ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ގުލްޒާރުގައި ވަކި ފަރިމަލެއް، ޑޭޒީ މަލަށްވުރެ، ނެތްމެޔޭ
ބުލްބުލްތަކާ ހުރިހާ ކޮކާ، އެ މަލަށް ޤަދަރު ދީފައިވެޔޭ
ދިވެހި ޅެންވެރިކަމުގެ ދުނިޔޭގައި ޑޭޒީމާ މަޝްހޫރުވެފައިވާ ސަބަބުތައް ގިނަގުނަ އެވެ. އެހެން މާތަކާ ޚިލާފަށް އެ މާ މޯޅި ނުވެ ގިނަ ދުވަހު އިންކަމެވެ. އެ މަލުގެ ވަސް ގިނަ ދުވަހަށް ދެމިހުރިކަމެވެ. މަލުގެ ކުލަ ގަދަކަމެވެ. ވަސްމީރުކަމެވެ. ޅެންވެރިކަމުގެ ބަގީޗާގައި އުދުހުނު ކޮންމެ ކޮކާލަކަށް ވެސް އެ މަލުގެ ޢިލްމީ ތާސީރުން ޣިޛާ ލިބިގަނެވުނުކަމެވެ.
ފާޠިމަތު އަނޫޝާ ، ނީލްވިލާ/ ށ.ފުނަދޫ
އަހަރެންގެ ހަޔާތަށް މިފަދަ ދުވަހެއް އަތުވެދާނެކަމަށް ރައްޓެއްސެއް ކީއްކުރަން! ތިމާގެ މީހަކުވެސް ހިޔެއް ނުކުރެއެވެ. އެންމެންވެސް ހީކުރީ އަހަރެން އެންމެ ކުރިއެކޭ އެއްގޮތަށް އެމީހުންގެ ހަޔާތަށް އުފާވެރިކަމުގެ ވޮށް ދިއްލައިދީފައި ބަހައްޓާނެ ކަމަށެވެ. އަހަރެންވެސް ބޭނުންވީ އެގޮތެވެ. ނަމަވެސް ތަޤުދީރު އެކަމަކާއި އެއްބަހެއް ނުވިއެވެ. އެހެންކަމުން އަހަރެންގެ ޙަޔާތަށް ބާރުގަދަ ޠޫފާނެއްގެ ވައި ޖެހެން ފެށިއެވެ. ކަޅުވިލާތަށް ގިނަވާން ފެށިއެވެ. އެއާއެކު އުފާވެރިކަމުގެ ވޮށުގެ އަލި މަޑުމަޑުން ފަނޑުވަމުން ދިޔައެވެ. ޠޫފާން ނިމިގެންދާއިރު ދާނީ އެވޮށް ނިއްވާލާފައޭ ހީވާ ކަހަލަ އެވެ.
އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2009)
މި ކުޑަ ރުމާލަކީ، ދެމަފިރިއެއްގެ ކާވަންޏާ ގުޅިފައިވާ ކުޑަ ރުމާލެވެ. ވަރިއާވެސް ގުޅިފައިވާ ކުޑަ ރުމާލެވެ. ކާވަނި ވެފައިވާކަމުގެ ހެއްކަކަށާއި، އެ ކާވަނި ރޫޅާލެވިއްޖެ ކަމުގެ ޙުއްޖަތަށް ބޭނުން ކުރަންވެސް އޮތީ ހަމަ މި ކުޑަ ރުމާލެވެ. އެހެންކަމުން މި ވެގެން އުޅޭ ގޮތެއްގެ ޚަބަރު ދަބަރު އޮޅުން ފިލުވައިލަމާތޯ އެވެ؟
ޝާކިރު
ޑީ އެން އޭ ހެކި ހަގީގަތާއި ޚިލާފަށް އުފެއްދިދާނެކަން އިޒުރޭލުގެ ސައިންސް ވެރިންތަކެއް ހާމަކޮށްފިއެވެ. ކުރިމިނަލް ކޭސްތައް ސާބިތުކުރުމުގައި ރަން މަގާމެއް ހޯދާފައިވާ ޑީ އެން އޭ އަގު ވެއްޓި ގެއްލިގެން ދިއައީއެވެ. އިތުބާރު ކުޑަވެގެން ދިއައީއެވެ.
ސައިންޓިސްޓުން ޑީ އެން އޭ އެކުލެވިފައިވާ ލެއާއި ކުޅުގެ ސާންޕަލް ދިން މީހާގެ ސާންޕަލްނޫން މީހެއްގެ ލެއާއި ކުޅު ބޭނުން ކޮށްގެން ހަގީގަތާއި ޚިލާފު އުފެއްދުމެއް އުފެއްދީއެވެ. އެބައިމީހުންނަށް ޑީ އެން އޭ ޕްރޮފައިލް އެކުލެވިފައިވާ ޑާޓާބޭސްއަށް ވަދެވިއްޖެނަމަ، އެބައިމީހުނަށް އެޕްރޮފައިލްއާ މުޅިން އެއްގޮތް ޑީ އެން އޭ ސާމްޕަލް އެމީހާގެ ހަށިގަނޑުގެ ޓިޝިއު އާ ނުލާ އުފެއްދި ދާނެކަންވެސް ހާމަކުރީއެވެ.