ދިވެހި ބަހަށް ތަރުޖަމާކުރީ: ޢަބްދުލްމުޢީދު ޙަސަން
1. ޝަރާބުގެ އާރަކުން ސާޤީ މަށަށް ކޫޒެއް އަޅައި ދެއްޗޭ!
އެއަށްވާ ޝައުޤަކުން ވަޖިދުވެ މަވީތީ ލަސްނުކޮށް ދެއްޗޭ!
2. އިހަށް ކައިރީގަވީ ޢިޝްޤީގެ މަންޒިލު މާދުރަށް ދިއުމުން،
ހިތަށް މިލިބުނު ތަދަށް ފަރުވާ، ތަފާތެއް ނެތި މަށަށް ދެއްޗޭ!
ތެދުވެރިކަމުގެ މުހިންމުކަން
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
"ތެދު"ގެ މާނައަކީ ޙައްޤެވެ. ރަނގަޅެވެ. ކަތިކަމެއް ގުދުކަމެއް ނެތުމެވެ. ސީދާވުމެވެ. ބާޠިލުގެ އިދިކޮޅެވެ. ދޮގުގެ އިދިކޮޅެވެ. ތެދުވެރިކަމަކީ އޮޅުވައިނުލުމެވެ. މަކަރު ނެހެދުމެވެ. އިޚުލާޞްތެރިކަމެވެ. ވަފާތެރިކަމެވެ. މި ހުރިހައި މާނަތަކެއް މި ލަފުޒުގައި ހިމެނިފައިވެއެވެ. ތެދުވެރިކަމާއި އަމާނާތްތެރިކަމަކީ ވެސް ވަރަށް ބޮޑަށް ގުޅި، ލައިމެހިފައިވާ ދެ ސިފައެވެ. އަޚުލާޤުގެ އެންމެ މަތިވެރި ދެ ސިފައަކީ ވެސް މިއީއެވެ. ނަޒާހާތްތެރިކަމާ އެންމެ ބޮޑަށް ގުޅިފައިވަނީ ވެސް މި ދެ ސިފައެވެ. އިންސާނާގެ ނަފްސުގެ ޒިނަތްތެރިކަމާއި އަޒުމުގެ މަތިވެރިކަމާއި، ރިވެތި އަޚްލާޤު އަށަގެންފައިވާ ކަމުގެ ޢަލާމާތެވެ. މިއީ އަޚުލާޤުގެ ފުރިހަމަކަން (މަކާރިމުލްއަޚުލާޤު)ގެ އެންމެ މަތީ ދަރަޖައެވެ.
ކަރުކަނދު (ބިރިޔާނީމާ)
ޢަބްދުﷲ ރަޝީދު، މ. ލިނެޓް
"ކަރުކަނދު" ގެ ނަންކިޔޭ
ހަރު ތޮށިން ވާ ނަލަ މަލޭ
ކަރުގަނޑެއް ހަރު އެކުލެވޭ
ވަރުވިއެއް އަށް ފިޔަ ވެޔޭ
ތަރުވިވާ ނަން ނެތިވެ ގޮސްފި
އަރުތެރެ އިންއެ ރަހަ ގޮސްފި
__________________
1442 ރަބީޢުލް އައްވަލް 1
ޢަބްދުﷲ ރަޝީދު، މ. ލިނެޓް
މިއަދަކީ ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހެވެ. މިއަދުގެ މުނާސަބާގައި ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް ތަހުނިޔާ ދަންނަވަމެވެ. އަޅުގަނޑުގެ ގަލަން މި ނެގީ ގައުމީ ދުވަހުގެ ވާހަކަ ދައްކާކަށް ނޫނެވެ. އެކަމަކު މިއަދު މިއީ ރަބީޢުލްއައްވަލު ފުރަތަމަ ދުވަސްކަން ކަށަވަރުކުރުމަށްޓަކައި ފަލަކީ ގޮތުން ބަލާ ހަމަތަކުގެ މައްޗަށް ވާހަކަދައްކައިލުމަށްޓަކައެވެ.
