އަދުގެ ޚާއްސަ

ދިވެހި ބަހުގެ ހަމަތަކުގައި ހިމެނޭނޭ އިނުން އޮތުން ހުރުން- ހުރުން

        މި ވެށީގައި  އެހެނަސްވެސް ބުނެދޭނީ  ތަފްޞީލަށް ހުރުން- ހުރުން

ފިރިހެނެކޭ ދޮންބެ އެއީ ކިޔަވަންގޮސް ދޮންބެ ހުރީ މާލޭގައި

        ފިރިހެނުން  ހުންނަހުރުން ބުނެދޭނީ   ލަފުޒުންނޭ  ހުރުން- ހުރުން

27 އޮގަސްޓު (ހޮނިހިރު) އާ ގުޅޭ..

ގައްދޫ މުޙަންމަދު ރަޝީދު

[ބޭބޭއެވެ!] ފައުޒިއްޔާ ވާހަކައިގެ ތެރޭގައި ބުންޏެވެ. [ޖަލާލީ ބޭނުންވަނީ އަޚްލާޤު ރަނގަޅު އަންހެން ކުއްޖެކެވެ. އޭނާއަށް އިންނާނެ މީހަކު ނުލިބިގެނެއް ނޫޅެއެވެ. އެހެން ޤައުމެއްގެ އަންހެން ކުއްޖަކާ އިންނާކަށް އޭނާ ފަހަރެއްގައިވެސް ޤަބޫލެއްނޫނެވެ. އެހެނަސް އޭނާގެ ފައިސާގަނޑާމެދު ދަހިވެތިވެގެން މެހިތަކެއް ފަދައިން އޭނާ ވަށައިގެން އެތައް އަންހެން ކުދިންނެއް އެނބުރުނެވެ.


އިބްރާހީމް ފައުޒީ

ކައިވެނީގެ ގުޅުމަކީ މުޤައްދަސް ގުޅުމެކެވެ. މަތިވެރި ގުޅުމެކެވެ. އެގުޅުމުގެފަހަތުގައި އަޚްލާޤީ ފަރުވާތަކަކާ ގިނަގުނަ ޙައްޤުތަކެއްވާ ގުޅުމެއްވެސް މެއެވެ. ނަމަވެސް ފަހަކަށް އައިސް ބައެއް މުޖްތަމަޢުތަކުން ފެންނަމުންދަނީ ކައިވެނީގެ ގުޅުމުގެ މާނަ އޮޅުވާލާ ތަނެވެ.

ދިރިއުޅުމުގެ މިރީތި އުޞޫލު ބަދަލުކޮށް އިޖްތިމާޢީ މައްސަލަ ތަކެއްގެ ފުން ވަޅުގަނޑަށް ފުންމާލާ ތަނެވެ.


(ތަޝްޠީރެއް)

އަޙްމަދު ޝާހިދު ޙަލީމް (ޝާމް)

"މަޑުމަޑުން  ނަމަވެސް  ދަނީ ހަމަކަށަވަރުން  މުސްކުޅިވަމުން"
    އަޑުގަ ހުރި ނަލަގޮތް މުޅިން ކެނޑި ކުރެހިގެން ގޮސް ބަރުވަމުން

ފަނޑުނުވާ  ގަދަ  ކަޅުކުލައިގާ  ހުރި  މި އިސްތަށިގަނޑު ދަނީ
    "ފަނޑުވަމުން  އިސްތަށިތަކަށް  ލިބިފައިވި ކަޅުކުލަ ހުދުވަމުން"
Print

ނޫރު: ކަސަބުލަންކާގެ އެއްވަނަ ނެށުންތެރިޔާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ނެށުން


ފޮނުވީ: އެމް

ފޮޓޯގައި އެވަނީ، މޮރޮކޯގެ ނެށުންތެރިއެކެވެ. މޮރޮކޯ މީހުން އޭނާއާމެދު ދެކެނީ މޮޅު ނެށުންތެރިއެއް ކަމަށެވެ. މިޞްރު މީހުން ދެކެނީ، މޮރޮކޯގައިވާ ޢަރަބި ނެށުމުގެ ސަފީރާ ކަމަށެވެ.

