އަދުގެ ޚާއްސަ


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ

ރާއްޖޭގެ ރަށްރަށުގައި ކުނިއުކާލުމުގެ ކަންކަން ޒަމާނުއްސުރެ ހިނގަމުން އައިސްފައިވަނީ ވަރަށް ކަންފަސޭހަ ގޮތަކަށެވެ.  ގޯތިގެދޮރު ކުނިކަހާލީމާ، އެއްވާކުނި، ހަމަ ކުރިމަތީ ޖެހިގެން އޮންނަ ވަލަށް އުކާލައިފާނެއެވެ. އެތަނުގައި ކިތަންމެ ބޮޑު ކިތަންމެ ހަޑި ކުނިފުންޏެއް އުފެދުނަސް ހެވެވެ.  ބައެއްފަހަރަށް އަތިރިމައްޗަށްވެސް އުކާލައެވެ.

މާލޭގައި ވެސް މިކަންއޮތީ މާ ރައްކާތެރި ގޮތަކަށް ނޫނެވެ. އަތިރިޔަށް  ހުސްވާ، ބައެއް މަގުމަގުގެ އަތިރިޔާވީކޮޅުގައި މީހުން ކުނިއުކާލައި، ބޮޑެތި ކުނިގޮނޑުތައް އުފެދިފައި އޮވެއެވެ. މި ގޮނޑުތައް މާބޮޑެތިވުމުން އަވަށު އޮފީސްތަކުން އެވަށެއްގެ   ރައްޔިތުންނެރެ މޫދަށް ގޮނޑުކަހާލަނީއެވެ.  އަހަރެއްގެ     ތެރޭކުނި އުފެދޭ މިންވަރެއް، ކުނީގެ ސަބަބުން ކުރިމަތިވެދާނެ
ނުރައްކާތެރިކަމެއް ބަލައި ދިރާސާ ކުރެވިފައެއް ނޯވެއެވެ.       (ފޮޓޯ: މާލޭ ދެކުނު ފަރާތު އަތިރިމަތި- އިރުމަތީކޮޅު)
         


ޢަބްދުﷲ ފާރޫޤު ޙަސަން

ޤާހިރާގެ ޢަރަބި މަޖައްލާއެއް ކަމުގައިވާ އާޚިރުއްސާޢާގައި ލިޔެފައިވެއެވެ. 1990 އޯގަސްޓްގައި ޢިރާޤު ކުވެއިތަށް ޙަމަލަދިނުމުން، ޤާހިރާގައި ޑޮކްޓަރ އަޙްމަދު އައްރާއިފްގެ ގޭގައި ބައްދަލުވުންތަކެއް ބާއްވަން ފެށިއެވެ. އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދެވީ، ޢަރަބި ދުނިޔޭގެ ޢިލްމުވެރީންނާއި މުފައްކިރުންގެ ޚާއްޞަ ޖަމާޢަތެކެވެ.

އިބްރާހީމް އަޙްމަދު

ދުނިޔޭގެ އެހެނިހެން މީސްމީހުންނާ ޗައިނާގެ މީހުންނާ ތަފާތުވެފައިވާ ފަދައިން މުޅިދުނިޔޭގެ އެންމެން ބޭނުންކޮށް އުޅޭ ބަސްތަކާއި ޗައިނާބަހާއިވެސް ޚިލާފެވެ. ސަބަބަކީ ޗައިނާ ބަހުގައި ޤަވާޢިދާއި އަކުރެއް ފިއްޔެއް ނުއޮންނާތީއެވެ. އަދި ހަމަ އެފަދައިން ނަމާއި ކަމާއި އަކުރުވެސް ނުހުންނާތީއެވެ. ޗައިނާ ބަހުގައި އެކުލެވޭ ކަލިމަތައް  ތިންސަތޭކަ ނުވަތަ ހަތަރުސަތޭކަ އަޑުގެ ލަފުޒު ނުވަތަ އެއަށްވުރެ ގިނަ ލަފުޒު ހިމެނެއެވެ. މިއީ އެއް މަޤްޠަޢަކުން ނުވަތަ އެކައްޗަކުން ނެގިފައިވާ އަޑުގެ ލަފުޒަށް ވާން ވާނެއެވެ.  މިމުޤާޠަޢުތައް ޗައިނާ ބަހުގައި ބޭނުންކުރެވެނީ އެބަސް ލިޔުމުގައި އެ ބޭނުންކުރާ 40000 އަކުރުގެ ލަފުޒު  ތަޢުބީރު ކުރުމަށް ބޭނުން ކުރުމަށްޓަކައެވެ.  މިލަފުޒުތަކުން އަޑުގެ އެއްލަފުޒަށްކިޔަނީ ނަޣަމާތު (ރާގު) އެވެ. މީގައި ހަތަރަކުން ނުވަޔަކާއި ދެމެދުގައި ތަފާތު މާނަތަކެއް ވެއެވެ. އެއީ މީގެ އަޑު ހުންނަގޮތުގެ މައްޗަށެވެ.
Print

