ޢަބްދުﷲ ނަޢީމު އިބްރާހީމް
މޯބައިލް ފޯނަކީ މިހާރު އެޔާ ނުލައި ދިރިއުޅެން އުނދަގޫ އެއްޗަކަށް ވަނީ ވެފައެވެ. މޯބައިލް ފޯނު ބޭނުން ކުރާ މީހުންގެ ޢަދަދު ދަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރު ވަމުންނެވެ. މާރުކޭޓުގައި އެއްޗެތި ވިއްކަން ތިބޭ މީހުންނާއި، މަސްވެރިންނާއި، ގޭގޭގައި މަސައްކަތް ކުރަން ތިބޭ މީހުންނަށް ދާންދެން މޯބައިލް ފޯނުގެ ބޭނުން ކުރެއެވެ.
އަޙްމަދަކީވެސް ދިރިއުޅުމުގެ ކަންތައްތައް ވަކި ފެންވަރެއްގައި ހިފަހައްޓާން ބޭނުންވާ މީހެކެވެ. އެހެންވީމާ މޯބައިލް ފޯނުވެސް ގެންގުޅެއެވެ. އޭނާގެ އަތުގައި މޯބައިލް ފޯނެއް އޮތަސް ބައެއް ފަހަރަށް ކުރިމަތިވާ މައްސަލައެއް އޮވެއެވެ.
ޑރ. ޢާމިރުއް ނައްޖާރު
ޚުލާޞާ ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
ޙުލޫލު ޢަޤީދާގެ އަޞްލު، ނަޞާރާ ދީނުން ފެންނަން އެބައޮތެވެ. އެ ދީނުގައިވަނީ، އަލްމަސީޙުގެ އިންސާނީ ހަށިކޮޅާއި މާތް ﷲ އެކުވެވޮޑިގެންނެވި ކަމަށެވެ. އަދި އެގޮތުގެ މަތިން އަލްމަސީޙު އެކުލެވިގެންވަނީ ދެ ޠަބީޢަތަކުން ކަމަށެވެ. މި ވިސްނުމަކީ، ލާހޫތާއި ނާސޫތު ގުޅި ލާމެހުމުގެ ވިސްނުމެވެ. (ކުރުކޮށް ބުނާނަމަ، ލާހޫތަކީ ކަލާނގެ ޒާތުފުޅެވެ. ނާސޫތަކީ އިންސާނާގެ ހަށިގަނޑެވެ.)
ޝީޢީންގެ ތެރެއިން ޣުލުއްވުގެ (1) އަހުލުވެރިން، ޙުލޫލު ޢަޤީދާ ނުވަތަ ލާހޫތާއި ނާސޫތު ގުޅި ލާމެހުމުގެ ޢަޤީދާ ޤަބޫލުކުރެ އެވެ. ދުރުޒީން (2) ޤަބޫލުކުރާ ގޮތުގައި، އަލްޙާކިމު ބިއަމްރި ﷲ ގެ ހަށިކޮޅުގެ ތެރޭގައި މާތް ﷲ ގެ ޒާތުފުޅު ވޮޑިގެންނެވި އެވެ.
ޢަބްދުﷲ ފާރޫޤު ޙަސަން
أنس بن مالك رضى اللّه عنه ގެ އަރިހުން ޞަޙީޙައިނީގައި ރިވާވެފައިވެއެވެ. أنس ގެފާނު ވިދާޅުވިއެވެ. އަހަރެން رسول اللّه صلّى اللّه عليه وسلّم ގެ ޚިދުމަތުގައި ދިހައަހަރު އުޅުނީމެވެ. އިތުރު ސާހިބާ ދުވަހަކުވެސް އަހަންނާ ދިމާޔަށް ޗުއްޕުވެސް ވިދާޅެއް ނުވެއެވެ. އަހަރެން ކުރިކަމަކާމެދު އެކަމެއްކުރީ ކީއްވެތޯވެސް އައްސަވައެއް ނުލައްވައެވެ. ހަމައެފަދައިން އަހަރެން ނުކޮށްހުރި ކަމަކާ ބެހޭގޮތުން އެކަމެއް ނުކުރީ ކީއްވެތޯވެސް އައްސަވައެއް ނުލައްވައެވެ.