ރީތި އަންހެނެކެވެ. އިސްކޮޅުން ދިގެވެ. ހިނގުމާއި މުޢާމަލާތްކުރުމުގައި ނިކަން އަންހެން ވަންތަކަން ހުރެއެވެ.

މިރީތި އަންހެނާގެ ޙަޔާތުގައި ތަފާތު މަރްޙަލާތައް ކަޑައްތުކޮށްފައި ވެއެވެ. އުފާވެރި މަރްޙަލާތަކާއި ދަތި އުނދަގޫ މަރްޙަލާތަކެވެ.

އޭނާ ބުނެއެވެ. "ކޮންމެ އިންސާނަކަށް އެމީހަކު އުޅެން ބޭނުންވާ ގޮތުގެ ޙައްޤު ލިބިގެންވެއެވެ. އަދި ކޮންމެ ތަރިއަކަށް އެތަރިއެއްގެ ވައްޓަފާޅިއާއި ޝަޚުޞިއްޔަތު ލިބިގެންވެއެވެ."

ކޮންމެއަކަސް، މިރީތި މޮޅު ނެށުންތެރިއާގެ ސަޕޯޓަރުން އޭނާ ވަރަށް ރަނގަޅަށް ދަނެއެވެ. އޭނާގެ ވާހަކައަކީ ކަސަބުލަންކާގެ އަންހެންވެރިން ނެތިމޮށޭއިރު ދައްކާ މަޝްހޫރު ވާހަކައެކެވެ.
Print

ހަތަރެސްފައިގެ އިނގިލި ކާ ކުއްޖެއް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޤަބޫލުކުރަންދަތި


ފޮނުވީ: އެމް

ކުޑަކުދިން އިނގިލި އަނގަޔަށް ލައެވެ. އިނގިލި ބޮއެވެ. އެއީ ކުޑަކުދިންގެ ޠަބީޢަތެވެ. ނަމަވެސް އެކަމާމެދު ބެލެނިވެރިން ކަންބޮޑުވެއެވެ. ބައެއްފަހަރު އެއީ ވަރަށް ކަންބޮޑުވާން ޖެހޭ މައްސަލައަކަށް ވެސް ވެދެއެވެ.

ފޮޓޯގައި އެވަނީ މޮރޮކޯގެ ތާޒާ ނަމަކަށް ކިއުނު ރަށުގެ ކުއްޖެކެވެ. ޢުމުރުން ފަސް އަހަރުގެ ޞަފާ ނަކަމަށް ކިޔާ މި ލޯބިލޯބި ކުއްޖާގެ ދެއަތަށް ނިކަން ބައްލަވާލައްވަ ބައްލަވާށެވެ!
Print

ގިޔާމަތުނާމާ (19ން 30އަށް)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

ފޮތް ލިޔުއްވީ: ފަޟީލަތުއްޝައިޚު އަލްމަރުޙޫމު ޢަބްދުﷲ ޖަލާލުއްދީން
ޅެމުގެ ދޭހަ:    އާދަމް ނަޞީރު އިބްރާހީމް 
                                              
19-  ނަގާ ސަފަރުގައިވީ ރިޔާތައް އެކީގައި،
               މަގާ   ރިވެތި ތަޤުވާގެ   އޮޑި ފޭކުރާނޭ

ދުނިޔޭގެ ޙަޔާތުގައި އާޚުރަތުގެ ނަޞީބަށް ވާޞިލުވުމަށް މި ކުރާ ދަތުރުގެ އަމާޒު މުޅިން ބަދަލުވެދާނެވެ. މި ޙަޔާތް އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވެން އޮތީ ތަޤުވާވެރިވީ މިންވަރަކުންނެވެ. އެކަމަކު ޅެންވެރިޔާ ގަސްތުކުރައްވާ ޒަމާނަށް ދުނިޔޭގެ ޢުމުރު ހިނގައްޖެނަމަ، ދިރިއުޅުމުގެ އުސޫލުތައް ބައްޓަންވެގެންދާނީ  ތަޤުވާވެރިކަމާއި ދީންވެރިކަމާ ވަރަށް ވެސް ދުރުގައެވެ.