އޯޑިއޯ މީޑިއާ ޑިސެމްބަރ 2008 - އޮންލައިން މެގަޒިން

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ އީ-ބުކް



ފޮނުވީ: ދާލު


އޯޑިއޯ މީޑިއާ މެގަޒިން އަކީ އެންމެ ފަހުގެ އޯޑިއޯ ޓެކްނޮލޮޖީ އާއި ބާޒާރަށް ނެރެވޭ ފަހުގެ އޯޑިއޯއާއި ބެހޭ އާލާތްތަކުގެ މަޢުލޫމާތު ދެނެގަތުމަށްޓަކައި ބަލާލުން މުހިންމު އޮންލައިން މެގަޒިނެކެވެ.

އެގޮތުން މިފަހަރުގެ ޢަދަދުގައި ރެކޯރޑިންގ، ޕޯސްޓް ޕުރޮޑަކްޝަން، މަލްޓިމީޑިއާ، ލައިވްސައުންޑް، އިންޓަނެޓް އޯޑިއޯ، ބުރޯޑްކާސްޓް އަދި އޯޑިއޯފޮރ ވީޑިއޯ އާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހިމެނެއެވެ.

އޯޑިއޯ މީޑިއާ މެގަޒިންގެ ޑިސެމްބަރ 2008 ގެ ޢަދަދު މިތަނުން ވަގުތުން ކިޔާލެވޭނެ.
އަދި މިތަނުން ޑައުންލޯޑް ކުރަށްވާ.
Print

ނިއު އިޔަރ: ލަދުޙަޔާތް ކުޑަކަމުގެ އާރަސްމިއްޔާތެއް

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ތާރީޚް


ޢަބްދުﷲ ފާރޫޤު ޙަސަން

އާ އަހަރު ފާހަގަކުރުމުގެ ރަސްމިއްޔާތު ފެށިފައިވަނީ މީލާދީން ނަވާރަވަނަ ސައްތައިގައެވެ. ސައްތައިގެ ފެށުމުގައެވެ. މިކަންތައް ފަށައިގަތީ އިނގިރޭސިވިލާތުގެ ކަނޑުގެ ސިފައިންގެ (ރޯޔަލް ނޭވީގެ) ޒުވާނުންނެވެ. ރޯޔަލް ނޭވީގެ ޒުވާނުން ޙަޔާތުގެ ގިނަ ދުވަސްތައް ހޭދަކުރަނީ ކަނޑުމަތީގައެވެ. ހަނގުރާމަ މަތީ އުޅަނދު ފަހަރުގެ ފޫހި ދަތުރުތަކުގެ ސަބަބުން ވަރުބަލިވުމުން އެބައިމީހުން މަސައްކަތްކުރަނީ މަނަވަރު ފަހަރުގެ ތެރެއިން ހިތްހަމަޖެހޭފަދަ ކަންތައްތަކެއް ފެނޭތޯއެވެ. އެގޮތުން އެމީހުން އެކިއެކި ހަފުލާތައް ބާއްވައެވެ. ރާބޮއެވެ. ނަށައެވެ. ވަރުބަލިވުމުން ވެއްޓި ނިދީގެ ދުނިޔެއަށް ވަދެވޭތޯ މަސައްކަތް ކުރެއެވެ. ވިދިގެން އަންނަ ދުވަހު ލޯހުޅުވާލާއިރު އަނެއްކާވެސް ލޮލުކޮޅަށްގޮސް އޮބާލާފައިވާތީ ފެންނަނީ މާސިންގާ ކަޑެވެ. އެކަނޑުގެ ބިރުވެރިކަމާއި ޠޫފާންތަކެވެ. ގަދަވަޔާއި ވިއްސާރައިގައި ރުޅިއައިސްގެން ޙަމަލާދޭ ބިޔަ ރާޅުތަކެވެ.

