އިސްމާޢީލް އަލީ، ރ.ކަނދޮޅުދޫ
އިންސާނާގެ އެންމެ އަގުމާތް ޖައުހަރު ކަމުގައިވާ ބުއްދި ނެތިކޮށް، އެކަހެރިކޮށް ގަނަތަޅުވަމުންގެންދާ ޢަދާވާތްތެރިޔަކީ، މަސްތުވާ ތަކެތި ކަމާމެދު ދެބަސްވާނެ ހަމަ އެކަކުވެސް ނުހުންނާނެކަން ޔަޤީނެވެ.
މަސްތުވާ ތަކެއްޗަކީ، އެ އެއްޗެއް ބޭނުންކުރުމުން ތިމާގެ ބުއްދިފިލައިދާ ކޮންމެ އެއްޗެކެވެ. މަސްތުވާ ތަކެތީގެ ބޭނުން ކުރުންވަނީ ޙަރާމް ކުރައްވައިފައެވެ. އިސްލާމްދީނުގައި އެއްޗެއް ބޭނުންކުރުން ޙަރާމް ކުރެއްވުމުން އެއެއްޗަކުން އަވަހަށް ދުރުވެގަންނަންވީ އެވެ. އިސްލާމްދީނަކީ އެންމެހެޔޮ ދީނެވެ.
ތިއޭ ރޫހީ އުފާ މަ އެދޭ، ގަޔާވާ ޔާރަކީ މިހިތުން
ވިއޭ ހެކިއޭރު ހަނދު ތަރިތައް، ހިތާހިތް ލާމެހިފަ ވެވުމުން
ފެނޭ ތިޔަމޫނު މެރުމުންވެސް، ދެލޯ ގައިމޭ މަގޭ އަމުދުން
ހެނޭ ހީވީ ނަށައިގެންހެން ،މިހިތް ދެއަތަށް ކަލާ ފެނުމުން
ލޮލާމޫނާ ތިކަނދުރާގައި، އެވާ އިޝްޤީ އަސަރުތަކަކުން
ރޮލާވީހިތް މަގޭ ގައިމޭ، ޤަތުލު ކޮށްލީ ކަލާގެ އަތުން
އާދަމް ޝަރީފްމުޙައްމަދު،ރޯޒީ ށ.ފުނަދޫ
ލިޔުންތެރިކަން މި ބަހަށް ބަލާއިރު މި ބަސް ދެ ބަޔަކަށް ބަހާލެވިދާނެ އެވެ. އެއީ ލިޔުން އަދި ތެރި ކަމެވެ. މަސައްކަތަކަށްވެސް އަދި އެ މަސައްކަތުން އުފައްދާ އެއްޗަކަށްވެސް ލިޔުން ކިއިދާނެ އެވެ. ލިޔުން މިއީ މަސްދަރެކެވެ. މަސްދަރު އައިސްފައިވާ އަޞްލަށް ބަލާއިރު އެއީ ކަމެކެވެ. ލިޔުމަކީ އެއްޗެއް ދޭހަވާގޮތަށް ކުރެހުމެވެ. ތެރިކަން މި ލަފުޒަށް ބަލާއިރު މި ލަފުޒުވެސް ދެބަޔަކަށް ބަހާލެވިދާނެއެވެ. އެއީ ތެރި އަދި ކަމެވެ. ތެރި މިއީ ލަފުޒުތައް ގުޅުވަން ބޭނުންކުރާ އަކުރެކެވެ. ތެރިކަން މިއީ ކުޅަދާނަކަން ހާމަކޮށްދޭން ބޭނުންކުރާ ލަފުޒެކެވެ. އެހެންކަމުން ލިޔުންތެރިކަމުގެ ޖުމްލަ މާނަ އަކީ މާނަ ކުރަހައި ދިނުމުގެ ކުޅަދާނަ ކަމެވެ.
މަޑަވެލީ ޢަލީ ނަޞީރު
އިދާރީގޮތުން ދިވެހިރާއްޖެ އަތޮޅުތައް މިހާރު ހިނގަމުންމިދަނީ، ލާމަރުކަޒީ އުޞޫލުން، ލޯކަލް ކައުންސިލް އޮތޯރިޓީއެއްގެ ދަށުން އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކެއް އުފެދިގެން އެތަންތަނުގައި ކައުންސެލަރުން ތިބެގެންނެވެ. މިގޮތަށް މިކަން ބައްޓަންވެފައި ވަނީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއްގެ ހިޔާވަހިކަމުގެ ދަށުންނެވެ. ނަމަވެސް އެ ޤާނޫނާއި ބެހޭގޮތުން އެއްޗެއް ދަންނެވުމުގެ ކުރިން އަޅުގަނޑު ބަލައިލާނީ މާޒީގައި ކަންކަން ހިނގާފައިވާ ގޮތުގެ މައްޗަށެވެ.