އަދުގެ ޚާއްސަ


ލިޔުން: ޝިފްޒާން އަޙްމަދު

ފޮޓޯ: މ. ޝަފީޤު
ފްލިކަރ


ޙިކުމަތްތެރިންކުރެ ބައެއް ބޭފުޅުން ވިދާޅުވާގޮތުގައި، ވެރިކަމެއްގެ އާރާއި ބާރު ގަދަކޮށް ޝާނާއި ޝައުކަތު ހިފެހެއްޓުމުގެ އެންމެ މުހިންމު ބާރަކީ ޢަދުލުވެރިވުމެވެ. އަދި އަނެއްބައި ބޭފުޅުން ދެކިވަޑައިގަންނަވާގޮތުގައި މުޖުތަމަޢުގެ ދަހަނާއަކީ ޢަދުލުވެރިވުމެވެ. މުޖުތަމަޢުގެ އެތެރޭގެގުޅުންތައް ބަދަހިކޮށް ގަދަފަދަކުރާ ބާރަކީ އިންޞާފުވެރިކަމެވެ. މުޖުތަމަޢުގެ ހަމަޖެހުމާއި ކުރިއެރުމުގެ އަޞްލަކީ ހަމަހަމަކަމާއެކު ކަންކަން ނިންމުމެވެ.ހަމަގައިމުވެސް އިޖްތިމާޢީ ހަމަޖެހުމާއި ޤައުމުގެ އަގުތަކުގެ ފޭރާން ޙިމާޔަތްކުރުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ އިންޞާފުވެރިވުމެވެ. ކޮންމެ ޖަމާޢަތެއްގައިވެސް އެޖަމާޢަތެއްގެ މަޞްލަޙަތުތައް ޙިމާޔަތްކުރާނެ ޤާނޫނުތަކެއް ނުވަތަ ޤަވާޢިދުތަކެއް އެކަށައެޅެއެވެ.


އިންސާނީ މުޢާމަލާތުގައި މުއާޞަލާތުކުރުމުގެ ތަފާތު އެތައް ގޮތްތަކެއް ވެއެވެ.


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އަރަބި ބަހުގެ އަޞްލުން އައިސް ދިވެހިބަހަށް ވަދެ ދިވެހިވެފައިވާ ދެ ލަފުޒެވެ. "މުއާޞަލާތު" ކުރުމެވެ. "މުޢާމަލާތު" ކުރުމެވެ. މިހާރު ދިވެހި ދެ ލަފުޒެވެ. ދިވެހިބަހުގެ ރަދީފުގައި ހިމެނޭ ދިވެހި ދެ ލަފުޒެވެ. އެހެންކަމުން އެ ލަފުޒު ދިވެހި ބަހަށް އައި ގޮތަކާއި އައި ތަނެއް ބެލުމަކީ އަޅުގަނޑުގެ މިއަދުގެ މައުޟޫއެއް ނޫނެވެ. އަޅުގަނޑު މިއަދު ބަލައިލާނީ މި ދެ ލަފުޒުގެ މާނައާއި ދިވެހިބަހުގައި މި ދެލަފުޒު ބޭނުންކުރާ ގޮތުގެ މައްޗަށެވެ.

ދިވެހިބަހުގެ ރަދީފުގައި ވާ ގޮތުން، މުޢާމަލާތުގެ މާނައަކީ ދުނިޔަވީ ކަންތައްތަކުގައި ދެ ފަރާތެއްގެ ދެމެދުގައި ހިންގާ ގުޅުމެވެ. މިސާލަކަށް ވިޔަފާރި ކުރުން ފަދަ ކަންތައްތަކެވެ.