ބަންގީގެ އަޑުން އުނދަގޫވާނީ ކޮން ބަޔަކަށް؟
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އަޅުގަނޑު ދެކެ ފަރިތަ މީހަކު، އޭނާގެ ރައްޓެއްސެއްގެ ގާތު، އެއް ދުވަހަކު ދެއްކި ވާހަކައެއްގައި ބުންޏެވެ. ފަތިސްނަމާދު ވަގުތުގައި އެގޭ ކައިރީގައި ހުންނަ މިސްކިތުން ބަންގި ގޮވާ އިރު ތާޅަފިލި ހުންނަނީ ތިމަންނަގެ ގެޔާ ސީދާ ދިމާއަށެވެ. އެހެންވެ ފަތިހު ނިދައިލެވޭކަށް ވެސް ނޯވެއެވެ. ގޭގައި ތިބި ކުޑަކުދީންނަށް ސިއްސައިގެން ގޮސް ހޭލެވެނީއެވެ. ހަތަރެސްފައި ދަނީ ކޮއްޅަށް ނެގިގެންނެވެ. ބަންގި ކަމަށް ވިޔަސް މިއީ ޢާންމު އުނދަގުލެކޭ ނުބުނެވޭނެ ހެއްޔެވެ؟
އޭނާ މި ވާހަކަ އަމާޒުކުރީ ސީދާ އަޅުގަނޑަށް ކަމަށް ނުވާތީއާއި އަދި އޭނާގެ މިޒާޖާއި ޚަޞީލަތް ނޭނގޭތީ އަޅުގަނޑު އެއްޗެކޭ ނުބުނަމެވެ. އެ ބުނި ބުނުމާމެދު އަޅުގަނޑަށް މާ ފުންކޮށް ވިސްނައިލެވުމުން އެ ޚިޔާލުގައި ހުރެ އެތަނުން ދުރަށް ދިޔައީއެވެ.
ޢަދުލު އިންސާފާއި ޙަސަދަ ވަކިކުރާނީ ކިހިނެއް؟
އަޙްމަދު ސިމާޙު
ސަރުކާރުގެ ނަން މަޝްހޫރު އޮފީހެއްގައި އުޅޭ ރައްޓެއްސަކާ އިހަކަށްދުވަހު ބައްދަލުވިއެވެ. އޭނާ ގާތު އޮފީހުގެ ކަންކަން ކިހިނެއްތޯ އަހައިލީމެވެ. ޖަވާބުގައި އޭނާ ބުނީ، މިހާރު ތިމަންނާމެންނަކީ އެއްވެސް އަގެއް ހުރި ބަޔަކަށް ނުވާ ކަމަށެވެ. ކޮށްދިން މަސައްކަތެއް ވެސް ނެތް ތަނުގައި ބަޔެއްގެ ހަސަދަވެރިކަމުގެ ސަބަބުން މި ތިބީ "އެހެލައިފައި" ކަމަށެވެ.
އޭގެ ހަފުތާއެއްހާ ދުވަސް ފަހުން ހަމަ އެ އޮފީހުގައި އުޅޭ އެހެން ރައްޓެއްސަކާ ދިމާވިއެވެ. ހަމަ އެސުވާލު އޭނާޔާ ކޮށްލީމެވެ. ޖަވާބުގައި އޭނާ ބުނީ، އޮފީސް ހިނގަންވީ ގޮތަށް އަދި ހިނގާން ފެށީ ކަމަށެވެ. ކުރީން އުޅުނު އަނިޔާވެރިންނާއި ވަގުން މަސައްކަތުން އެކަހެރިކޮށް ބާކީކޮށް އިންސާފު ޤާއިމުކުރެވިއްޖެ ކަމަށެވެ.