Print

ބިއްލޫރިގޭ ސާދާގަރު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވާހަކަ


ފޮނުވީ: "ޙަސްރަތު"

އެއްޒަމާނެއްގައި އުޅުނު މީހަކު ވައްކަން ކޮށްގެން މުއްސަނދިވެ، ސާދާގަރަކަށް ވިއެވެ. އެއަށްފަހު، ކުރީގެ ދިރިއުޅުން މުޅިން ބަދަލުކޮށްލިއެވެ. ކުރީގެ އެކުވެރިންނާއި މިތުރުން ދޫކޮށް އާ އެކުވެރިން ހޯދިއެވެ. ކުރީގެ ބާ ވަތުތަށި ދޫކޮށް، އާ ވަތުތައްޓެއް ހޯދިއެވެ. ކުރިން ދިރިއުޅުނު ގެ ވެސް ބަދަލުކޮށް ބިއްލޫރިން ހަދާފައިވާ ގެއެއްގައި ދިރިއުޅެން ފެށިއެވެ. ސާދާގަރު ބޭނުންވީ، އޭނާ ގޭގައި އިންނައިރު، އެހެން މީހުން ރަށުތެރޭގައި އުޅޭގޮތް ބެލުމެވެ. ހުރިހާ ކަމެއް ބަދަލުކޮށްލިއިރު، ހެދުން އަޅާ އުޅުނު ގޮތް ވެސް ވަނީ މުޅިން ބަދަލުކޮށްފައެވެ. ބިއްލޫރި ގެއެއްގައި ތިމާ މީހާ އިންނައިރު، ބޭރުން ދާ މީހުންނަށް ތިމާ ފެންނާނެ ކަމަކަށް ހިޔެއް ނުކުރެއެވެ.

Print

ތި ބޭފުޅުން ޗުއްޓީގަ އެވެ. މި ބޭފުޅުން ޑިއުޓީގަ އެވެ.

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އިޖުތިމާޢީ


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ


މާތްވެގެންވާ  މަދީނާގެ ރަޙްމަތްތެރިއަކާއެކީގައި، ރަށުތެރެބަލައިލަން އޭނާގެ ކާރުގައި ނިކުތީމެވެ. ޤުބާ މިސްކިތްދޮށަށް ދެވުމުން ކާރު މަޑުކޮށްލިއެވެ. މިސްކިތަށްވަދެ  މިސްކިތް ބަަލައިލުމަށެވެ.

އަޅުގަނޑާއެކުގައި  ރާއްޖޭގެ ޢިއްޒަތްތެރި  ބޭފުޅަކު  ކާރުގައި އިންނެވިއެވެ. އޭނާ އަތްޕުޅުގައި ވީޑިޔޯ ކެމެރާއެއ

Print

ރާއްޖެއަށް ފެނުނު ބައެއް ދުންތަރި

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ތާރީޚް


ލިޔުނީ: ތިންމީމު


ކާއިނާތުގައިވާ އެކިއެކި ކަންތައްތަކާއި ތަންތަން ހާމަކޮށްދެނީ ކަށަކުޅަދުންވަންތަ ކަލަކު ވޮޑިގެންވާކަމެވެ. އެކަލާނގެ ކުޅަދުންވަންތަކަމެވެ. ކުޅަދުންވަންތަކަމުގެ ހެކިތަކެވެ. ބައެއް ހެކިތައް އަބަދު ފެންނަން ހުރެއެވެ. ބައެއް ހެކިތައް އެކި ޒަމާނުގައި އެކިވަގުތުގައި ފެންނަން ހުރެއެވެ. ދުންތަރިއަކީ މިފަދަ ހެތްކެކެވެ. އެ ފެންނަނީ ފަލަކުގައި ބުރުޖަހަމުންދާއިރު ލޮލަށް ފެންނަ މިންވަރަށް ދުނިޔެއާ ގާތްވާތީއެވެ.