އަޙްމަދު ޝަމީނު ދޮންމަނިކު (2006)

ކިއްސަރު ހެޔޮ އޮޑިއެއް ބަންނަން، ފަށަން ބެހެއްޓުމާހަމައިން، އެ ނެރުން ނިކުމެ ތަމަލަ ކަނޑު ކަފަން ފެށުމާ ދެމެދު ވަރަށް ގިނަ މަޑޫތަކެއް އިންދަންޖެހެއެވެ. ވަރަށް ގިނަ މަލަރުކުރުންތަކެއް މަލަރުކުރަންޖެހެއެވެ. އާދޭހެވެ. ހަމައެފަދައިން ރަނގަޅު ލިޔުމެއް ލިޔަން ގަލަން ކަރުދާސްގަނޑުގައި ޖައްސާލުމާ ހަމައިން އޭގެ ބުގިސް ބަސްތައް ހިތްތަކުގެ ދަރަކަށް ފޯރުމާ ދެމެދު ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ. މާވަޑިޔާ ވެސް އަދި ލިޔުންތެރިޔާވެސް ވަރަށް ގިނަ އޮޅިތަކެއް ގިރާކުރަން ޖެހެއެވެ. އަދި ވަކިން ޚާއްޞަކޮށް ލިޔުން ތެރިޔާ ލިޔަނީ އަދަބީ ލިޔުމެއްނަމަ ވިސްނަންޖެހޭ ތަފާތު ދާއިރާތަކެއް ހުރެއެވެ. މިލިޔުމުގައި އަޅުގަނޑު ބަލައިލާނީ ރަނގަޅު އަދަބީ ލިޔުމެއް ލިޔާނެ ގޮތަށެވެ.
dhivehi dhidha

ލިޔުނީ: އަޙްމަދު އަޖްމަލް ޙާމިދު

ޤައުމަކީ ކޮބައިތޯ؟

އާއްމު ބަސްމަގުގައި ޤައުމަކީ ސިޔާސީ ގޮތުން ވަކިވަކި ދައުލަތްތަކެވެ. ޖޯޣްރަފީ މުޞްޠަލަޙުގައި ޤައުމަކީ ސިޔާސީ ގޮތުން ބައިވެފައިވާ ވަކި ބިމުގެ ނުވަތަ ޖޯޣްރަފީ ސަރަޙައްދެކެވެ. މިމާނައިގައި ޤައުމެއް ޤައުމުއްގެ ގޮތުގައި އޮތުމަށް ބޭނުންވާ އަސާސަކީ ސިޔާސީ ގޮތުން މިނިވަންވެފައިވާ ވެރިކަމަކާއި ބަޔާންވެގެން، އިންކަނޑައެޅިފައިވާ ސަރަޙައްދެކެވެ. ދިވެހި ބަސްފޮތުގައި "ޤައުމު"، މިލަފުޒުގެ މާނަޔެއް ނެތްކަން މިރުފުޞަތުގައި ފާހަގަކޮށްލަމެވެ. މަތީގައިވާ ތަޢުރީފުތަކަކީ ވިކިޕީޑިޔާއިން ނެގިފައިވާ ތަޢުރީފުތަކެކެވެ.
Print

ބާ ޔަށް ގޮސް ރާ ބޯން އިން އިރު...!

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވާހަކަ


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2008)


އުސްތުނބަށް ހުރި ރާތަށި ފުވާދުގެ އަތަށް ފޯރުކޮށްލެވުނެވެ. ހަލުއި ޙަރަކާތަކާއެކު، އޭނާ އެތަށީގައި ހިފީ ބޮވައިގެންފައި އިންލެއް ބޮޑުކަމުން، އެކަންޏެއް ނޫނެވެ. ބެންކޮކުގެ ވައިގެ ބަނދަރާ ބެހޭ ޚަބަރުތައް އޭނާގެ ސިކުނޑިޔަށް ކުރާ އުނދަގުލުގެ ސަބަބުންވެސް މެއެވެ. އޭނާގެ ފިކުރުތައް ގުޅިފައިވަނީ އެ ވައިގެ ބަނދަރާއެވެ. އެތާނގައި ނުފުރި ބަންދުވެފައި އޭނާގެ ތިން ދަރީން އެބަތިއްބެވެ. ޙަލާލު އަނބި މީހާ، ޝަރުމީލާ ވެސް އެބަ އިނެވެ. ޝަރުމީލާ ބައްޕަގެ ބޭހަށްޓަކައި ޝަރުމީލާ ގޮވައިގެން، އިންޑިޔާއަށް ކުރަންޖެހޭ ދަތުރުވެސް ކުރެވެން އޮތީ، މި ކަމުން މިނިވަން ވެގެންނެވެ. މި ފަދަ އެތައް ކަމަކާހުރެ، އެޚަބަރު ލިބުނީއްސުރެ އޭނާގެ އަރުތެރެއަށް އަދި ކާހިތުން ކާއެއްޗެއް، ބޯހިތުން ބޯއެއްޗެއް އެތެރެ ކުރެވިފައެއް ނުވެއެވެ. އެކުން ބޮޑަށް ހާސްވާގޮތްވީ އެތަން ޙިޞާރު ކޮށްގެން ތިބި މީހުންނާ ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގަން އުޅޭކަމުގެ ޚަބަރު ލިބުމުންނެވެ. އެހެންނަމަވެސް....