ފެންތަށީގައި ހިފެހެއްޓުން
އަޙްމަދު ސިމާޙު
ސައިކޮލޮޖީ ޓީޗަރު އެއް ދުވަހަކު ކްލާހަށް އައީ ބިއްލޫރި ތަށްޓަކާއި ކުޑަ ފެންފުޅިއެއް ހިފައިގެންނެވެ. ބިއްލޫރިތަށީގެ މެދެއްހާ ހިސާބަށް ފެންއެޅުމަށްފަހު ތަށި އުފުއްލައި، އެއް އަތުން އޭގައި ހިފަހައްޓައިގެން ހުރެ ބުންޏެވެ. މީގެ ބަރުދަނުގައި ގައިމު ވެސް 500 ގްރާމެއް ހަމައެއް ނުވާނެއެވެ. އެކަމަކު ކިހާ އިރެއް ވަންދެން މި ގޮތަށް ހިފަހައްޓައިގެން ހުރެވިދާނެ ކަމަށް ތިޔަ ކުދިންނަށް ޤަބޫލުކުރެވޭ ހެއްޔެވެ؟ ޖަވާބުގައި ކުދިން ބުންޏެވެ. ތިޔަހާ ލުއި އެއްޗެއް ކިތަންމެ އިރަކު ވެސް ހިފަހައްޓައިގެން ހުރެވިދާނެއެވެ.
އިބިލީހުގެ ހަކުރުތިކި
ޢަބްދުﷲ ޞާދިޤު (ނޢޢވ)
ތެދުތެދަށް ދަންނަވާ ނަމަ، އަޅުގަނޑުމެން އެންމެން ވެސް އިބިލީސްދެކެ ރުޅި އަންނަމުއެވެ. އިބިލީހަށް ނަފުރަތު ކުރަމުއެވެ. އެއީ އެ ސޮރުގެ ކަމަކީ އަޅުގަނޑުމެންގެ މެދުގައި ހުރިހައި ނުބައިކަމެއް އުފެއްދުން ކަމަށް ވާތީއެވެ. ރަނގަޅު މީހުންނަށް މަގު އޮޅުވައިލާތީއެވެ.
މީގެ ދުވަސްކޮޅެއް ކުރީން ރައްޓެއްސަކު ދެއްކި ވާހަކައެއްގައި ކޮންމެ ވެސް ކަމަކަށް މިސާލުޖަހަމުން އޭނާ ބުންޏެވެ. އެއީ ހަމަ އިބިލީހުގެ ހަކުރު ތިއްކެކޭ އެއްވެސް ތަފާތެއް ހުރި ކަމެއްނޫނެވެ. ދެން އޭނާ ކިޔައިދިނީ، ޒަމާނުއްސުރެ ތުންތުންމަތީން ކިޔެމުން އަންނަ ފުލޯކީ ވާހަކައެކެވެ. އެ ވާހަކަ އަޅުގަނޑަށް ވަރަށް ކަމުދިޔައެވެ.
އައިބައިފިއްޔާއި އާބާފިލީގެ އޮޅުން ކުޑަކުރުމަށް ޓަކައި ބޭނުންކުރެވިދާނެ އުކުޅެއް.
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ދިވެހިބަހުގެ އިހުގެ ޢިލްމުވެރިއެއްކަމުގައިވާ އައްޝައިޚު މުޙައްމަދު ޖަމާލުއްދީން (ނައިބުތުއްތު) ލިޔުއްވި "ތާނަ ލިޔުމުގެ ގަވާޢިދު"ގައި އައިބައިފިއްޔާ ބެހޭ ގޮތުން އެ ކަލޭގެފާނު ލިޔުއްވައިފައިވަނީ "މި ދެ ފިލި ނުއޮޅުވައި ލިޔޭނީ ވެސް ކިޔޭނީ ވެސް ދިވެހިބަހުގެ نحوُ ދެނެގެންވާ މީހަކަށެވެ. نحوُ އެއީ ކޮންމެ ބަހެއް ވެސް މޮށި އުޅުމުގެ އަޞްލުތަކާއި قواعدތައް ދެނެގަތުމުގެ ގޮތްތަކަށް عربބަހުން ކިޔާ ނަމެކެވެ. އަދި މި ނޫން އެހެންވެސް އެތައް މަޢުނައެއް އެ لفظގައި ވޭމެޔޭ.." މި ފަދައިންނެވެ.
