އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2008)
ޝާޢިރުލްމަޤުތޫލު
''ވަފާތެރިކަން'' ޖަމިއްޔާއެއް ހަދަން ބޭނުންވެގެން ނުކުތޭ
އުފާވެރިކަން ޙަޔާތަށް އާންމު ކުރެވޭތޯ ފިކުރު ކުރެތޭ
ރަނގަޅު ޢަޒުމާ، ރަނގަޅު ޢަމަލާ، ރަނގަޅު މީހުންގެ ދުނިޔެއަކަށް،
ރަނގަޅު މަގަކުން ދުނިޔެ ހެދުމީ، މި ކަމުގައި ހަމަ އެކަނި ނިޔަތޭ
މި މާތް މަޤުޞަދު މިހެން އޮތުމުން ރަނގަޅު މީހުންގެ ގާތަށް ގޮސް،
ދިމާޔަށް މެންބަރެއް ކަމުގައި ވުމަށް އެދި ސާފުކޮށް ބުނެތޭ