20-  މިބާވަތްވެގެން މަހުޖަނުން ތާޖިރުންވެސް،
                ރިބާކައި ހަދައި،  މިނެކިރުން ލުއިކުރާނޭ

ފައިސާވެރިންނާއި ވިޔަފާރިވެރިންވެސް ހިނގަމުންދާނީ މި މަގުންނެވެ. ޙައްޤުމަގުން އެއްކިބާވެގެންނެވެ. ވިޔަފާރީގައި މިނެކިރުންލުއިކުރާނެއެވެ. (މަކަރުހަދާނެއެވެ.) ރިބާކާނެއެވެ.

Print

ސާޅީސް އަހަރު ވަންދެން މޫނު ފޮރުވައިގެން އުޅުނު އަނބިމީހާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


ފޮނުވީ: އެމް

ސުޢޫދީ ޢަރަބިއްޔާއާއި ގަލްފުގެ ބައެއް ޤައުމުތަކުގެ އަންހެނުން މޫނު ފޮރުވައިގެން އުޅޭވާހަކަ އަޑުއައްސަވަމެއް ނޫންތޯއެވެ؟ އެއީ ޢަރަބި ޖަޒީރާގެ ރަށްފުށުގެ ބައެއް އަންހެނުންގެ އާދައެކެވެ. ދަރިން ލިބި މުސްކުޅިވާއިރު، ފިރިމީހާއަށް ވެސް އެހިސާބުގަނޑުގެ ބައެއް އަންހެނުން މޫނު ނުދައްކައެވެ. ސިއްރިޔާތުގައި ފިރިމީހާ، އަނބިމީހާގެ މޫނު ބެލިޔަސް ވަރިވުމަކީ އެބައިމީހުންގެ ގާތުގައި އަނބިމީހާގެ ޙައްޤެކެވެ.

މިމައްސަލަ ޢާއްމުންގެ ހޭލުންތެރިކަމަށް ގެނައީ، 2007 ވަނަ އަހަރު، ސުޢޫދީ ޢަރަބިއްޔާގެ އައްރިޔާޟު ދުވަހު ނޫހެވެ. އެނޫހުގެ އޮކްޓޯބަރ 7 ވަނަ ދުވަހުގައި ގެނެސްދިން އާދަޔާ ޚިލާފު ޚަބަރަކުންނެވެ. އެ ޚަބަރުގައިވަނީ، ޢުމުރުން 50 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ އަންހަކު އޭނާގެ ފިރިމީހާގެ ގާތުން ވަރިވުމަށް އެދި، ގެއިން ނުކުމެގެން ދިޔަ ވާހަކައެވެ. ސަބަބަކީ، 30 އަހަރު ވަންދެން އިނދެގެން އުޅުނު ފިރިމީހާއަށް، މޫނު ނުދައްކާ އުޅެނިކޮށް، ފިރިމީހާ މޫނު ބަލަން އުޅުނު ކަމެވެ.
Print

އެވެސް ދުވަހެއް- މި ވެސް ދުވަހެއް

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2006) 
          ޝާޢިރުލްމަޤުތޫލް


ދުށީ އެއް އުންމަތެއް، އުފަލުން ފަޚުރުވެރިވާ، އެވެސް ދުވަހެއް 
 ކޮށީ ކޮން މަގުތަކެއް، އެކަމުން ފިތުނަވެރިވާ،   މިވެސް ދުވަހެއް


އެކެއް އަނެކެއްގެ ޙުރުމަތުގާ ވެލީ ޤުރުބާން، އެވެސް ދުވަހެއް 
 އެކެއް އަނެކެއްގެ މަަަރުހިފުމަށް ފެށީ ތެދުވާން،  މިވެސް ދުވަހެއް