Print

ފަންވަތު އަރަތް - 15

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ އަރަތް


އަހަންނަކީ ކާކު؟



މުޙަންމަދުތަކުރުފާނު، ޕޯޗުގީޒުންނާ ދެކޮޅަށް ކަނޑުމަތީގައި  ހޭދަ ކުރެއްވިހައި ދުވަހު، އަހަރެން ހުރީ އެ މަތިވެރި ޖިހާދުގެ ބައިވެރިއެއްގެ ގޮތުގާ. އެތަކުރުފާނުގެ ޚިދުމަތުގާ.

މިހާރު ކަނޑުމަށްޗަށް ވަރަށް އަރަން ނުޖެހޭ. އެކަމަކު،
Print

ހިޖުރީ އާ އަހަރުގެ ތަހުނިޔާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އާދަކާދަ


ހިޖުރީ އާ އަހަރުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް، ފަންވަތުގެ އެންމެހައި އަހުލުވެރިންނަށް، ނުހަނު އިޚުލާޞްތެރިކަމާއެކު، ދަންނަވަމުއެވެ.


މި ފެށޭ އާ އަހަރަކީ، އެންމެހައި މުސްލިމުންނަށާއި މުޅި އިންސާނިއްޔަތަށް، ފާގަތި، ބާއްޖަވެރި އަހަރެއް ކަމުގައި މާތްﷲ ލައްވާށިއެވެ. އާމީން.


1 މުޙައްރަމް 1430




ފަންވަތުގެ ހިންގުންތެރިންނާއި ލިއުންތެރިން.

Print

ފަންވަތު އަރަތް - 16

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ އަރަތް


އަހަންނަކީ ކާކު؟


އަހަންނާ އަހަރެންގެ ފިރި މީހާ ދިރިއުޅެނީ ވަރަށް ތަނަވަސް ގެއެއްގާ. އަހަރެންނަކީ ވަރަށް ދޮން ރީތި މީހެއް. އަހަރެންގެ ފިރިމީހާއަކީވެސް ރަތްދޮންކުލައިގެ މީހެއް.  އަހަރެމެން ދެމީހުންގެ ވަރަށްގިނަ ދަރީން ވެސް އެބަތިބި.  އެކަމަމު  އަހަރެން ދެރަވާ ދެކަމެއް އޮވޭ. އެއްކަމަކީ، އަހަރެންގެ ފިރިމާހާ ގެޔަށް ވަދެއްޖެ ނަމަ ހުރިހާ ކުދިން ފިލާނެ. ދުވަހަކުވެސް ބައްޕަ ހުންނަ ތަނެއްގައި އޭން ކުއްޖަކު މަޑެއް
Print

ޙާފިޡުގެ 134 ވަނަ ޣަޒަލު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ދިވެހިތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


1. ޙާނަތު ދޮރުގައި އުޑުގެ މަލާއިކަތުން މެންދަމު ޓަކިޖެހިތަން ދެކެފިން!!!
      ބިމުގެ ތަފާތު ވެލިން މޮޑެވުނު ފުށްގަނޑު ބައްޓަންވީތަން ވެސް ދެކެފިން!!!

2. ބަޝަރުންގެ ބަފާ ހެއްދެވުމަށްފަހު، އައިހައި މީހުން ޙަރަމު ތެރޭގައި،
      ތުންފަތްތަކުގައި ބޮސްދީ، އަދި ތަށި ހުސްކުރަމުން ދިޔަ ގޮތް ވެސް ދެކެފިން!!!