އެންމެ އަގުހުރި ބަޔަކީ ދެ ފުށް ދެގޮތް މީހުންނެވެ.
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް
އެއްދުވަހު އޮފީހުގެ މެނޭޖަރު އޭނަގެ މުވައްޒިފުން އިމްތިހާނުކޮށްލަން ބޭނުންވިއެވެ. ދެން ހުރިހާ މުވައްޒިފުން މަޝްވަރާކުރާ ކޮޓަރިއަށް ގެނެސް އެއްކުރިއެވެ. އަދި އެންމެންގެ ކުރިމައްޗަށް ސުވާލެއް ހުށަހެޅިއެވެ. "ދޭކާ ދޭކާ އެއްކުރީމަ ވާނީ ފަހެކެވެ! މި ޖަވާބު ރަަނގަޅު ހެއްޔެވެ؟" މެނޭޖަރު ސުވާލުކުރިއެވެ.
އެކަކު ބުންޏެވެ. ދޭކާ ދޭކާ އެއްކުރީމަވާނީ ހަމަ ފަހެކެވެ.
ޒުވާނުންނޭ!
މުޙައްމަދު ނަދީމް، އުދަރެސް، ށ. މާއުނގޫދޫ
ވެހޭ ވަގުތު ފެންފޮދު ނަގާށޭ މިތުރު
ޖެހޭ ކޮޅިގަނޑުން ނިމި ހިނގައިދޭ ދަތުރު
ނުވާ ނަމަ ޢަދުލުވެރި ކޮބާތޯ ޤަދަރު
އެ ވާނީ ހަދާ ކަމުގައޭ ހުރެ މަކަރު
މިހާރުގެ ޢަޒުމަކީ އެދޭނަމަ ސަވާބު
ނިހާޔަތުގެ ލޯބިން ކުރާށޭ ޒިކުރު
އަލުން މަރުކާކުރުން: މާރުކޭޓުކުރުމުގެ މުހިއްމު އިސްތިރާޖެއް
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ވިޔަފާރިމަރުކާ ބަދަލުކުރުމަކީ ނުވަތަ ރީބްރޭންޑިންގއަކީ ވިޔަފާރި ދާއިރާގައި، ކުންފުނީގެ މަޤުބޫލުކަން އިތުރުކުރުމަށް ޓަކައި، ކުންފުނި އިޝްތިހާރުކުރުމަށް ޓަކައި، ކުންފުންޏެއްގެ ތަޞައްވުރު ބަދަލުކުރުމަށްޓަކައި ކުރާ ކަމެކެވެ. އޭރަކު ޤާއިމުވެފައި އޮތް ނަމެއް، ނިޝާނެއް، ބަދަލުކޮށް އާ މަރުކާއަކާއި އާ ނަމެއް ދިނުމަކީ އެ މުދަލެއް ނުވަތަ ކުންފުންޏެއް އަލުން މާރުކޭޓުކުރުމަށްޓަކައި ގެންގުޅޭ މުހިންމު އިޝްތިރާޖެކެވެ. އިޝްތިހާރުކުރުމަށް ޓަކައި ބޭނުންކުރާ ކާމިޔާބު ހުނަރެކެވެ. އެހާމެ މޮޅު އިސްތިރާޖީ އުކުޅެކެވެ. ފަހަރެއްގައި ވެސް މިއީ އޮޅުވައިލުމަށް ޓަކައި ކުރެވޭ ކަމެކޭ ދަންނަވާކަށް އަޅުގަނޑު ނެތީމެވެ. ނަމަވެސް އަޅުގަނޑު ދަންނަވާނީ މިއީ ވިޔަފާރި އުކުޅެއް ކަމުގައެވެ.