Print

އިއްޔެގެ މާލެ-1

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތާރީޚް

މާލޭގެ ފެން

އާދަމް ނަޞީރު އިިބްރާހީމް

1970ވަނަ އަހަރު ރާއްޖޭގައި  މަރުވިކަމަށް ރެކޯޑްކުރެވިފައިވާ ކުޑަކުދިންގެ  %50.5 އަކީ ޞިއްޙީގޮތުން ރައްކާތެރިކަން ނެތް ނުސާފު ފެން ބޭނުންކުރުމުގެ ސަބަބުން މަރުވި ކުދިންކަމަށް އދ.ގެ ޞިއްޙަތާބެހޭ ޖަމިއްޔާއިން ބުނެފައިވެއެވެ.  މި ކަންފާހަގަކުރައްވާފައިވަނީ އެ ޖަމިއްޔާގެ ސެނިޓަރީ އިންޖީނިޔަރ މިސްޓަރ ކުކިއެލްކާގެ ރިޕޯޓެއްގަ އެވެ.  އެއަހަރު 1646 ކުދިން ރާއްޖޭގައި ޅަފަތުގައި މަރުވެފައިވެއެވެ. 

Print

ފިހުނު ބަނބުކެޔޮ

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ސުފުރާ

     ބޭނުންވާތަކެތި
 
1- ދަރު އުނދުނެއް، ނުވަތަ އުނދުނެއްގެ ގޮތުގައި ބޭނުންކުރެވޭނެ ބިމުގެ ފަސް ހިކިތަނެއް.
2- ހިކި 4 އުނބު،  ނުވަތަ ހެޔޮވަރު 4 ކާށީގެ ހިކި ބޮނބި.
3- ބަނބުކޭލެއް. (ހެޔޮ ވަރަށް ފުށްއަރާލާފައިވާ، ނުވަތަ ފާވެފައިވާ)
4- ވަޅިއެއް
5- ފަތް ހިނގުލެއް (ދޮންކެޔޮ ފަތެއްގެ ފަހަތުގައި)
6- އަލިފާން.

Print

މަންމަގެ ފުރާނަ ހިފަހައްޓާދޭށެވެ!

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އިޖުތިމާޢީ

                 
އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ

    އަހަރެންގެ ލޯބިވާ މަންމަގެ އުމުރުން 57 މިލިޔަން އަހަރުވެއްޖެއެވެ. މަންމައަށް ކުދިންލިބެންފެށިފަހުން، 4000 އަހަރުވެއްޖެއެވެ. މިހާރު މަންމަގެ އުފަން ދަރިންގެ ގޮތުގައި، 3 ލައްކަ  އެތައްހާސް ދަރީންނެއް  އެބަތިއްބެވެ.  މި ކުދިންގެ ޚިދުމަތުގައި، ބައިލައްކައަށްވުރެ ގިނަ ބިދޭސީ ނޯކަރުން ވެސް އެބަތިއްބެވެ.  މަންމަގެ އުފާވެރި މޫނު ދެކިލައި ބައްދަލުކޮށްލަނ
Print

އަރަތް 1: ހަތް ކިލޯގުރާމުގެ ރަން ދީފައި ގެއެއް ގަތުން.

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އަރަތް


ފޮނުވީ: އެމް

މީހަކު ގެއެއް ގަންނަން ބެލިއިރު، އެ ގޭގެ އަގަކީ، ހަތް ދުވަސް ވަންދެން، ކޮންމެ ދުވަހަކު ކިލޯގުރާމެއްގެ ރަން ދިނުމެވެ.

އެ ގެ، ގަންނަން ބޭނުންވި މީހާގެ އަތުގައި އޮތީ އެއްކޮށް އޮތް ހަތް ކިލޯގުރާމުގެ ރަންގަނޑަކާއި ރަންކަފާ ދެ ވަޅިއެވެ.
Print