މުޢާމަލާތުތަކުގައި ލުއިފަސޭހަކޮށްދޭ މީހާއަށް ﷲ ރަޙްމަތް ލައްވާނެ.
އިބްރާހީމް ރަޝީދު މޫސާ
މާތް ﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި ޖާބިރު ބިން ޢަބްދުﷲގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. رسول الله صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. [رَحِمَ اللَّهُ رَجُلًا سَمْحًا إذا باعَ، وإذا اشْتَرى، وإذا اقْتَضى] (1) ([ވިއްކާއިރުގައްޔާއި ގަންނައިރުގައްޔާއި ދަރަންޏަށްދޭއިރުގައި ސަމާޙަތްތެރިކަމާއެކު މުޢާމަލާތު ކުރާމީހާއަށް ﷲ ރަޙްމަތް ލައްވާށިއެވެ!]) މިއީ އިސްލާމްދީނުގެ ސަމާޙަތްތެރިކަން(2) ހާމަކޮށްދޭ ވަރަށް ރިވެތި ބަސްފުޅެކެވެ. ރަސޫލާ މި ބަސްފުޅުގައި އޭނާގެ މުޢާމަލާތުތަކުގައި ސަމާޙަތްތެރި މީހާއަށްރަޙްމަތްލެއްވުމަށް މި ވަނީ ދުޢާކޮށް ދެއްވައިފައެވެ.
ދިވެހި އަދަބުގައި ތަމްސީލު (1945 - 2003މ.) (4)
މުޙަންމަދު ޝާހިދު ޙަލީމު
(25 މޭ 2020 ގައި ޝާއިޢުކުރި ބައާ ގުޅޭ)
3.1- ތަމްސީލު ލިއުންތެރީންނާއި ތަމްސީލު
މި ބައިގައި މި ބަޔާންކުރަނީ މި ދިރާސާއަށް ހޯދި ހޯދުންތަކުން މަޢުލޫމާތު ލިބުނު ތަމްސީލުލިއުންތެރީންނާއި އެ ލިއުންތެރީން ލިއެފައި ވާ ތަމްސީލުތަކެވެ. މި ތަމްސީލުތަކުގެ ތެރެއިން ފަރުދާގެ އަދަދާއި ތީމު އޮޅުންފިލި ތަމްސީލުތަކުގެ ފަރުދާގެ އަދަދާއި ތީމު ވެސް ފާހަގަކޮށްފައި ހުންނާނެއެވެ. (ދިވެހި ތަމްސީލުތަކުގައި ފަރުދާއާއި މަންޒަރު ވެސް ބޭނުންކޮށްފައި ވަނީ ފަރުދާއަށް ކަމަށް ފާހަގަކުރެވޭތީ އިސްކިރިޕްޓުގައި މަންޒަރު ކަމަށް ހުރި ތަންތަން ވެސް އެއީ ފަރުދާ ކަމަށް ބަލައިފައި ވާނެއެވެ.)
'ދީނީ ހަރުކަށި' ފިކުރަކީ ކޮބައިކަމާއި އެކަމުގެ ސަބަބާއި އަދި އެކަމުގެ ހައްލުގެ މައްޗަށް ބަލައިލުން - 2
އަބްދުލްޣަފޫރު އަބްދުއްރަހީމު ގ.މަންޒިލް
(27 މެއި 2020 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)
މި ލިޔުމުގެ ފުރަތަމަ ބައިގައި، އިސްލާމް ދީނުގައި، ދީނުގެ މަފްހޫމަކީ ކޮބައިކަމާއި އެ މަފްހޫމުގެ މާނަ ފަހުމުކުރުމުގެ ގޮތުން ދެނެގަންނަން ޖެހޭނޭ ހަތަރު ލަފްޒެއްގެ މާނަ ބަޔާންކުރެވުނެވެ. ދީނާއި އިސްލާމާއި ޝަރީއަތާއި ފިގުހާއި މި ހަތަރު ލަފްޒުގެ މާނައެވެ. މީގެ ތެރެއިން ދީނާއި އިސްލާމުގެ މާނަ ގުޅެނީ، މާތްކަލާނގެއަށް އީމާންވެ، ހެޔޮ ކަންތައްތައް ކޮށް، އަދި، ނުބައިކަންތައް ކުރުމުން ދުރުވެ، އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުމާކަން އެބައިގައި ބަޔާންކުރެވުނެވެ. ޝަރީއަތާއި ފިގުހުގެ މާނަ ގުޅެނީ ހެޔޮގޮތަކީ ކޮބައިކަން ކަނޑައަޅައިލުމާއި، ތަފްސީލީ ސިފައެއްގައި، އެ ގޮތް ބަޔާންކުރުމާކަން ވެސް ފުރަތަމަ ބައިގައި ބަޔާންކުރެވުނެވެ.
