އަދުގެ ޚާއްސަ


ޢަބްދުލްމުޢީދު ޙަސަން

އޭނާގެ އަސްލު ނަންފުޅަކީ، ބިޝާރާ ޢަބްދު ﷲ އަލްޚޫރީ އެވެ. "އަލްއަޚުޠަލުއްޞަޣީރް" އަކީ އޭނާގެ ޝާޢިރީ ލަޤަބެކެވެ. މިލަޤަބުގެ އަޞްލަކީ، އުމަވީ ޝާޢިރެއް ކަމުގައިވާ އަލްއަޚުޠަލެވެ. ބިޝާރާ އަށް "ޝާއިރުލް ޙުއްބި ވަލްހަވާ"

ގައްދޫ މުޙަންމަދު ރަޝީދު

[އާނއެކެވެ..........]

[މިހާރު މިގެންނަނީއެވެ. އަހަރެން މިހުންނަނީ ޖަޔާ ތެދުވުމުގެ އިންތިޒާރުގައެވެ.]

މިސިޒް ހެރަލްޑް ކޮޓަރިން ނުކުމެއްޖެއެވެ. ޖަޔާ އޮށޯވެލައިގެން އޮވެ ކޮޓަރި ތެރެއަށް ބަލަމުން ގެންދިޔައެވެ. ދުވާލުގެ އަލިކަން ފަނޑުވެފާވެއެވެ. ފަޟާއަށް މަސްތުކަމެއް ވެރިވެފައިވެއެވެ. ބެޑްރޫމް ޒީނަތްތެރި ކޮށްފައިވާގޮތް ވަރަށް ރީއްޗެވެ. އެހެންކަމުން އޭނާ ފިސާރި ބަލާހިތުން އަދި ހިތްހަމަ ޖެހިލައިގެން އޮވެ ބަލަމުން ގެންދިޔައެވެ. ކޮންމެ އެއްޗަކީ އަޖާބުކުރުވަނިވި ޚިޔާލީ އެއްޗެއް ފަދައެވެ.

ޢަބްދުﷲ ފާރޫޤު ޙަސަން

                                                   (3 އޮގަސްޓް 2011 (ބުދަ) އާ ގުޅޭ...)

އަބުލްޙަސަނުގެ އެކުވެރީން ޝަބުނަމުން ތެމިފައިވާ ވިނަގަނޑުމަތީގައި ޗާދަރުތައް ފަތުރައިގެން އޭނާގެ ފަހަތުގައި ސަފަކަށް ކޮޅަށް ތިއްބެވެ. އަބުލްޙަސަން ނުހަނު ރީތި އަޑަކުން ސޫރަތުލްފާތިޙާ ކިޔެވުމަށް ފަހު އަނެއްކާވެސް ދެތިން އާޔަތެއް ކިޔަވައިފި އެވެ. ކީރިތި ޤުރުއާނުގެ މޫރިތި ލަފުޒުތައް ޢަބްދުއްޝަމްސްގެ ހިތުގައި ޚިޔާލުގެ ރާޅުބާނީތަކެއް އުފައްދައިލި އެވެ. އޭނާގެ އަވަށްޓެރީން ކަމުގައި ހިމެނޭ ޢަރަބީންގެ އެހެން މީހުންތައްވެސް އައިސް އޭނޭގެ ކައިރިއަށް އެއްވެއްޖެ އެވެ. އެބައިމީހުން އެބައިމީހުންގެ ޤައުމުގެ ޒުވާނުން އަޅުކަންކުރާ އައު ގޮތް ޝައުޤުވެރިކަމާއެކު ބަލަނީއެވެ. ރުކޫޢާއި ސުޖޫދަށް ފަހު ދެވަނަ ރަކުޢަތަށް ފެށުނު އިރު ޢަބްދުއްޝަމްސް އޭނާގެ އަމިއްލަ އިޚުތިޔާރުން ބޭރުވެއްޖެ އެވެ. އޭނާ މަޑުމަޑުން ފިޔަވަޅު އަޅަމުން، ނަމާދުކުރާން ތިބި މީހުންގެ ގާތަށް ހިނގައްޖެ އެވެ. ޖެހިލުންވެފައި އިރުކޮޅަކު ހުރުމަށްފަހު ޖަޒުބާތެއްގެ އޮއިވަރުގައި ދުވެފައި ގޮސް ސަފުގައި ހުއްޓިއްޖެ އެވެ.

އާދަމް ނަޞީރު އިބްރާހީމް (2012)

ޤައުމަށްޓަކާ ފުރާނަ ދޭން އަހަރެން  ފިސާރި  ބިރުގަނޭ
        ޝައުޤާ އެކީ ފިދާވެދާން    ޖެހިލުންވެ ހާސްވެ  ބިރުގަނޭ
               ----- ------
Print

ބާ ޔަށް ގޮސް ރާ ބޯން އިން އިރު...!

