ޢަބްދުލްމުޢީދު ޙަސަން
މިއަރަތަށް އިނާމެއް ކަނޑައެޅިފައެއް ނެތެވެ. ނަމަވެސް މިއީ ހަމަ ކޮންމެ ބޭފުޅަކު ވެސް ޖަވާބު ދެއްވަން އެންމެ ރަނގަޅު އަރަތެކެވެ.
މީހަކު އޭނާގެ ރަޙުމަތްތެރިޔަކަށް މި އަރަތް ޕޯސްޓުން ފޮނުވުމުން، އެ ރަޙުމަތްތެރިޔާ އޭނާގެ އަނބިމީހާގެ ގާތުގައި ބުންޏެވެ. "ޙަލާލުކުރެއްވި ކަންތައްތަކުގެ ތެރެއިން މާތް ﷲ އެންމެ ރުހިވޮޑިނުގަންނަވާ ކަމަކީ ވަރި އެވެ."
އަނބިމީހާ ބުންޏެވެ. "ތިއުޅެނީ އަހަރެން ވަރިކުރަން ހެއްޔެވެ؟"
ފިރިމީހާ ބުންޏެވެ. "ނޫނެކެވެ. މިއުޅެނީ އަހަރެމެން ދެމީހުންނަށް ދަރިން ނުލިބޭތީ އެހެން މީހަކާ އިންނަން ކަމަށެވެ."
އަނބިމީހާ ބުންޏެވެ. "ތިކަމުގައި ޢަދުލުވެރިވުން ނޫން ކަމެއް ތިބާގެ ކިބަޔަކުން ނޭދެމެވެ."