ޔޫރަޕް މީހުން ކުރިއެރިއިރު މުސްލިމުން ފަހަތަށް ވެއްޓުނީ ކީއްވެގެން؟
އިބްރާހީމު ރަޝީދު މޫސާ
އަލްމަރްޙޫމު ޑރ. މުޙައްމަދު ޢިމާރާ ސިފަކުރައްވާ ގޮތުގައި ، އައްޝައިޚުލް އުސްތާޒު ޢަބްދުﷲ އައްނަދީމު މީލާދީން ނަވާރަވަނަ ސައްތައިގެ ނުވަވަނަ ދަހަރުގައި ޝާއިޢު ކުރެއްވި ފޮތް [بـم تقد الأوروبيون وتأخرنا، والخلق واحد] – ([ޔޫރަޕް މީހުން ކުރިއަރާދިޔައިރު އަހުރެމެން ވެއްޓި ފަހަތަށް ދިޔައީ ކީއްވެ؟ - ޚަލްޤުންނަކީ އެއްބަޔެއް])(1) އަކީ ޙަޟާރަތުގެ ފަލްސަފާއަށާއި ތާރީޚަށް ހޭލައްވައިލި ނައްޞެކެވެ. މި ފޮތުގައި އައްޝައިޚު ނަދީމު ހޭލުމަށާއި ކުރިއެރުމަށް ބޭނުންވާ ޝަރްޠުތަކާމެދު ބަޙުސްކުރައްވައިފައި ވެއެވެ. މި ފޮތުގެ ފަސް ދޮޅަހަކަށް އަހަރު ކުރިން އަލްއަމީރު ޝަކީބު އަރްސަލާން [لماذا تأخر المسلمون وتقدم غيرهم] – ([މުސްލިމުން ފަތަށް ވެއްޓި އެހެން މީހުން ކުރިއަރައިގެން ދިޔައީ ކީއްވެ؟])(2) ނަމުގައި ފޮތެއް ވަނީ ލިޔުއްވައިފައެވެ.
ދަޅަ (2)
އަސްމާ އަބޫބަކުރު، ހއ. ދިއްދޫ
(30 މެއި 2020 ގައި ޝާއިޢުކުރި ބައާ ގުޅޭ)
ރާޖްގެ އެންމެ ބޮޑު އެދުމަކީ އިނާ ރާޖްގެ މީހަކަށްވާ ދުވަސް އައުންކަމުގައި ކިޔަން ފެށުމުން، އެންމެފަހުން އިނާ ހަތިޔާރު ބަހައްޓައިފިއެވެ. އަމާންދިނީ ވަރުގަދަ ޝަރުޠެއް ކުރިމަތި ކުރުމަށްފަހުއެވެ. އިސްލާމް ދީނުގައި ކައިވެނި އޮންނަ ގޮތް ކިޔައިދިނުމުން ރާޖް އެކަމަށް އެއްބަސްވީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އެކަމާ އިނާ ވަރަށް އުފާވިއެވެ.
[ރާޖްގެ މަންމަ އާއި ބައްޕަ ޤަބޫލުވާނެތަ؟] އިނާ ކަންބޮޑުވެގެން އަހާލިއެވެ.
[ޤަބޫލު ވާނެ.]
ޤުރުއާނުގެ އިނގިރޭސި ތަރުޖަމާ ސިޓިންގ ރޫމްގެ މޭޒުމަތީ އޮއްވާ ފެނުމުން އިނާ ހިތް އުފަލުން ނަށައިގަތެވެ.