އިރުވައި މޫސުން
ޢަބްދުﷲ ރަޝީދު މ.ލިނެޓް
ނިމޭ ހިނދުގައި ހުޅަނގު މޫސުން ފެށޭ އިރުވައި މި ރާއްޖޭގައި
ހިމޭނުން ނޯވެޔޭ ކަނޑުފަޅު ވަޔާ ރާޅާއި އިރުވައިގައި
ޖަހާނޭ މުލަ ނަކަތް ހުސްވާ ފަހުން ފުރަހަޅަ އުތުރުހަޅަ ޔާ
ގަހާގެހި ލުއްސަލުއްސައިގެން ހިނގައިދާވަރުގެ ޙާލަތުގައި
ވިލާކޮޅުކޮޅު ނަގާއިރުގައި އެއީ އޮއިކަޅު ކަމަށް ކިޔަކަސް
ޚިލާފުވެ ބަސް ދެޔޭ އުވިގެން ކަކޫތާފެން ހެދޭ އިރުގައި
ދިވެހި އާދަކާދައިން ފަންޑިތަ ބަހުރުވައިގެ ރައިވަރުކޮޅަކާއި ޅެމެއް
ޢަބްދުﷲ ރަޝީދު މ. ލިނެޓް
މި ރައިވަރު ތަކުގައިވަނީ ފަންޑިތައެއް ނޫނެވެ. ނަމަވެސް، އިހުޒަމާހުގައި ފަންޑިތަ ހަދައި އުޅުނު ބާވަތްތަކުގެ މައްޗަށް ރައިވަރުން ފެންނާން ހުރި ރައިވަރުތަކަށް ނަޒަރުކޮށް، އެ އާދަކާދައިގެ ބާވަތްތައް މުނާސަބު ގޮތެއްގައި ރައިވަރުން ފެންނާން ހުރުމުގެ ބޭނުންތެރިކަން ތަޢުލީމީ ދާއިރާގެ ދަރިވަރުންނަށް ބޭނުންވާތީ އެކަމަށް މަގުފަހިކޮށް ދިނުމުގެ ބޭނުމުގައި އަޅުގަނޑު ލިޔުނު 10 ރައިވަރެވެ.
މަގުމަގާއި ތަންތަނަށް ނަންދިނުމުގައި ބަލާނެ ހަމައެއް
ޢަބްދުﷲ ރަޝީދު، މ. ލިނެޓް
މަގުމަގާއި ތަންތަނަށް ނަން ދިނުމުގެ ތަހުޒީބީ ހަމަޔަކީ، އަދި ސަގާފީ ގޮތުން ފެންނާން އޮތް ހަމައަކީ ވެސް ރަށެއް ނުވަތަ ތަނެއްގެ އިސް ރަށްވެހިންކުރެ އިސްކަން ލިބިފައިވާ ބޭބޭކަލުންނާއި ކަނބަނބަލުންގެ ނުވަތަ ބޭބޭފުޅުންގެ ނަންފުޅުތައް ދިރުވައި ދެމެހެއްޓުމުގެ މައްޗަށް އިސްކަން ދީގެން ކުރާ ކަމެއް ކަމުގައި އެކަން އޮތުމެވެ. މި ދެންނެވިބަހުގެ ހެކިތައް ފުރަމާލެއިން އެހެރީ ފެންނާށެވެ. ގިނަ މަގުތަކާއި މުހިންމު ޢިމާރާތްތަކަށް ދެވިފައިވާ ނަންނަމުން މި ދެންނެވި ހަމަ ރީތިކޮށް ފެންނާން އެބަ ހުއްޓެވެ. އަޅުގަނޑު ބައެއް މިސާލު ވެސް ދަންނަވައިލާނަމެވެ.