އަރަތް 2: ކުކުޅު ބެހުން

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އަރަތް


ފޮނުވީ: އެމް

މީހަކު ނިޔާވިއިރު، އޭނާގެ މިލްކުގައިވާ ކުކުޅުތަކެއް ބެހުމަށް ވަސިއްޔަތްކުރިއެވެ. އެކުކުޅުތަކުގެ ޖުމްލަ ޢަދަދަކީ 17 އެވެ. އެ 17 ކުކުޅު ބަހަން ޖެހެނީ އޭނާގެ 3 ދަރިންނަށެވެ. އޭނާ ވަސިއްޔަތްކޮށްފައިވަނީ:
އެންމެ ދޮށީ ދަރިފުޅަށް ދެބައިކުޅަ އެއްބައި ދިނުމަށެވެ.
ދެވަނަ ދަރިފުޅަށް ތިންބައިކުޅަ އެއްބައި ދިނުމަށެވެ.
ތިންވަނަ ދަރިފުޅަށް ނުވަބައިކުޅަ އެއްބައި ދިނުމަށެވެ.
އަދި އެއްވެސް ކުކުޅެއް މަރާނުލައި، ކުކުޅުތައް ބެހުމަށް ވެސް އޭނާ ވަސިއްޔަތްކޮށްފައި ވެއެވެ.
Print

ތާގައި ސުކުން ނުކުރައްވާ!

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އެނގޭތަ

ކިހިނެއް؟ މި ހެންލިޔާއިރު ބަހުގެ ރަނގަޅު ގޮތަކީ އަލިފެއްގައި ސުކުން ކުރުން. ތާއެއްގައި ސުކުން ނުކުރުން.

Print

މުސްލިމު ސައިންސުދާނުން - 02

ޝާޢިއުކުރީ އަޙްމަދު ފަހުމީ . ހިމެނޭބަޔަކީ ޚާއްޞަ



خَالِدُ بْن يَزِيْدُ بْن مُعَا وِيَةُ
85 ހ. 707 މ.

އަޙްމަދު ފަހުމީ

ތަޢާރުފު
خالد އަކީ، ބަނީ އުމައްޔާގެ ޝާހީ ޚާންދާނުގެ ބޭފުޅެކެވެ. ތަރުބިއްޔަތު ލިބިވަޑައިގަތީ، ޝާހީ ގަނޑުވަރުގަ އެވެ. ތަޢުލީމާއި ތަރުބިޔަތު ވަރަށް ރަނގަޅަށް ޙާޞިލުކުރެއްވި އެވެ. ޚާލިދު ޝައުޤު ވެރިވެ ވަޑައިގަތީ، ޢިލްމީ ދާއިރާއަށް (ސައިންސަށް) ކަމުގައިވާތީ، ވެރިކަމާބެހޭ އެއްވެސް ކަމެއްގައި މަޝްޣޫލުވެ ވަޑައެއް ނުގަންނަވަ އެވެ. މީނާއަށް ވެރިކަމަށް ބައިޢަތު ހިފުނެވެ. ނަމަވެސް އެ ކަމުން އޭނާ އެއްކިބާވެ ވަޑައިގަތެވެ.

Print

ބައްޕައަށް މިގޮތް ރަނގަޅުބާ؟

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ހެއްވާމަޖާ

 
ދަރިފުޅު: ބައްޕާ ކީއްވެތަ މާމަޔަށް ލަކުޑިން ހަދާފައިވާ ތަށީގައި ކާންދެނީ.
ބައްޕަ:    (ކުޑަކޮށް ހީނލާފާ) ކިހިނެއްވީ ދަރިފުޅާ! މާމަ މިހާރު މުސްކުޅިވެ އެހެން ބަލި އެނދުގައި އޮންނަތާ އެތައްޒަމާނެއް.
           މާމަ އަތުން ތަށިވެއްޓި ތެޅޭނެތީ ލަކުޑި ތައްޓަކަށް އަޅާފައި އެއްޗެހި ބަހައްޓަނީ.   
Print

ޗާޓުވަނީ ކުރެހިފައި

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން

1. ފުރިހަމަތަނެއްހެން ހީވެދާއިރު ޢާލަމުން،
                އެތަކެއް ތަފާތުތަކެއް ލޮލަށް ފެނިދާކަމީ،
                                ﷲ ލެއްވެވި ލާމަސީލުވި ސުންނަތޭ.