އަހަރެން ފިކުރާވި އިސްލާމް ދީން (2)
ޢަބްދު اللهފާރޫޤު ޙަސަން
(30 މެއި 2020 ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ޢަބްދު اللـه އަޑްޔާރު ވަނީ އިސްލާމީ މައިގަނޑުނަންތަކުގައި ތަމަޅަބަހުން ވަރަށްގިނަ ފޮތް ލިޔުއްވައިފައެވެ. އޭގެތެރޭގައި ޖަލުން މިސްކިތާ ހަމަޔަށް، އެއްކައުވަންތަ ކަލެއްހެއްޔެވެ؟ ހާ ސް ކަލާނގެތައް ހެއްޔެވެ؟ ޤުރުއާން މަޖީދަކީ ކޮބާ؟ އިސްލާމް ދަރާވަޅު ލީޑަރުންގެ ނަޒަރުގައި، ދުނިޔޭގެ ޤާއިދުންގެ ނަޒަރުގައި އިސްލާމްދީން، އިސްލާމްދީން އެބަގޮވައިލައެވެ. ޝަރީޢަތުގެ ޤާނޫނު ގެ ތެރެޔަށް ނުވަންނާށެވެ. ކަޅުއާދީއްތަ މިފަދަ ފޮތްތައް ހިމެނެއެވެ.
އެންމެ ރީތި ނަމޫނާ
ކައު ރަސޫލާގެ ސީރަތުގެ މުތީތަކާއި ޝަޛާތަކުން (30)
އިބްރާހީމް ރަޝީދު މޫސާ
(29 މެއި 2020 ގައި ޝާއިޢުކުރެވުނު ބަޔާ ގުޅޭ. މިއީ އެންމެ ފަހުބައި)
563. އެއަށްފަހު ޢުމަރުގެފާނު ކަނޑިކޮޅު ހިއްޕަވައިގެން ނުކުމެވަޑައިގެން މީސްތަކުންނަށް އިންޒާރު ދެއްވަމުން ވިދާޅުވިއެވެ. "ހަމަ އެކަކުވެސް ރަސޫލާ މި ދުނިޔެ ދޫކުރައްވައިފިޔޭ ނުބުނާށެވެ! އެހެން ބުނި މީހެއްގެ ބޯ ކަޑުއްވައިލައްވާހުށީމެވެ. އެކަލޭގެފާނު އެ ވަޑައިގަތީ މޫސާގެފާނު ﷲގެ ޙަޟްރަތަށް ވަޑައިގެންނެވި ގޮތަށެވެ. މާތް ﷲ ގަންދެއްވާ ވިދާޅުވަމެވެ. މޫސާގެފާނު އެނބުރިވަޑައގެންނެވި ގޮތަށް ރަސޫލާ ﷺ ވެސް އެނބުރިވަޑައިގަންނަވާނެއެވެ. " ޢުމަރުގެފާނަށް އެކަލޭގެފާނުގެ ނަފްސު ކޮންޓްރޯލެއް ނުކުރެއްވުނެވެ.
ދަޅަ (1)
އަސްމާ އަބޫބަކުރު، ހއ. ދިއްދޫ
"ނޫން، ނޫން، ރާޖް! ނޫން!" ނިދީން ހޭލެވުނު އިރު، އިނާ ވަނީ ދާހިތްލައިފޯވެފައެވެ. މުޅިހަށިގަނޑު މަޑުމަޑުން ތުރުތުރުއަޅަމުން ދިޔައެވެ. ކަރުތެރެވަނީ ބެދިފައެވެ. މޭޒުމަތީ ހުރި ފެންޖަގުން ފެންތަށްޓެއް އަޅައިގެން އެއްނޭވާއިން ބޯލައިފިއެވެ. ބިރުން ހުރެ ހަވީރު ކޮޓަރިއަށް ވަން ގޮތަށް އެނދަށް އަރައި އޮށޯވެ އޮއްވައި ނިދުނީއެވެ. އެހާ ގިނައިރު ނިދުނީ ކީއްވެހެއްޔެވެ؟ މި ވަގުތަކީ ނިދުމަށް ވުރެ ސަލާމަތްކަން ހޯދާން މުހިއްމު ވަގުތެކެވެ. ގަޑި ބަލައިލިއިރު ފަތިހު ފަހެއްޖަހަނީއެވެ. އިނާގެ ޚިޔާލަށް އަންނަމުން ދިޔައީ ރާޖެވެ. އަދި ހަދާނެ ގޮތަކާމެދު ވިސްނާން ފެށިއެވެ.