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވާހަކަ


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2008)


އުސްތުނބަށް ހުރި ރާތަށި ފުވާދުގެ އަތަށް ފޯރުކޮށްލެވުނެވެ. ހަލުއި ޙަރަކާތަކާއެކު، އޭނާ އެތަށީގައި ހިފީ ބޮވައިގެންފައި އިންލެއް ބޮޑުކަމުން، އެކަންޏެއް ނޫނެވެ. ބެންކޮކުގެ ވައިގެ ބަނދަރާ ބެހޭ ޚަބަރުތައް އޭނާގެ ސިކުނޑިޔަށް ކުރާ އުނދަގުލުގެ ސަބަބުންވެސް މެއެވެ. އޭނާގެ ފިކުރުތައް ގުޅިފައިވަނީ އެ ވައިގެ ބަނދަރާއެވެ. އެތާނގައި ނުފުރި ބަންދުވެފައި އޭނާގެ ތިން ދަރީން އެބަތިއްބެވެ. ޙަލާލު އަނބި މީހާ، ޝަރުމީލާ ވެސް އެބަ އިނެވެ. ޝަރުމީލާ ބައްޕަގެ ބޭހަށްޓަކައި ޝަރުމީލާ ގޮވައިގެން، އިންޑިޔާއަށް ކުރަންޖެހޭ ދަތުރުވެސް ކުރެވެން އޮތީ، މި ކަމުން މިނިވަން ވެގެންނެވެ. މި ފަދަ އެތައް ކަމަކާހުރެ، އެޚަބަރު ލިބުނީއްސުރެ އޭނާގެ އަރުތެރެއަށް އަދި ކާހިތުން ކާއެއްޗެއް، ބޯހިތުން ބޯއެއްޗެއް އެތެރެ ކުރެވިފައެއް ނުވެއެވެ. އެކުން ބޮޑަށް ހާސްވާގޮތްވީ އެތަން ޙިޞާރު ކޮށްގެން ތިބި މީހުންނާ ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގަން އުޅޭކަމުގެ ޚަބަރު ލިބުމުންނެވެ. އެހެންނަމަވެސް....

Print

މަޖުބޫރު ލޯބި (13)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ


ގައްދޫ މުޙަންމަދު ރަޝީދު

ފައުޒިއްޔާގެ ފޯނުގެ ވަގުތު ކައިރިވަމުން އައިވަރަކަށް އޭނާގެ ހާސްކަން އިތުރުވަމުން ދިޔައެވެ. އަޖައިބެއްފަދަ ކަމެކެވެ...... ފޯނު ރަނގަބީލު ވެއްޖެއެވެ.

ރިސީވަރު އުފުލުމާއެކު އޭނާގެ ހިތް ތުރުތުރު އަޅައިގަތެވެ.

އެކަމަކު މިއީ ފައުޒިއްޔާގެ ފޯނެއް ނޫނެވެ. ވަހަކަ ދައްކަނީ ތާބުޝްއެވެ.

[މައްސަލަ ނިމިއްޖެ ހެއްޔެވެ؟ ޚަބަރު ކިހިނެއް ހެއްޔެވެ؟]
Print

ތަމްރީނަށް ބޭނުންވާ ކަންތައްތައް ދެނެގަތުން - 03

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


19 ޖުލައި (އާދީއްތަ)އާ ގުޅޭ....

ތަމްރީނު ޕްރޮގްރާމަކަށް، ބޭނުންވާ ކަންތައްތައް ބަލައިހޯދާނެ ގޮތް


ބިންމާ އިބްރާހީމް ވަޙީދު


ތަމްރީނު ޕްރޮގްރާމަކަށް ބޭނުންވާނެ ކަންތައްތައް ބަލާހޯދުމަކީ، ކަނޑައެޅިފައިވާ ވަކި އުސޫލެއެއްގެ މަތިން، ހިއުމަން ރިސޯސް ޑިވެލޮޕްމަންޓު ޕްރޮގްރާމެއް ރޭވުމެވެ. މި އުކުޅު ބޭނުންކޮށްގެން، އޮގަނައިޒޭޝަނެއްގެ މުސްތަޤުބަލަށް އޭގެ އަސަރު ކުރާނެ، ތަފާތު އެތަކެއް ސަބަބުތަކެއް ދެނެގަނެވޭނެ އެވެ. މި ބޭނުންކުރެވޭނީ، އޮގަނައިޒޭޝަނުން ހާސިލު ކުރަން ބޭނުން ލަނޑުދަނޑިތަކާއި، ހާސިލުވަމުން އަންނަ ލަނޑުދަނޑިތަކުގެ ތަފާތު ދިރާސާ ކުރުމަށެވެ. އޮޅުމެއް ނެތް ގޮތުގައި، އޮގަނައިޒޭޝަން އަކީ، ވަކިވަކި ފަރުދުންތަކެއްގެ މައްޗަށް އެކުލެވިފައިވާ ޓީމެކެވެ. އެހެންކަމުން، އޮގަނައިޒޭޝަނެއްގެ ޕާރފޯމަންސްގެ ވާހަކަ ދައްކާއިރު، މީގެ މާނަ އަކީ، އެ އޮގަނައިޒޭޝަނެއްގައި ޚަރަކާތްތެރިވާ ވަކިވަކި ހުރިހާ ފަރުދުންގެ ޕާރފޯމަންސް އެވެ. ތަނަށް އަސްލު ބޭނުންވާ ގޮތާއި، ކަންހިނގަމުން އަންނަ ގޮތުގެ ތަފާތު ރަނގަޅަށް ދަނެގަނެވުމުން، އެ ތަފާތު ކުޑަ ކުރާނެ ތަމްރީނު ޕްރޮގްރާމެއް ހިންގާނެ ގޮތުގެ ތަސައްވުރެއް އޮންނާނީ ލިބިފަ އެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