3. އަސްތާ! ފަހަތަށް ޖެހިފައި މިހުރީ ވާޖިބުވި އަމާނާތް އުފުލުމުގައި،
      ޤުރުޢަތަކުން އެކަމަށް ހޮވުނަސް، ހަމަ މީ ބޮޑު މޮޔައެއް ކަމުގައި ބުނެފިން!!!
Print

ހަރުތަކެތި ކަފާ ފެންކަޓަރު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޓެކްނޮލޮޖީ


ޢަބްދުލްމުޢީދު ޙަސަން


އިހުގެ ބައެއް ހަރުބަސްބަހުގައި އައިސްފައިވާ ތިލަ މާނަތައް، މިޒަމާނުގެ ޓެކްނޯލޮޖީ ދަނީ ދޮގުކުރަމުންނެވެ. އިހުގެ ހަރުބަހެއްގައި ވެއެވެ. "ދަގަނޑު ކެނޑޭނީ ދަގަނޑުންނެވެ." މި ހަރުބަހުގެ ތިލަ މާނައަށް ބަލާއިރު، ދޭހަވަނީ، ދަނގަޑު ގަނޑެއް ކަފާލެވޭނީ، ދަގަނޑުން ހަދާފައިވާ ހަމަ އެވަރުގެ ވަރުގަދަ އާލަތަކުންނެވެ.

ނަންގަނެވިދިޔަ ހަރުބަހާ ޚިލާފު ވިސްނުމެއް، ގެންގުޅުނު ޙިކުމަތްތެރިންގެ ނަޒަރުގައި، "ފިނިފެންމަލުގެ ފިޔައިން ދަގަނޑު ކަނޑާލެވިދާނެއެވެ." މި ބަހުގެ ތިލަ މާނައަކީ، ފިނިފެންމަލުގެ ފިޔައަކުން ދަގަނޑު ކަފާލެވިދާނެއެވެ. އެކަން ކުރުމަށްޓަކައި ކޮންމެހެން ވަރުގަދަ އާލަތެއް ބޭނުން ނުވެއެވެ.

ޙަޤީޤަތުގައި، މިދެންނެވި ދެ ހަރުބަހުގެ މުރާދައަކީ، އެއިން ދޭހަވާ ތިލަ މާނައެއް ނޫނެވެ. އޭގެ އަސްލު މާނަތައް ޝަރަޙަކުރުން، އެކަމުގެ އަހުލުވެރިންނަށް ދޫކޮށްލާފައި މައުޟޫޢަށް ދާނަމެވެ.
Print

ބަހުގެ ބަނޑުގާ - ކީއްކުރާ އެއްޗެއް؟

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ މާދަރީބަސް


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ

ގަލޭ މި ދަންނަވަނީ ހިރިގަލުގެ ވާހަކައެވެ. މޫދުން ނަގައިގެން ގެދޮރު ޢިމާރާތް ކުރަން ބެނުން ކޮށް އުޅުނު ގަލުގެ ވާހަކަ އެވެ. ތަންތަން ރޭނުމަށްޓަކައި،  ކުރީ ޒަމާނުގައި ދިވެހިން ބޭނުން ކުރަނީ މި ފަދަ ގަލެވެ. ބޮޑެތިހެން ހީވާ ހިރިތައް މޫދުން އެއްގަމަށް ގެނެސް ގެންނެވެ.  ކޯރާޑިން ތަޅައި ކުދި ކޮށްގެންނެވެ.  ގެދޮރު އެޅުމަށްޓަކައެވެ.  ފާރު ރޭނުމަށްޓަކައެވެ.  