*****
އިރުއަރާ މަންޒަރުގެ ފޮޓޯތައް އެކި ގޮތްގޮތަށް ނެގުމަކީ އިނާގެ އާދައެވެ. މިއަދުވެސް އިރުއެރީ ކެމެރާ ތައްޔާރުކޮށްގެން ހުއްޓައެވެ. ރީތި ފޮޓޯތައް ނެގުމުގެ ބޭނުމެއް އޮތީ އެންމެ ކަމަކުއެވެ. އެހެން މީހުންގެ ސަމާލުކަން އިނާގެ ފޮޓޯތަކަށް ހުއްޓުވުމެވެ. ލިބޭ ކޮމެންޓްތައް ގިނަކަމާއެކުއެވެ.
އަހަރެން ފިކުރާވި އިސްލާމް ދީން (1)
ޢަބްދުﷲ ފާރޫޤު ޙަސަން
_____________________________________________________________________
"އަހަރެން ފިކުރާވި އިސްލާމް ދީން" މި ފޮތަކީ 2018 ގައި ޢަބްދުﷲ ފާރޫޤު ޙަސަން ލިޔުއްވައި ޝާއިޢުކުރައްވައިފައިވާ ފޮތެކެވެ. މި ފޮތް ފަންވަތުގައި މި ޝާއިޢުކޮށްލަނީ ފޮނުގެ މުހިއްމުކަމުންނެވެ. މި ފޮތް ފަންވަތުގައި ޝާއިޢުކުރުމުގެ ހުއްދަ ދެއްވިކަމަށް ޓަކައި ފޮތުގެ މުޞައްނިފު އަލްއަޚު ޢަބްދުﷲ ފާރޫޤު ޙަސަނަށް ވަރަށް އިޚުލާޞްތެރިކަމާއެކު ޝުކުރުދަންނަވަމެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން ފާރޫޤަކީ، ދިނީ އަދަބީ، އަޚުލާޤީ، ތާރީޚީ ގިނަ ފޮތްތަކެއް ދިވެހި މުޖުތަމަޢަށް ފޯރުކޮށްދެއްވައިފައިވާ އަދި މިއަދު ވެސް އަދަބީ ޚިދުމަތުގައި ދެމި ހުންނެވި ވަރަށް ޚިދުމަތްތެރި އަދީބެކެވެ.
__________________________________________________________________
ފެށުމުގެ ބަސް
ނޭނގުން
ތަރުޖަމާ: ކަނީރު ޢަބްދުއްރަޙީމް
ޤުރުއާނުގެ ތަފްސީރު ކުރުމުގައި، އެންމެ ފުރަތަމަ އަދި އެންމެ ނުރައްކާތެރި މައްސަލައަކީ އިންސާނާއަށް އޭނާގެ ފެންވަރާއި އެ ކަމަށް އެކަށީގެންވާ ވަރު ނުވިސްނި ޤުރުއާނުގެ މާނަ ތަފުސީރުކުރަމުން ގެންދިޔުމެވެ. އަދި ވަކިން ޚާއްސަކޮށް މި ޒަމާނުގައި މި ކަމުގެ ސަބަބުން އިންތިހާ ދަރަޖައިގެ އޮޅުންތަކާއި ގޯސްތައް މި ދަނީ ވަމުންނެވެ. އެހެނީ ތިމާއަށް އަރަބިބަސް އެނގުމުން ނުވަތަ އަރަބިބަސް މާނަކޮށްލާން އެނގުމުން ޤުރުއާނުގެ ހުރިހާ މާނައެއް ވެސް އެ އެނގުނީކަމަށް ހީކުރާ މީހުން މި ދަނީ ގިނަވަމުންނެވެ. ހަގީގަތުގައި ދުނިޔޭގެ އެއްވެސް ޢިލްމަކީ ނުވަތަ ފަންނަކީ ހަމައެކަނި އޭގެ ބަސް ދަސްވެގެން މާނަކުރާން އެނގުނަކަސް އެނގޭ އެއްޗެއް ނޫނެވެ. ކަމެއްނޫނެވެ.
