ސާދުނާ ޢަބްދުލްކަރީމް

މިއަދަކީ  ސާދަސަތޭހަ އެކާޅީސް ވަނަ އަހަރުގެ އަޟުޙާ ޢީދު ދުވަހެވެ. އަޟުޙާ ޢީދަށް އައިރާގެ ޢާއިލާ ރަށަށް މި އައީ އެތައް އަހަރެއްގެ ފަހުންނެވެ.  އައިރާ އެދުނު ފަދައިން ޢީދުނަމާދަށް ދާން އޭނާގެ މަންމަ ފަހައިދިނީ  އަޅިކުލައިގެ އަތްދިގު ހެދުމެކެވެ.  އައިރާ  ޢީދު ނަމާދަށް ދިޔައީ އެއްފުރާގެ އަވައްޓެރި ކުދިންކޮޅަކާ އެކުގައި އުތުރު އަވަށު އައު މިސްކިތަށެވެ. 


މުޞްލިޙު
 
1 - ކީރިތި ރަސޫލާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، ރަބީޢުލްއައްވަލު މަހެއްގެ 12 ވަނައަށްވީ ހޯމަ ވިލޭރެއެއްގައި ކަމަށް ސީރަތު ޢިލްމުވެރިންގެ އަރިހުގައި މަޝްހޫރުވެފައިވެ އެވެ.

އެކަމަކު، ތާރީޚު ޢިލްމުވެރި ބުރަވެ ވަޑައިގަންނަވަނީ، ކީރިތި ރަސޫލާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، ރަބީޢުލް އައްވަލުމަހެއްގެ 9 ވަނައަށްވީ ހޯމަ ވިލޭރޭ ކަމަށެވެ.

އެއީ އިތުބާރު ހުރި ފަލަކީ ޙިސާބުގެ ހަމަތަކުން  ބެލީމާ، އެބޭފުޅުންނަށް ލިބިވަޑައިގަންނަވާ ނަތީޖާގެ ބައްޗަށް ބައްލަވާފައެވެ.


9 އޮކްޓޯބަރ (ހުކުރު)އާ ގުޅޭ....


އަޙްމަދު އަސްލަމް


ފަލަކު ކޮޓަރިން ނުކުމެފައި މަރިޔަމަށް ބަލަން ހުރެފައި ހިނިގަނޑު ފަޅައިގެން ދިޔައެވެ. އެވަގުތު މަރިޔަމް ނުބައި ގޮތަކަށް ފަލަކާއި ދިމާއަށް ބަލައިލިއެވެ.
"މިހާރު ކިހިނެއް ވެގެން ތި ހެނީ" މަރިޔަމް މޫނު ކުނިކޮށްގެން ހުރެ ވާހަކަ ދެއްކިއެވެ.

"މަންމާ. ތިހެދުން ތި އޮތީ އެކޮޅުކޮޅުން. ދެން ހެވޭނެ އެއްނު. މަންމައަށް އެވަރުވެސް ނޭންގުނު. އެކަމަކު ތީ ބޮޑު ވަރު." ފަލަކު އައިސް ހެދުން ރީތިކޮށް މަރިޔަމްގައިގައި ޖެއްސިއެވެ.
"ލޯބި. މަންމައާއި ވަރަށް ގުޅޭ." ފަލަކުއަށް އެހެދުން ވަރަށް ކަމުދިޔައެވެ. މަރިޔަމްގެ މޫނުމަތިން ހިނިތުން ވުން ވެރިވެގެން ދިޔައެވެ. ފަލަކުއަށް ގައިމުވެސް އެހެދުން ވަރަށް ރީތިވެއްޖެއެވވެ.
"އަސްލުވެސްތަ؟ މަންމަ މިހެދުން ލީމަ ވަރަށް ހިތްގައިމުވާނެހެން ދަރިފުޅަށް ހީވޭތަ"" މަރިޔަމް ސްވާލުކޮށްލިއެވެ. ފަލަކު އާއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލިއެވެ.


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2000)
   (ޝާޢިރުލްމަޤުތޫލު)


މާބޮޑަށް ބަނޑުހައިވުމުން ވަދެވޭނެ ދުވެގޮސް ބަދިގެޔަށް،
  މާބޮޑަށް ބޯ  ހަރުވުމުން ވައްދާނެ ގެންގޮސް  ހުރަގެޔަށް،

ކިޔެވުމަށް  އުފަލާއެކީގައި  ދާންޖެހޭނެ   އެދުރުގެޔަށް،
  ކިޔެވި ޢިލްމުން ގޯސް ހަދާނަމަ ލާނެ ވަގުތުން އަށިގެޔަށް،
Print

ބާ ޔަށް ގޮސް ރާ ބޯން އިން އިރު...!