Print

މަޖުބޫރު ލޯބި (13)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ


ގައްދޫ މުޙަންމަދު ރަޝީދު

ފައުޒިއްޔާގެ ފޯނުގެ ވަގުތު ކައިރިވަމުން އައިވަރަކަށް އޭނާގެ ހާސްކަން އިތުރުވަމުން ދިޔައެވެ. އަޖައިބެއްފަދަ ކަމެކެވެ...... ފޯނު ރަނގަބީލު ވެއްޖެއެވެ.

ރިސީވަރު އުފުލުމާއެކު އޭނާގެ ހިތް ތުރުތުރު އަޅައިގަތެވެ.

އެކަމަކު މިއީ ފައުޒިއްޔާގެ ފޯނެއް ނޫނެވެ. ވަހަކަ ދައްކަނީ ތާބުޝްއެވެ.

[މައްސަލަ ނިމިއްޖެ ހެއްޔެވެ؟ ޚަބަރު ކިހިނެއް ހެއްޔެވެ؟]
Print

ތަމްރީނަށް ބޭނުންވާ ކަންތައްތައް ދެނެގަތުން - 03

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


19 ޖުލައި (އާދީއްތަ)އާ ގުޅޭ....

ތަމްރީނު ޕްރޮގްރާމަކަށް، ބޭނުންވާ ކަންތައްތައް ބަލައިހޯދާނެ ގޮތް


ބިންމާ އިބްރާހީމް ވަޙީދު


ތަމްރީނު ޕްރޮގްރާމަކަށް ބޭނުންވާނެ ކަންތައްތައް ބަލާހޯދުމަކީ، ކަނޑައެޅިފައިވާ ވަކި އުސޫލެއެއްގެ މަތިން، ހިއުމަން ރިސޯސް ޑިވެލޮޕްމަންޓު ޕްރޮގްރާމެއް ރޭވުމެވެ. މި އުކުޅު ބޭނުންކޮށްގެން، އޮގަނައިޒޭޝަނެއްގެ މުސްތަޤުބަލަށް އޭގެ އަސަރު ކުރާނެ، ތަފާތު އެތަކެއް ސަބަބުތަކެއް ދެނެގަނެވޭނެ އެވެ. މި ބޭނުންކުރެވޭނީ، އޮގަނައިޒޭޝަނުން ހާސިލު ކުރަން ބޭނުން ލަނޑުދަނޑިތަކާއި، ހާސިލުވަމުން އަންނަ ލަނޑުދަނޑިތަކުގެ ތަފާތު ދިރާސާ ކުރުމަށެވެ. އޮޅުމެއް ނެތް ގޮތުގައި، އޮގަނައިޒޭޝަން އަކީ، ވަކިވަކި ފަރުދުންތަކެއްގެ މައްޗަށް އެކުލެވިފައިވާ ޓީމެކެވެ. އެހެންކަމުން، އޮގަނައިޒޭޝަނެއްގެ ޕާރފޯމަންސްގެ ވާހަކަ ދައްކާއިރު، މީގެ މާނަ އަކީ، އެ އޮގަނައިޒޭޝަނެއްގައި ޚަރަކާތްތެރިވާ ވަކިވަކި ހުރިހާ ފަރުދުންގެ ޕާރފޯމަންސް އެވެ. ތަނަށް އަސްލު ބޭނުންވާ ގޮތާއި، ކަންހިނގަމުން އަންނަ ގޮތުގެ ތަފާތު ރަނގަޅަށް ދަނެގަނެވުމުން، އެ ތަފާތު ކުޑަ ކުރާނެ ތަމްރީނު ޕްރޮގްރާމެއް ހިންގާނެ ގޮތުގެ ތަސައްވުރެއް އޮންނާނީ ލިބިފަ އެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