ކައު ރަސޫލާގެ ސީރަތުގެ މުތީތަކާއި ޝަޛާތަކުން (29)
އިބްރާހީމް ރަޝީދު މޫސާ
(28 މެއި 2020 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)
548.ރަސޫލާ ﷺ ސުވަރުގެ ވަޑައިގަތުމުގެ ކުރީ ދުވަހު (ހިޖްރައިން 12 ވަނަ އަހަރުގެ ރަބީޢުލް އައްވަލު މަހުގެ 11 ވީ އާދީއްތަ ދުވަހު) ރަސޫލާ ﷺ ގެ އާލާސްކަންފުޅު ގަދަވެ ޙާލުކޮޅު ވަރަށް ބޮޑުވިއެވެ. މި ޚަބަރު އުސާމަތުގެފާނަށް ލިބިވަޑައިގަތުމުން ލަޝްކަރާއިގެން މަދީނާއަށް އެނބުރި ވަޑައިގަތެވެ.
"ހަނދު ބެލުން" މިބަހުގެ މައްޗަށް ނަޒަރެއް
ޢަބުދުﷲ ރަޝީދު މ.ލިނެޓް
[ހަނދުބެލުން] މި ޢިބާރާތުގެ އަޑު އިވުމުން ނުވަތަ ލިޔުމަކުން ފެނުމުން ދޭހަވާ ދެ މާނައެއް އިޙުސާސްވީނަމަވެސް، މައްސަރު ފެށުމުގައި ހަނދުގެ [ހުޅެވި] ފެނޭތޯ ބަލާބެލުމަށް މި ބަސް ބޭނުންކުރާކަން ދިވެހިންނަކަށް ނޯޅޭނެއެވެ.
އެހެންނަމަވެސް [ހަނދުބެލުން] މި ބަހާމެދު ކޮންމެހެން ދެނެގަތުން ލާޒިމު ކަންތައްތަކެއް ހުރިކަން އިއްޔެއާއި އަދަށް ވިސްނާއިރު، ގަބޫލުކުރާން ޖެހެއެވެ.
ހައްދުންމަތީ މެންދޫ ފަޅުވީ ގޮތް
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ކޮންމެ ޤައުމެއްގައި ވެސް ތާރީޚީ ނާޑުކަތާ ހުރެއެވެ. އެހެންކަމުން ދިވެހިރާއްޖޭގައި ވެސް މިފަދަ ނާޑުކަތާތައް އެބަހުއްޓެވެ. އަދި ވަކިވަކި އަތޮޅުތަކުގެ ނާޑުކަތާތައް ވެސް ހުރެއެވެ. އެ ގޮތުން ހައްދުންމަތީގައި ވެސް ވަރަށް ގިނަ ނާޑުކަތާތައް އެބަހުއްޓެވެ. މި ފަދަ ގިނަ ވާހަކަތައް ލިޔެވި ރައްކާކުރެވިފައެއް ނުހުރެއެވެ.
ކައު ރަސޫލާގެ ސީރަތުގެ މުތީތަކާއި ޝަޛާތަކުން (28)
އިބްރާހީމް ރަޝީދު މޫސާ
(27 މެއި 2020 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)
537.އަބޫ ސަޢީދުލް ޚުދްރީ ދެންނެވިއެވެ. [އޭ ﷲގެ ރަސޫލާއޭވެ! ކަލޭގެފާނުގެ މައްޗަށް ހުން ވަރަށް ގަދަވެގެންފި ކަމަށް ފެނެއެވެ.] އެހިނދު ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. [ތިމަން ނަބީބޭކަލުންގެ ޙާލުކޮޅު އޮތީ މި ގޮތަށެވެ. އެއީ ބަލާ ބޮޑުކުރައްވައި ސަވާބު ބޮޑުކޮށް ދެއްވުމަށް ޓަކައެވެ.] (ابن ماجة: ٤٠٢٤ وصححه الألباني)
ފަލަކީ ޢިލްމާއި ކީރިތި ޤުރުއާން
ކެޕްޓަން މުޙައްމަދު ޝަރީފު، ހ. އެލިއަތުވިލާ
މި ހިނގާ 1441 ވަނަ އަހަރުގެ ފިޠުރު ޢީދުގެ ހަނދާ ގުޅޭ ގޮތުން ކުރެވުނު ހޫނު ބަޙުސަކީ ވަރަށް ޚުތޫރަތްތެރި ވަގުތެއްގައި ކުރެވުނު ބަޙުސަކަށްވެފައި ތިޔަ ޢިއްޒަތްތެރި ޢިލްމުވެރީންގެ ތެރެއިން ޢިއްޒަތްތެރި ބައެއް ޢިލްމުވެރީން ކޮންމެވެސް ވަރަކަށް އަޅުގަނޑުގެ ރައުޔު ހޯއްދަވަމުން ވެސް ގެންދެއްވުމާއި އަދި މި ދާއިރާގައި އަޅުގަނޑު ވަރަށް ކުޑަކުޑަކޮށް ނަމަވެސް ހޭކިލެވުމުގެ ހެޔޮނަސީބު الله سبحانه وتعالى މިންވަރު ކުރައްވައިފައި ވުމުން ކޮންމެސް ބަހެއް ދަންނަވާން ޤަސްދުކުރަމެވެ.