Print

ޙަޔާތުގެ އިރާދަ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އަބުލްޤާސިމް (އައްޝާއްބީ)
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން



1. އެދޭނަމަ ޙަޔާތުގަ އުޅެން ދުންޔަވީ،
                             ތަބާވާން ޖެހޭނެޔެ ކަތުން މިންވަރަށް.
2. ޖެހޭނެޔެ މުޅިން ފުނޑުވުމަށް ޤައިދުތައް،
                             ޖެހޭނެޔެ މުޅިން ހަމަ ނިމެން ރޭގަނޑަށް.
3. ޙަޔާތާ މެދަށް ޝައުޤުވުން ނެތް ކަތުން،
                             ބުރައިގެން ހިނގައިދެޔެ ވެގެން ހިރަފުހަށް.
4. ނިވާވެވިފަވީ ރޫޙުތައް ވެސް އައިސް،
                             މިހެން އެންގިޔޭ ކާއިނާތްތައް މަށަށް.

Print

ޙާފިޡުގެ 5 ވަނަ ޣަޒަލު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން

1. ތަށްޓާ ޝަރާބު ސާޤީ، ނޫރުން އަޅައި ފުރައިދީ!
                  ހުއްޓާ ނުލާ ތި ބުލްބުލް ލަވަތައް މަށަށް ކިޔައިދީ!

Print

ސުއާލު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ޑރ. މުޞްޠަފާ މަޙުމޫދު
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން



1. މިކުރާ ދަތުރު ނިމިދާހުށީ ފަހެ، ކޮން އިރަކު؟
        މާޒީވެދިޔަ ތަން ގޮސް ވަނީ ފަހެ، ކޮން ތަނަކު؟
                ހުނުމުގެ އަޑާ، ޅަޢުމުރު ދިޔައި ވެސް ކޮން މަގަކު؟
                        ގިރިގެން ދިޔައިހޭ ވީނުވީއެއް ނޭގުމަކު؟؟؟

2. ފެންގަނޑުމަތީ އެޅުމުން ރޮނގެއް ފޮހެވޭ ފަދައިން،
        ކުރެހޭ ނަޤުޝް ވެލިގަނޑު މަތިން ނެތިދާ ފަދައިން،
                ދުވަހަކު އެޔެއް މި ވުޖޫދުގައި ނުމެވާ ފަދައިން،
                        ފެނިފައި އިސާހިތު ގެއްލިދިޔަ ވަހުމެއް ފަދައިން.

Print

އަދިވެސް ލަހެއްނުވޭ ...

ޝާޢިއުކުރީ މައިކް . ހިމެނޭބަޔަކީ ވާހަކަ



ލިޔުނީ މައިކް

އިރުއެރުމާއި އިރު އޮއްސުމާއި ދުނިޔެ ދައުރުވުމުގެ ނިޒާމަކީ އިލާޙީ ޤާނޫނުގެ ހަމަތަކާޢި އެއްގޮތަށް ކޮންމެ ދުވަހަކުވެސް އެއް އުސޫލަކުން ހިނގަމުންދާތަން އަޅުގަޑުމެންނަށް ފެންނަ ކަންތައްތައް ކަމަށްވާތީ އެކަމާއި ބެހޭގޮތުން ފިކުރުކޮށް ޚިޔާލުކޮއްލާ އުޅޭ މީހަކު މަދުވާނެއެވެ. ހަމަ އެހެންމެ އަޅުގަޑުމެންނަށް މުޅިން އަލަށް ފެންނަ ކަންތައްތަކާއި ތަކެއްޗަކީވެސް އަބަދުމެ ފެންނަ ކަންތައްތަކާއި ތަކެއްޗަށް ބަދަލުވެއްޖެނަމަ، އެއީ ކޮންމެ ގޮތަކަށް ހިނގާކަމެއްވިޔަސް އަދި ކޮންމެ ފަދަ އެއްޗެއްކަމަށް ވިޔަސް އެއީ ވަރަށް އާދައިގެ ކަންތައްތަކާއި ތަކެތިކަމުގައި ގަބޫލުކުރެވޭތަން އާދެއެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