މި ހިސާބުން ތިޔަ ބޭފުޅުންގެ ހިތްޕުޅުގައި ދެ ސުވާލެއް އުފެދުން އެކަށީގެން ވެއެވެ. ފުރަތަމަ ސުވާލަކީ، ދެން އެހެން ވިއްޔާ ބަނޑު ބަލަކީ ކޮބައި ހެއްޔެވެ؟ ދެވަނަ ސުވާލަކީ ބަހުގެ ބަނޑު ގަލަކީ ކޮބައިތޯ އުފެދޭ ސުވާލެވެ.
Print

ގިޔާމަތުނާމާ (49 އިން 62 އަށް)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


سيد نا الإمام مهدى عليه الرحمة


(މަހުދީގެފާނު ފާޅުކުރެއްވުން)


ފޮތް ލިޔުއްވީ: ފަޟީލަތުއްޝައިޚު ޢަބްދުﷲ ޖަލާލުއްދީން
ދޭހަ:      އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ



49 - ދެހާހާއި ގާތުން އެ މަހުދީ އިމާމާ
             އެހާރުން   އެހާރުން   އެބޯ ފާޅުވާނޭ

ދެހާހާއި ގާތުން މަހުދީގެފާނު ފާޅު ކުރައްވާނެއެވެ.

(ނޯޓު: މިތާނގައި ފަޟީލަތުއްޝައިޚު އެވިދާޅުވާ ދެހާހަކީ، މީލާދުން ދެހާސް ކަމެއް، ހިޖުރައިން ދެހާސް ވަނަ އަހަރު ކަމެއް، ނުވަތަ ދެހާސް ވަނަ ޤަރުނު ކަމެއް  އޮޅުމެއް ނުފިލައެވެ. އެހެން ކަމުން އެއީ މި ނަޒަރުން ވިސްނާލެއްވުން މުހިންމު ނުކުތާއެއް ކަމަށް ފެނެ އެވެ. ސަބަބަކީ ''ދެހާސް'' ގެ މާނަ ވަރަށް ތަނަވަސް ކޮށް ދޫކޮށްލައްވާފައި ވާތީ އެވެ.)


Print

ކޮމްޕިޔުޓަރު ތާރީޚުގެ ޚުލާޞާއެއް

ޝާޢިއުކުރީ ޝަމްސުލްފަލާޙު . ހިމެނޭބަޔަކީ އައިޓީ


ޝަމްސުލް ފަލާޙް


ތަޢާރަފު

އެންމެ ފުރަތަމަ ކޮމްޕިޔުޓަރެއް އީޖާދުކުރެވިފައިވަނީ ސީދާ ކޮންކިއަރުކަން ދެންނެވުމަކީ ފަސޭހަކަމެއް ނޫނެވެ. އެހެނީ، ކޮމްޕިޔުޓަރުގެ ވައްތަރުތައް ގިނަވެފައިވުމެވެ. އެހެންކަމުން، އެކި ވައްތަރުގެ ކޮމްޕިޔުޓަރު އީޖާދުކޮށްފައިވަނީ އެކި ތާރީޚުތަކުގައެވެ.

މިލިޔުން ލިޔެވިފައިވާނީ، އެންމެކުރީގެ ކޮމްޕިޔުޓަރުން ފެށިގެން މިއަދު މިބޭނުންކުރާ ވައްތަރުތަކުގެ ކޮމްޕިޔުޓަރު އީޖާދުކޮށްފައިވާ ދުވަސްވަރުތަކާއި މުހިންމު އެހެނިހެން ތާރީޚުތައް ހިމަނައިގެންނެވެ.


(ފޮޓޯ: ދަ އެނެލިޓިކަލް އެންޖީން)
Print

އަހަންނަކީ ކާކު؟

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އަރަތް


އަރަތް - 14


ފޮނުވީ: އާނަ


އަހަރެންގެ އާއިލާ ވަރަށް ބޮޑުވާނެ.  އެކި މީހުން ދިރި އުޅެނީ އެކިތަންތާނގައި. ދިވެހިން އަހަރެމެން އާއިލާގެ އެންމެންނަށް ކިޔަނީ އެއް ނަން. އަހަންނަކީ އާއިލާގެ ތަފާތު ދަރިކޮޅުގެ ތެރޭގައި ހިމެނޭ އެއް ދަރިކޮޅަށް ނިސްބަތްވާ މީހެއް. ދާދި ފަހަކާ ޖެހެންދެން އަހަރެން މި ރާއްޖޭގައި އެންމެ ގިނައިން ދިރި އުޅުނު އެއްތަނަކީ، ބަދިގޭ ދުންހޮޅިތައް. ނުވަތަ ނުސާފު ބަދިގެތައް. އެހެންވެގެން
Print