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވާހަކަ


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2008)


އުސްތުނބަށް ހުރި ރާތަށި ފުވާދުގެ އަތަށް ފޯރުކޮށްލެވުނެވެ. ހަލުއި ޙަރަކާތަކާއެކު، އޭނާ އެތަށީގައި ހިފީ ބޮވައިގެންފައި އިންލެއް ބޮޑުކަމުން، އެކަންޏެއް ނޫނެވެ. ބެންކޮކުގެ ވައިގެ ބަނދަރާ ބެހޭ ޚަބަރުތައް އޭނާގެ ސިކުނޑިޔަށް ކުރާ އުނދަގުލުގެ ސަބަބުންވެސް މެއެވެ. އޭނާގެ ފިކުރުތައް ގުޅިފައިވަނީ އެ ވައިގެ ބަނދަރާއެވެ. އެތާނގައި ނުފުރި ބަންދުވެފައި އޭނާގެ ތިން ދަރީން އެބަތިއްބެވެ. ޙަލާލު އަނބި މީހާ، ޝަރުމީލާ ވެސް އެބަ އިނެވެ. ޝަރުމީލާ ބައްޕަގެ ބޭހަށްޓަކައި ޝަރުމީލާ ގޮވައިގެން، އިންޑިޔާއަށް ކުރަންޖެހޭ ދަތުރުވެސް ކުރެވެން އޮތީ، މި ކަމުން މިނިވަން ވެގެންނެވެ. މި ފަދަ އެތައް ކަމަކާހުރެ، އެޚަބަރު ލިބުނީއްސުރެ އޭނާގެ އަރުތެރެއަށް އަދި ކާހިތުން ކާއެއްޗެއް، ބޯހިތުން ބޯއެއްޗެއް އެތެރެ ކުރެވިފައެއް ނުވެއެވެ. އެކުން ބޮޑަށް ހާސްވާގޮތްވީ އެތަން ޙިޞާރު ކޮށްގެން ތިބި މީހުންނާ ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގަން އުޅޭކަމުގެ ޚަބަރު ލިބުމުންނެވެ. އެހެންނަމަވެސް....

Print

މަޖުބޫރު ލޯބި (13)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ


ގައްދޫ މުޙަންމަދު ރަޝީދު

ފައުޒިއްޔާގެ ފޯނުގެ ވަގުތު ކައިރިވަމުން އައިވަރަކަށް އޭނާގެ ހާސްކަން އިތުރުވަމުން ދިޔައެވެ. އަޖައިބެއްފަދަ ކަމެކެވެ...... ފޯނު ރަނގަބީލު ވެއްޖެއެވެ.

ރިސީވަރު އުފުލުމާއެކު އޭނާގެ ހިތް ތުރުތުރު އަޅައިގަތެވެ.

އެކަމަކު މިއީ ފައުޒިއްޔާގެ ފޯނެއް ނޫނެވެ. ވަހަކަ ދައްކަނީ ތާބުޝްއެވެ.

[މައްސަލަ ނިމިއްޖެ ހެއްޔެވެ؟ ޚަބަރު ކިހިނެއް ހެއްޔެވެ؟]
Print

ތަމްރީނަށް ބޭނުންވާ ކަންތައްތައް ދެނެގަތުން - 03

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


19 ޖުލައި (އާދީއްތަ)އާ ގުޅޭ....

ތަމްރީނު ޕްރޮގްރާމަކަށް، ބޭނުންވާ ކަންތައްތައް ބަލައިހޯދާނެ ގޮތް


ބިންމާ އިބްރާހީމް ވަޙީދު


ތަމްރީނު ޕްރޮގްރާމަކަށް ބޭނުންވާނެ ކަންތައްތައް ބަލާހޯދުމަކީ، ކަނޑައެޅިފައިވާ ވަކި އުސޫލެއެއްގެ މަތިން، ހިއުމަން ރިސޯސް ޑިވެލޮޕްމަންޓު ޕްރޮގްރާމެއް ރޭވުމެވެ. މި އުކުޅު ބޭނުންކޮށްގެން، އޮގަނައިޒޭޝަނެއްގެ މުސްތަޤުބަލަށް އޭގެ އަސަރު ކުރާނެ، ތަފާތު އެތަކެއް ސަބަބުތަކެއް ދެނެގަނެވޭނެ އެވެ. މި ބޭނުންކުރެވޭނީ، އޮގަނައިޒޭޝަނުން ހާސިލު ކުރަން ބޭނުން ލަނޑުދަނޑިތަކާއި، ހާސިލުވަމުން އަންނަ ލަނޑުދަނޑިތަކުގެ ތަފާތު ދިރާސާ ކުރުމަށެވެ. އޮޅުމެއް ނެތް ގޮތުގައި، އޮގަނައިޒޭޝަން އަކީ، ވަކިވަކި ފަރުދުންތަކެއްގެ މައްޗަށް އެކުލެވިފައިވާ ޓީމެކެވެ. އެހެންކަމުން، އޮގަނައިޒޭޝަނެއްގެ ޕާރފޯމަންސްގެ ވާހަކަ ދައްކާއިރު، މީގެ މާނަ އަކީ، އެ އޮގަނައިޒޭޝަނެއްގައި ޚަރަކާތްތެރިވާ ވަކިވަކި ހުރިހާ ފަރުދުންގެ ޕާރފޯމަންސް އެވެ. ތަނަށް އަސްލު ބޭނުންވާ ގޮތާއި، ކަންހިނގަމުން އަންނަ ގޮތުގެ ތަފާތު ރަނގަޅަށް ދަނެގަނެވުމުން، އެ ތަފާތު ކުޑަ ކުރާނެ ތަމްރީނު ޕްރޮގްރާމެއް ހިންގާނެ ގޮތުގެ ތަސައްވުރެއް އޮންނާނީ ލިބިފަ އެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