މުންޑޫން ފެނުނު 170 އަހަރު ކުރީގެ މަހާނަގަލާ މެދު
ޠާހާ އަބޫބަކުރު، ލ.ގަން
މުންޑޫގެ ދުވަސްވީ ބޭފުޅުން ވިދާޅުވާގޮތުގައި މުންޑޫ އިސްކޫލްހުރި ބިމަށް އިހުގައި ކިޔަނީ "ވަލުމިސްކިތް" ދޮށެވެ. އިހުގައި ގިނަ ޢަދަދަކަށް ބަނބުކެޔޮ ގަސް ހައްދައިފައި އޮންނަ ސަރަޙައްދެކެވެ. ބޮޑެތި މަހާނަގާތައް ހުރި ސަރަޙައްދެކެވެ. މުންޑޫ އިސްކޫލްގެ ސަރަޙައްދުންވަނީ އެކި ދުވަސްވަރުގައި އެކި ވަރުގެ ބުދާއި ބުދުގެ ބައިތައް ވެސް ފެނިފައެވެ. އެހެންކަމުން މުންޑޫގެ އެންމެ ޤަދީމީ އެއް ސަރަޙައްދަކީ އިސްކޫލް ހިމެނޭ ސަރަޙައްދެވެ.
މި ލިޔުމުގެ ވާތް ފަރާތުން ތިޔަ ފެނިވަޑައިގަންނަވާ ފޮޓޯގައިވަނީ 2020 ސެޕްޓެންބަރު 19 ވީ ހޮނިހިރު ދުވަހު ހައްދުންމަތީ މުންޑޫ އިސްކޫލު ކައިރީން މަގުމަތިން ފެނުނު މަހާނަގަލެއް ކަމުގައި މުންޑޫ ސެވެންސްޓަރ ޙަސަން ނާދިހު ވިދާޅުވިއެވެ. ވަރަށް ބޮޑަށް ފެންނަން އޮތުމުން ގާ ނަގައި ރީތިކޮށް ސާފުކުރައްވާފައި އަޅުގަނޑަށް ފޮޓޯއެއް ފޮނުއްވީއެވެ.
ފަލަސްޠީނުގެ ޔަހޫދީ އިގުލީމު
ޢަލީ ޚާލިދު، ފިޔާތޮށިވިލާ، ސ.ހިތަދޫ
ފެންނަހިނދު ނަޒަރުން ލޮލުގެ ހަނި، މޮޅު ވަރަށް ކުޑަ ގައުމެކޭ،
ފެންނަ ނަޒަރުން ހިތުގެ، އިރުހާބީންގެ ބިޔަ ކިއްލާއެކޭ.
ތީއޮޑޮހާޒްލް ހުރެ އިމާމުވެ ދުނިޔެއަށް ތަކުވީނު ކުޅަ،
މީ އޮޅުން ބޮޑު، ޒައޮނިޒަމް ޙަރަކަތުގެ އިސް ވި އަމާޒެކޭ.
ފިތުނައިން އުފެދުނު ޔަހޫދީ، ޢާލަމީ ހަނގުރާމަ އިން،
ހިތުނިޔަތުގައި ހޯދުމަށް ޝާމިލުވި މައި ލަނޑު ދަނޑިއެކޭ.