ފަހަރެއްގައި ވެސް ތިޔަ ޢިތްޒަތްތެރި ޢިލްމުވެރިންގެ ޢިލްމުވެރިކަމާމެދު އަދި ޢަޤީދާއާމެދު، އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއް އޮތީއަކީ ނޫނެވެ. ނަމަވެސް ވިސްނުން ކޮށި މީހަކަށް ނުވަތަ ބަޔަކަށް އެފަދަ ގޮތަކަށް ވިސްނިގެން ހިނގައިދާނޭ ގޮތަކަށް ތިޔަ ފަދަ ޢިތްޒަތްތެރި ޢިލްމުވެރީންގެ ބަހުސް ނުދާނޭ ގޮތަކަށް ދީނީ އަދި ޢިލްމީ ދަލީލުތަކުގެ މައްޗަށް ބައްޓަންކުރުން ކިހިނެއްވާނެތޯ ދަންނަވައިލާން އަޅުގަނޑުގެ ހިތަށް އެރީއެވެ.
ކައުބާ މައްޗަށް އިރު އޮލަނބުވުމުގެ ވާހަކައިގެ މައްޗަށް ނަޒަރެއް
ޢަބްދުﷲ ރަޝީދު މ.ލިނެޓް
މިއަދަކީ ކައުބާ މައްޗަށް އިރު އޮލަނބުވާ ނުވަތަ ކައުބާއާއި އެންމެ ކައިރިން އިރު ދަތުރުކުރާ ދުވަސްތަކުން ދުވަހެކެވެ. އަދު ޖީއެމްޓީން 09:17:56 ގައި އިރު ހުންނާނީ ކައުބާއާއި އެންމެ ކައިރިއަށް މިއަދު އިރަށް އާދެވޭނެ އެންމެ ކައިރީގައެވެ. އެއީ، މައްކާ ގަޑިން 12:17:56 އެވެ. މާލޭ ގަޑިން 14:17:56 އެވެ.
ކައުބާގެ ޚައްޠު ޢަރުޟަކީ، 21 ދަރަޖަ 25 ދަގީގު 21 ސާނިޔާ އެވެ.
ކައުބާގެ ޚައްޠު ޠޫލަކީ، 39 ދަރަޖަ 49 ދަގީގު 34 ސާނިޔާ އެވެ.
ކައު ރަސޫލާގެ ސީރަތުގެ މުތީތަކާއި ޝަޛާތަކުން (27)
އިބްރާހީމް ރަޝީދު މޫސާ
(26 މެއި 2020 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)
515. އެ ދުވަހު އިރު އޮއްސުމުން ރަސޫލާ ﷺ ޢަރަފާތުން މުޒްދަލިފާއަށް ވަޑައިގެންނެވިއެވެ.
516. ރަސޫލާ ﷺ މަޣްރިބުނަމާދާއި ޢިޝާނަމާދު ޖަމްޢުކޮށް ޤަޞްރުކޮށް ކުރެއްވީ މުޒްދަލިފާގައެވެ. އެއަށްފަހު ފަތިސް ވެއްޖައުމަށް ދާންދެން އެތާނގައި އަވަހާރަފުޅު ލެއްޕެވިއެވެ. ދެން ތެދުވެވަޑައިގެން ފަތިސްނަމާދު ކުރެއްވިއެވެ. އެއީ ބޮޑު ޢީދު ދުވަހެވެ. އެއީ އަލްޙައްޖުލް އަކްބަރުގެ ދުވަހެވެ.