ޓެކްނޮލޮޖީގެ ބައެއް ސުވާލާއި ޖަވާބު

ޝާޢިއުކުރީ ޝަމްސުލް ފަލާޙް . ހިމެނޭބަޔަކީ އައިޓީ


ޝަމްސުލް ފަލާޙް

މި ލިޔުމުގައި މި ފާހަގަކޮށްލަނީ ޓެކްނޮލޮޖީއާ ވަރަށް ގުޅުންހުރި ވަރަށް އާންމުކޮށްކުރެވޭ ސުވާލުތަކަކާއި ޖަވާބުތަކެކެވެ. އެހެންކަމުން، އަޅުގަނޑު އުއްމީދު ކުރަނީ މިލިޔުމުގެ ޒަރީޢާއިންވެސް ކިޔުންތެރިންނަށް އިތުރު މަޢުލޫމާތުތަކެއް ލިބިގެންދާނެކަމުގައެވެ. މިއީ ސިލްސިލާކޮށް ގެނެސްދެވޭނެ ބައެކެވެ.


ސ. އިންޓަރނެޓުގައި ޑޭޓާ ބެކްއަޕް ނަގާނެ އެންމެ ފަސޭހަގޮތަކީ ކޮބާތޯ؟

ޖ. އެންމެ ފަސޭހަ އިންޓަރނެޓް ބެކްއަޕް ޚިދުމަތަކީ މޮޒީހޯމް އެވެ. އެ ސައިޓަށް ވަޑައިގެންނެވުމަށްޓަކައި މިތަނަށް ކްލިކްކޮށްލައްވާށެވެ. އެސައިޓުގައި ރަޖިސްޓަރީކުރުމުން، ކޮމްޕިޔުޓަރުން މަސައްކަތް ކުރަމުންދާ ވަގުތު، ބެކްގްރައުންޑް މަސައްކަތެއްގެ ގޮތުގައި ބެކްއަޕް ނެގެމުންދާނެއެވެ. މިކަމަށް އެންމެ ފުރަތަމަ ފަހަރު ދުވަސްކޮޅެއް ނެގިނަމަވެސް މިއީ އެންމެ ފަސޭހައިން ހިލޭ މިކަންކުރެއްވޭނޭ ގޮތެވެ. ނަމަވެސް، މިއަށްވުރެ އަވަހަށް ބެކްއަޕް ނެގޭނޭ އެހެން ސައިޓުތައް އިންޓަރނެޓްގައި ވެއެވެ. އަދި ހައްދެއްނެތި ބެކްއަޕް ޖާގަ ލިބެނީ މަހަކު 5 ޔޫ.އެސް ޑޮލަރަށެވެ. އެފަދަ ވަރަށް ގިނަ ސައިޓުތައް އިންޓަރނެޓުގައި ވެއެވެ.
Print

ބިއްލޫރިގަނޑު ތަޅާލާފައި، އެއްމިލިޔަން ޑޮލަރު ގެންދޭ!

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


ފޮނުވީ: އެމް

ފޮޓޯގައި އެވަނީ، ބިއްލޫރި ހަދާ ކާރުޚާނާއަކުން ކޮށްފައިވާ އިޢުލާނެކެވެ.

އެ ކާރުޚާނާއިން ހަދާ ބިއްލޫރިއާމެދު ޔޯލަ ވާހަކަ ދެއްކޭނެ ޖާގައެއް ނެތްކަން ސާބިތުކޮށްދޭ އިޢުލާނެކެވެ.

ބިއްލޫރި ގަނޑުގެ ތެރޭގައި އެވަނީ، އެއްމިލިޔަން ޑޮލަރެވެ.

ބަހައްޓާފައި އެހުރީ އެންމެނަށް އަތްފޯރާ ހިސާބު، މަގުމަތީގައެވެ.