ޤަޟާ ޤަދަރު
ޢަބްދުﷲ ރަޝީދު، މ. ލިނެޓް
މިއީ، العلامة القاضي إبراهيم مجد الدين ޤަޟާޤަދަރު ދޭހަކޮށް ދެއްވުމަށްޓަކައި ލިޔުއްވާފައިވާ 3 ބަސް ރައިވަރު، އާންމު ބަހުރުވައިން ދޭހަކުރުމަށް ފަސޭހަ ކުރުމަށްޓަކައި އަޅުގަނޑު 6 ބަސް ރައިވަރަކުން ކޮށްފައިވާ ޝަރަޙައެކެވެ. އިސްވެ ލިޔެފައި އެވަނީ، العلامة القاضي إبراهيم مجد الدين ލިޔުއްވާފައިވާ 3 ބަސް ރައިވަރެވެ. އެ 3 ބަސް ރައިވަރު ލިޔެފައި އެވަނީ އަޅުގަނޑުގެ އެދުރެއް ކަމުގައިވާ އުސްތާޛު ޢިޔާޒު ޖާދުﷲ ނަސީމު އަޅުގަނޑަށް އެ ރައިވަރު ފޯރުކޮށް ދެއްވާފައިވާ ގޮތަށް އެއްވެސް ތަފާތެއް އުނި އިތުރެއް ނެތިއެވެ.
ދުޢާ
މުޙައްމަދު ނަދީމް، އުދަރެސް، ށ.މާއުނގޫދޫ
ޤުރުއާންކަރީމް ދެއްވި މަތިވެރި ނަބީއަށް ސަލާމް ލައްވަވާ ފާނދޭ ޔާރަޙީމް
ޔާރަޙީމް ޙަމްދު ކުރަމޭ އަބަދު ތިޔަ އިތުރު ހަޒުރަތަށް ޔާރަޙީމް
* * *
ހިތާއި ދުލުން ކުރާ މިދުޢާ އިޖާބަ ކުރައްވަވާފާނދޭ
ހިތާ ރޫޙުން ވެވޭ ތަޢުބާ ޤަބޫލު ކުރައްވަވާފާނދޭ
ކެތާ ޞަބުރާ ނަމޫނާ މާތް އެ ސިފަތައް ލައްވަވާފާނދޭ
ހިތާއި ދުލުން ކުރާ މިދުޢާ އިޖާބަ ކުރައްވަވާފާނދޭ
އިތުރު މަޒުމޫން...
- ބައިނަލްއަޤުވާމީ އިޝާރާތު ބަސްތަކުގެ ދުވަސް
- ފައިސާއަޅާ ގަހުގެ ވާހަކަ
- އިރުގެ ދަތުރުނާމާއިން ދުވަހެއް
- ކީރިތި ޤުރުއާނުގެ މާނަ ފަހުމުކޮށްގަތުމަށް މަގެއް (12)
- ހައްތާ އަސަރު
- ކީރިތި ޤުރުއާނުގެ މާނަ ފަހުމުކޮށްގަތުމަށް މަގެއް (11)
- ބަސް، ވޭނުގައި!
- ދީނުގައި ހައްދު ފަހަނައަޅައި ނުދިއުން (1)
- ކީރިތި ޤުރުއާނުގެ މާނަ ފަހުމުކޮށްގަތުމަށް މަގެއް (10)
- މާތްނަބިއްޔާ
- ދިވެހި އާދަކާދައާއި ސަގާފަތުގެ ތެރެއިން: ރަޙުމަތް ގަތުމުގެ ވާހަކަ
- "ސަމުގާ މިސްރާބުތައް"
- އޮޑިޓުގެ ނިޒާމަށް ބަލައިލުމެއް
- ކެތި ލައިގަތުމާއި ވިއްސާރަ މޫސުން
- ގުސްތަރުތަ، ނޫނީ ދަޖަލުސީތަ؟ ރީތީ ކޮން ލަފުޒެއް؟
- ހެޔޮ ބަދަލެއް؟!
- ލަފުޒަކާއި އޭގެ މާނައިގެ މައްޗަށް ބަލައިލުން: ދަޖަލުސީންނާއި ދަޖަލުސީ ވާހަކަ
- ބައްޕައަށް ހުއްޓުވޭނެ