފައިވާނެއެވެ. ތަފާތު ނަސްލުގެ ތަފާތު މީހުންނާއި ބައްދަލުކޮށް އެކި އެކި މީހުންނަށް އެހީތެރިވީމު އެވެ. އެ މީހުން އަހަރެންގެ މަސައްކަތަށް އެހީތެރިކަމާއި އެއްބާރުލުން ދިނެވެ.
Print

އިސްލާމީ އުންމަތާއި އިޒުރޭލުގެ މައްސަލަ - ތާރީޚުގެ ތެރެއަށް ނަޒަރެއް (16)

ޝާޢިއުކުރީ އަޙްމަދު މާޖިދު . ހިމެނޭބަޔަކީ ދުނިޔެ


އަޙްމަދު މާޖިދު - ރިހިވިލާގެ، ޏ. ފުވައްމުލައ
ް
29 މާރޗް (ހޯމަ ) އާ ގުޅޭ....

8 ވަނަ ބާބު – އިންތިފާޟާއާއި އޭގެ ނަތީޖާތައް (ށ)


އިންތިފާޟާ ފެށިގެން އައީ ޕީއެލްއޯގެ އެއްވެސް ކަހަލަ އަތެއް ނެތިއެވެ. އިންތިފާޟާގެ ޙަރަކާތްތައް ރާވައި ތަންފީޒުކުރުމުގެ މަސައްކަތް ކުރަމުން ގެންދިޔައީ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ސަރަޙައްދުގައި ތިބި ފަލަސްޠީނީންގެ ތެރެއިން ބައެކެވެ. އިންތިފާޟާގެ ކަންތައް އިންތިޒާމު ކުރުމަށްޓަކައި "ޔުނައިޓެޑް ނެޝަނަލް ލީޑަރޝިޕް އޮފް ދި އަޕްރައިޒިންގ" ގެ ނަމުގައި އެބައިމީހުން ޖަމާޢަތެއް ކަހަލަ ޙަރަކާތެއްވެސް ހިންގަން ފެށިއެވެ. ނަމަވެސް މާ ލަސްތަކެއް ނުވެ ޕީއެލްއޯގެ ޒައީމް ޔާސިރު ޢަރަފާތު މި ދެންނެވި އިންތިފާޟާގެ ލީޑަރުންނާ ގުޅުން އުފައްދަވައި ޕީއެލްއޯގެ ދަށަށް އެބައިމީހުން ގެންނެވިއެވެ.
Print

އިސްލާމީ ޙަރަކާތްތަކުގެ މަޤްޞަދު ޙާޞިލުނުކުރެވުން

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ދުނިޔެ


އިބްރާހީމު ރަޝީދު މޫސާ


ވޭތުވެދިޔަ ސައްތާގައި އިސްލާމީ ތަފާތު ޙަރަކާތްތައް އުފެދިފައިވާ ކަން ފާހަގަކުރެވެއެވެ. މި ޙަރަކާތްތައް އަދިވެސް ދަނީ އުފެދެމުންނެވެ. މި ޙަރަކާތްތަކުގެ އަސާސީ ބޭނުމަކީ ނުވަތަ މަޤްޞަދަކީ އިސްލާމި ދައުލަތް ޤާއިމުކޮށް އިސްލާމީ ޝަރީޢަތާ އެއްގޮތް ކަމަށް އެމީހުން ދެކޭގޮތަށް ވެރިކަންކުރުމެވެ. ނަމަވެސް އެމީހުންނަށް މިކަންތައްވަނީ އަދިވެސް ޙާޞިލުނުކުރެވިފައެވެ.

ސަބަބަކީ ކޮބައިބާވައެވެ!

އިތުރު މަޒުމޫން...

ހަމަމިގަލަމުން

އިދާރާ

ވާހަކަ