ގޮށްމުށުބާރުގެ އެހީގައި ދީން ފެތުރީ ކްރިސްޓިއަނުންނެވެ.
ދެވަނަ ބާބު – ކްރިސްޓިއަނުންނާ މެދު މުސްލިމުން ޢަމަލު ކުރި ގޮތް
ފުރަތަމަ ބާބުގައި ދަންނަވާލެވިފައި ވާނޭ ފަދައިން، މުސްލިމުންނާ ކްރިސްޓިއަނުންގެ ޒަމާންވީ ކުރިމަތިލުމުގެ ތާރީޚަށް ބަލާ އިރު، ސާބިތުވެގެންދަނީ އެންމެ ފުރަތަމަ ޢުދުވާނުގެ ކަނޑި އުރައިން ދަމައިގަނެ ލޭއޮހޮރުވާލީ މުސްލިމުން ނޫން ކަމެވެ. އަދި ކީއްތޯއެވެ!