517. އެއަށްފަހު އަލްޤަޞްވާއު ޖަމަލުކޮޅުމައްޗަށް ސަވާރުވެވަޑައިގެން ޤިބްލައަށް ކުރިމަތިލައްވައިގެން އިންނަވާ މާތްﷲ އަށް ދުޢާ ކުރެއްވިއެވެ. އެއަށްފަހު އިރު އަރަން ދޮންވެއްޖައުމަށް ދާންދެން ތަކްބީރު ތަހްލީލު ވިދާޅުވަމުން ގެންދެވިއެވެ.
ދެވަނަ ފުރުޞަތު (13)
އަސްމާ އަބޫބަކުރު، ހއ. ދިއްދޫ
(26 މެއި 2020 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)
ޖަލުގައި މިވީ ދުވަސްކޮޅުގެ ތެރޭގައި ޒަލާއަށް ވަރަށް ބޮޑު ބަދަލެއް އަތުވެއްޖެއެވެ. ކުރެވުނު ކުށްތަކާމެދު ވިސްނާ ވަރަކަށް ރޮވެއެވެ. މީގެ ކުރިން އުޅެވުނީ މުސްލިމަކަށްވެހުރެ ޣައިރު މުސްލިމަކު ނޫޅޭނެހާ ނުބައިކޮށެވެ. ޒަލާގެ ހިތަށް އެތައް ފަހަރަކު އަރާ ފައިބަމުން ދިޔަ ސުވާލެއް ވެއެވެ.
"މިހާ ޅަޢުމުރުގައި ކުރެވުނު ފާފަތައް އެހާގިނަ. މަޢާފް ކުރުން ޙައްޤުނުވާވަރަށް މިވަނީ ކުށްކުރެވިފައި. އަހަރެމެންގެ ދީނަކީ އިސްލާމް ދީނަށްވާއިރު، މީގެ ކުރީން އަހަރެން އަމިއްލައަށް ދީނާމެދު ވިސްނައިލެވިފައެއް ނުވޭ. ޔާﷲ މިއަޅާ ކުރި ކުށްތަކަށް މަޢާފް ދެއްވާނދޭވެ!" ޒަލާގެ ދެއަތް މައްޗަށް ނަގައިގެން ހުރެ ދުޢާކުރަމުން ދިޔައިރު ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.
އިތުރު މަޒުމޫން...
- 'ދީނީ ހަރުކަށި' ފިކުރަކީ ކޮބައިކަމާއި އެކަމުގެ ސަބަބާއި އަދި އެކަމުގެ ހައްލުގެ މައްޗަށް ބަލައިލުން - 1
- ކައު ރަސޫލާގެ ސީރަތުގެ މުތީތަކާއި ޝަޛާތަކުން (26)
- ދެވަނަ ފުރުޞަތު (12)
- މަނަދޫ ޢަބްދުއްސައްތާރުގެ ހަނދާނުގައި
- ކައު ރަސޫލާގެ ސީރަތުގެ މުތީތަކާއި ޝަޛާތަކުން (25)
- ދެވަނަ ފުރުޞަތު (11)
- ދިވެހި އަދަބުގައި ތަމްސީލު (3) (1945 - 2003މ.)
- މިނިވަން ފިކުރާއި މަގުފުރެދުން
- ކައު ރަސޫލާގެ ސީރަތުގެ މުތީތަކާއި ޝަޛާތަކުން (24)
- ދެވަނަ ފުރުޞަތު (10)
- ފިޠުރުޢީދު ދުވަސް.... ރޯދަވެރީންނަށް އިނާމު ދެވޭ ދުވަސް
- 1441 ޝައްވާލު މަހުގެ ފުރަތަމަ ހުޅެވި
- ދެވަނަ ފުރުޞަތު (9)
- ކައު ރަސޫލާގެ ސީރަތުގެ މުތީތަކާއި ޝަޛާތަކުން (23)
- އެންމެ ޖުމުލައެއްގެ އެންމެ ފިއްޔަކާ މެދު.......
- ކައު ރަސޫލާގެ ސީރަތުގެ މުތީތަކާއި ޝަޛާތަކުން (22)
- ދެވަނަ ފުރުޞަތު (8)
- ފަލަކީ ގޮތުން ފިޠުރު ޢީދާމެދު ނަޒަރެއް - 1441ހ.