އެއްމިލިޔަން ޑޮލަރުގެ ދެފަރާތުން ޖަހާފައިވާ ބިއްލޫރިގަނޑު ތަޅާލެވޭ ވަރުގެ މީހަކު ހުރިނަމަ، އެކަން ކުރަންވީއެވެ.

އެއްވެސް މީހަކަށް އެކަން ކުރެވިއްޖެނަމަ، އޭގެތެރޭގައިވާ އެއްމިލިޔަން ޑޮލަރަކީ، އެކަންކުރި މީހެއްގެ ޙަލާލު މުދަލެވެ.
Print

ވިންޑޯސް ފިތުގެ ކުރުމަގުތައް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އައިޓީ


ޝަމްސުލް ފަލާޙް

މިލިޔުމުގައި މިބަލާލަނީ، ކީބޯރޑުގައިވާ ވިންޑޯސް ފިތް ބޭނުންކޮށްގެން، ކަންތައްތައް ކުރާނޭ ކުރުމަގުތައް (ޝޯރޓް ކަޓް) ބޭނުންކުރާނެ ގޮތްތަކެވެ.

ވިންޑޯސް ފިތަށް އޮބާލުމުން، ނުވަތަ ވިންޑޯސްފިތާއި އެހެން ފިތަކަށް އެއްފަހަރާ އޮބާލުމުންވެސް ތަފާތު ކުރުމަގުތައް ވެއެވެ. މިކުރުމަގުތައް ބޭނުންކުރާއިރު، އޮބަންވީ ފިތްތަކުގެ ފަހަތުން ފެންނަ ކޯލޯން " : " އަކީ ކޮމާންޑުގެ ބައެއް ނޫންކަން ހަނދުމައިގައި ބަހައްޓާށެވެ. އަދި ބޭނުންކޮށްފައިވާ " + " އަކީވެސް ކޮމާންޑުގެ ބައެއްނޫނެވެ.
Print

އިއްޔެގެ މާލެ - މާލޭގެ ކުނި

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތާރީޚް


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ

ރާއްޖޭގެ ރަށްރަށުގައި ކުނިއުކާލުމުގެ ކަންކަން ޒަމާނުއްސުރެ ހިނގަމުން އައިސްފައިވަނީ ވަރަށް ކަންފަސޭހަ ގޮތަކަށެވެ.  ގޯތިގެދޮރު ކުނިކަހާލީމާ، އެއްވާކުނި، ހަމަ ކުރިމަތީ ޖެހިގެން އޮންނަ ވަލަށް އުކާލައިފާނެއެވެ. އެތަނުގައި ކިތަންމެ ބޮޑު ކިތަންމެ ހަޑި ކުނިފުންޏެއް އުފެދުނަސް ހެވެވެ.  ބައެއްފަހަރަށް އަތިރިމައްޗަށްވެސް އުކާލައެވެ.

މާލޭގައި ވެސް މިކަންއޮތީ މާ ރައްކާތެރި ގޮތަކަށް ނޫނެވެ. އަތިރިޔަށް  ހުސްވާ، ބައެއް މަގުމަގުގެ އަތިރިޔާވީކޮޅުގައި މީހުން ކުނިއުކާލައި، ބޮޑެތި ކުނިގޮނޑުތައް އުފެދިފައި އޮވެއެވެ. މި ގޮނޑުތައް މާބޮޑެތިވުމުން އަވަށު އޮފީސްތަކުން އެވަށެއްގެ   ރައްޔިތުންނެރެ މޫދަށް ގޮނޑުކަހާލަނީއެވެ.  އަހަރެއްގެ     ތެރޭކުނި އުފެދޭ މިންވަރެއް، ކުނީގެ ސަބަބުން ކުރިމަތިވެދާނެ
ނުރައްކާތެރިކަމެއް ބަލައި ދިރާސާ ކުރެވިފައެއް ނޯވެއެވެ.       (ފޮޓޯ: މާލޭ ދެކުނު ފަރާތު އަތިރިމަތި- އިރުމަތީކޮޅު)
         

ހަމަމިގަލަމުން

އިދާރާ