ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ފަތް ތަކުތެރޭވާ ވިހަ ފަތެއް، ބޭނުން ކުރަން ނުމެވާ ފަތެއް
ދަތްތަކުގެ އަލި ކަނޑުވާ ފަތެއް، ތުންފަތްވެ ކަޅު ހަޑިވާ ފަތެއް
ސުއްޓާގެ ގޮތުގައި ވާ ފަތެއް، ސިނގިރޭޓްގާ ހިމެނޭ ފަތެއް
ހުއްޓާލުމަށް އުނދަގޫ ފަތެއް، ދުފުމުގެ ތެރޭ ކެވިދާ ފަތެއް
ހަށިއެތެރެ ފާރުކުރާ ފަތެއް، ލޭ ހޮޅި އެތަށް ބައްދާ ފަތެއް
ތިރީގައި އެވަނީ، ޓެލެވިޜަން މޯލްޑިވްސް އިން ދައްކާ "ޓެކްފައިލްސް" (ކުރިން "ފަހިމަގު" ޕްރޮގްރާމް) ޕްރޮގްރާމަށް، ފަންވަތުގެ ފަރާތުން، 28 ޖެނުއަރީ 2009 ގައި ދިން ބަސްދީގަތުމުގެ ވީޑިއޯ އެވެ. ޓެކްފައިލްސް ޕްރޮގްރާމަކީ، ރާއްޖޭގައި އެންމެ ފުރަތަމަ ދައްކަންފެށުނު، އަދި ރާއްޖޭގައި އެންމެ މަޝްހޫރު ޓެކްނޮލޮޖީ ޕްރޮގްރާމެވެ. ފަންވަތަށް މި ފުރްޞަތު ހޯދައިދީ، ފަންވަތާމެދު ފާޅުކުރެއްވި ޝުޢޫރުތަކަށްޓަކާ ޓެކްފައިލްސް ޓީމަށް، ފަންވަތް ޓީމްގެ ފަރާތުން ވަރަށް އިޚްލާޞްތެރި ޚާއްޞަ ޝުކުރެއް އަދާކުރަމުއެވެ.
ޢަބްދުލްމުޢީދު ޙަސަން
މިއަރަތަށް ޖަވާބު ދެއްވުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ތާރީޚަކީ، 31 ޖެނުއަރީ 2010 އެވެ.
މިއަރަތުގެ ރަނގަޅު ޖަވާބު ދެއްވާ ބޭފުޅުންނަށް އެރުވުމަށް ހަމަޖެހިފައިވާ އިނާމަކީ، ވެބްސައިޓެކެވެ.
އަރަތް:
މިއީ މީގެ ކުރިން ގެނެސްދެވިފައިވާ އަރަތްތަކާ ތަފާތު އަރަތެކެވެ.
ތިރީގައިވާ ފޮޓޯގައި އެވަނީ، އިސްލާމީ ދުނިޔޭގެ ވަރަށް މަޝްހޫރު ޝަޚުޞިއްޔަތެކެވެ.
އެސްފިޔަ ނުޖައްސަވާ އެއް މިނިޓް އިރު ވަންދެން ފޮޓޯގެ މެދަށް ބައްލަވާށެވެ.