އެއް ޙުއްޖަތްކަމަށް ދެ ޙުއްޖަތް
22 އޭޕްރީލް (ބުދަ ދުވަސް) އާގުޅޭ...އަލްމަރުޙޫމު ޢަލީ ޙުސައިން/ނައިފަރު
އިރުއޮއްސޭއިރު ނަމާދުން އައިސް މެދުބުރީ އުނދޯލީގައި ހަސީނާ އިންދާ ދޮނާ ބަދިގޭގައި އޮވެފައި " ހަސީނާ ނިކުމެބަލާށޭ، މިއޮއް އުޅެނީ ހުއްސަރިބައިވެގެން ނޯލައޭ" ގޮވަމުން އަންނަ އަޑުއިވިއްޖެއެވެ. ދެން ހަސީނާ ބޭރުގެއަށް ނިކުންނައިރަށް ރުގިއްޔާފުޅު ކޮނޑުދޮށުލައިގެން ދުވަމުން އައިސް ދޮނާ ގޭތެރެއަށް ވަދެއްޖެއެވެ. ހަސީނާ ވަރަށް އުފާކޮށް ރުގިއްޔާފުޅު ގޮވައިގެން އެތެރެއަށްވަދެ ބޮޑު އުނދޯލީގައި އިށީނދެއްޖެއެވެ. ތިންމީހުން އިށީނދެ ހަމަޖެހުމަށްފަހު:-