އިސްމާޢީލްޢަލީ ރ.ކަނދޮޅުދޫ
ކަލާ ވަކިވެ ދިޔައީ ހުރިހާ އެއްޗެއް ހިފައިގެންނެވެ.
މިހާރު ނިދާ ހިތެއްނުވެއެވެ.ނިދި ލޮލާއި ރުޅިބުނެފިއެވެ.
މިހާރު ކާހިތެއްނުވެއެވެ.ބަނޑު އެކަމާއި އެއްބަހެއްނުވިއެވެ.
މިހާރު ރީތި ހެދުން ލާހިތެއްނުވެއެވެ.ބަލާނެ މީހަކު ނެތީމައެވެ.
މިހާރު ކުރާ ހިތްވާ އެއްކަމެއް އެބައޮތެވެ.
ކަލާ ހަނދާން ކުރުމެވެ.