އިބްރާހީމް ރަޝީދު މޫސާ
މާތް ﷲ ހެއްދެވި ކޮންމެ އެއްޗަކީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެތްކެކެވެ. އެކަލާނގެ މޭސްތިރިކަމުގެ މޮޅުކަމުގެ ދަލީލެކެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. ((صُنْعَ ٱللَّـهِ ٱلَّذِىٓ أَتْقَنَ كُلَّ شَىْءٍ إِنَّهُۥ خَبِيرٌۢ بِمَا تَفْعَلُونَ(1) - (އެއީ) اللَّه ގެ ހެއްދެވުމެވެ. އެކަލާނގެއީ، ހުރިހާ ތަކެއްޗެއް ފުރިހަމަކޮށް ހެއްދެވި ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.))